ވަގަށް ސިނގިރޭޓު އެތެރެކުރި މީހާ.
25 މެއި 2025 - 15:06
ގާނޫނާއި ގަވާއިދާ ހިލާފަށް ރާއްޖެއަށް ސިނގިރެޓް އެތެރެކޮށް އޭގެ ވިޔަފާރިކުރަމުންދާ މައްސަލައަކާ ގުޅިގެން ބަންގްލަދޭޝް މީހަކު ހައްޔަރުކޮށްފި އެވެ.
އެ މައްސަލާގައި ހައްޔަރުކުރީ 45 އަހަރުގެ އަބްދުލްކަރީމެވެ. އޭނާއަކީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދާ މީހެއް ކަމަށް ވެސް ފުލުހުން ބުންޏެެވެ.
ފުލުހުން ބުނި ގޮތުގައި އޭނާ ހައްޔަރުކުރީ މިދިޔަ ހުކުރު ދުވަހުގެ ރޭ 12:15 ހާއިރު ފުލުހުން ހިންގި އޮޕަރޭޝަނެއްގަ އެވެ.
ވަގަށް އެތެރެކުރި ސިނގިރޭޓް
ފުލުހުން ބުނީ އެ އޮޕަރޭޝަނުގައި ތިލަފުށީ ބޯޓުޔާޑުގައި އޮތް ދޯންޏެއް ބަލައި ފާސްކުރިއިރު، ގަވާއިދާ ހިލާފަށް ރާއްޖެ އެތެރެކޮށްފައިވާ ކަމަށް ބެލެވޭ މެންޗެސްޓާ ބްރޭންޑުގެ 32 ކާޓަން ސިނގިރޭޓް ފެނިފައިވާ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހަށް ބަންދުކުރަން ވަނީ އަމުރުކޮށްފަ އެވެ.
މީގެކުރިން ވެސް ގަވާއިދާ ހިލާފަށް ސިނގިރެޓް އެތެރެކުރި މައްސަލަތައް ފެންމަތިވެ، ބިދޭސީން ހައްޔަރުކޮށްފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތިމާވެށި
26 May 2025
ވަކިން ސިނގިރޭޓް ވިއްކުން އެއީ ބަންގްލަދޭޝް ގިނަ ބަޔަކު ކުރާ ކަމެކެވެ. ފުލުސް މީހަކު ގަނެފަ އޭނަ ރިޕޯޓް އެއް ނުކުރާނެ އެވެ.
ޢަބްޑޫޅް +
26 May 2025
ތިޔަ ކާޓޫނު ތަކުގެ ތެރޭ ފުލުހުން ވެސް ހިމެނުމާ ވައްތަރު.
ކިއްލާ2222
26 May 2025
45 އހަރު ކަމަށް ހެދިގެން އުޅޭ 65 އހަރު ބަންގާޅިން ވެސް! މި މީހާ ވެސް ބޮޑަށް ވައްތަރީ 60 އހަރުގެ މީހަކާ!
ކުރުކުރު
25 May 2025
ކިހިނެއްތަ މިވީ. އި ހަށްދުވަހު ދޫކޮށްލި ސިނގިރޭޓްތަކާ އެގެން ގުޅުން މީހުން ފުލުހުން އަތުލީ އޮޕަރޭޝަނަކިން ނޫންތަ. އެތަކެތި ގެއްލުނުކަން ރިޕޯޓް ކޮށްފައިނުވާތީ ތަކެތި ދޫކޮށްލައިނޫންތަ. މިއަދު ހަމަ އެކޭސް މިއޮތީ އަވަހަށް ދޫކޮށްލާ. ތިމީހުންނާ ތަކެތި ގެއްލިގެން އެކަކުވެސް ރިޕޯރޓެއް ނުކުރޭ. ކުރިޔަށް ކުރިޔަށް ދިވެހި ވަކީލުންނާ ފަހަތަށް ފަހަރަށް ފުލުހުންނާ ޤަަނޫނުތައް.
މޮހޮސިން ބާއި
25 May 2025
ކަރީމް ބާއި ދޫކުރަނީ ކޮން އިރަކުން.
ޒަނީޒް
25 May 2025
ދެން ތި ކޮންކަމެއް! ފުލުހުންގެ ރިސޯސަސް ތިއަށްވުރެ މިހިންމު ކަންކަމަށް ހޭދަކުރުމަށް ގޮވާލަން!
ކެރެދި ބެއްޔާ
25 May 2025
ގަވާއިދާއި ހިލާފަށް އުޅޭ ބިދޭސީންނަކީ އެމީހުންގެ ވަޒަނުން ވަޒީފާއެއްލިބޭ ބައެއްނޫން. މިމީހުންނަކީ ފަގީރު އަވަށްތަކުގައި ދިރިއުޅޭ ތައުލީމެއް މަސައްކަތުގެ އެއްވެސް ތަޖުރިބާ އެއް ނެތް ބައެއްް. ބިދޭސިން އަތުން ބޮޑުއަދަދަކަށް ފައިސާ ނަގައިގެން ރާއްޖެ އެތެރެ ކުރުމުގެ އުދަގޫ މިއޮތީ ބޮޑުވެފަ. ދިވެއްސަކަށް މަސައްކަތެއް ނުކުރެވޭ. މިހާރު 60 މަތީ ބިދޭސީން އެބައުޅޭ. މިމީހުން ބޭސް ފަރުވާ ކޮށް ބަލަހައްޓަން ދެން އަވަހަށް ފެސިލިޓީސް ތައް ހަދާ!
ކޮރަލް
26 May 2025
އައިއިރު ތައުލީމެއް ނެތަސް މަސައްކަތެއް ނޭގުނަސް މިހާ ގިނައީ މިލިއަނަރުންނެވެ.