ބްރޯޑްކޮމްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި ހުންނެވި މަރިޔަމް ޒީނިޔާ.-- ފޮޓޯ: ބްރޯޑްކޮމް
25 މެއި 2025 - 21:18
މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުން މަރިޔަމް ޒީނިޔާ މިއަދު ވަކިކޮށްފި އެވެ.
އެ މަގާމުން އޭނާ ވަކިކުރިކަން "މިހާރު" އަށް ވަނީ ކަށަވަރުވެފަ އެވެ. އެ ކަމަކު އެ ފިޔަވަޅު އެޅި ސަބަބެއް އަދި ސާފެއް ނުވެ އެވެ. ބްރޯޑްކޮމްގެ ރައީސް ސަފާ ޝަފީގު ވެސް "މިހާރު" އިން ގުޅުން ފޯނެއް ނުނަންގަވަ އެވެ.
ޒީނިޔާ އެ މަގާމުން ވަކިކުރި އިރު، މިދިޔަ ހަފުތާގައި އޭނާ ވަނީ ތިން ދުވަހަށް ސަސްޕެންޑު ވެސް ކޮށްފަ އެވެ. އޭނާ ސަސްޕެންޑް ކުރީ މަސައްކަތްތަކަށް ހުރަސްއެޅޭ ގޮތަށް އަމަލުކުރައްވައި އަދި ނިންމުންތައް ތަންފީޒުކުރުމުގައި އެއްބާރުލުން ނުދެއްވާ ކަމަށް ބުނެ އެވެ. އަދި މެމްބަރުންނަށް އިހުތިރާމް ނުކުރުން ފަދަ ސުލޫކީ މައްސަލަތަކެއް ތަހުގީގު ކުރާތީ އިދާރީ ފިޔަވަޅެއްގެ ގޮތުންނެވެ.
ޒީނިޔާއަކީ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އަށް އައްޔަންކުރަން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެމަނިކުފާނު 2015 ގައި ރައްޔިތުންގެ މަޖިލީހަށް ނަން ފޮނުއްވި ބޭފުޅެކެވެ. އެކަމަކު، ވަކި ހިސާބަކުން ޒީނިޔާގެ ނަން އަނބުރާ ސަރުކާރުން ގެންދިޔައީ އެވެ.
ޒީނިޔާ އެސްޖީގެ މަގާމުން ވަކިކުރި އިރު، އެ ކޮމިޝަންގެ މެމްބަރުންނާ ދެކޮޅަށް މުވައްޒަފުންތަކެއް ވަނީ ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ވެސް ހުށަހަޅައިފަ އެވެ.
އެ ޕެޓިޝަންގައި ބްރޯޑްކޮމްގެ މުވައްޒަފުން ބުނެފައި ވަނީ ސެކްރެޓަރީ ޖެނެރަލް އަދި ޑިރެކްޓަރުންގެ ވާޖިބުތަކާއި މަސްއޫލިއްޔަތު އަދާކުރަން ހުރަސްއެޅޭ ގޮތަށް ކޮމިޝަން ރައީސް ސޮފާ ޝަފީގާއި ބައެއް މެމްބަރުންގެ ފަރާތުން އިދާރީ ހިންގުމުގެ ހުރިހާ ކަމަކާ އަދި ވަކި ހުދޫދެއް ނެތި އިދާރީ އޮނިގަނޑަށް އިހުތިރާމްކުރުމެއް ނެތި ވާޖިބުތަކާއި މަސްއޫލިއްޔަތު އަދާކުރަން ހުރަސްއަޅަމުންދާ ކަމަށެވެ.
އޭގައި ފާހަގަކޮށްފައިވާ އެހެން ބައެއް މައްސަލަތަކުގެ ތެރޭގައި ހިމެނެނީ މުވައްޒަފުން ލައްވާ ގޭގައި މަސައްކަތް ކުރުވުމާއި ކޮމިޝަންގެ ބަޖެޓުން އިތުރު ގަޑީގެ ފައިސާ ދެވެން ނެތް އިރު ވެސް މަސައްކަތް ކުރުވުމެވެ. އަދި އެކަށީގެންވާ ވަގުތު ނުދީ ވަގުތުން ވަގުތަށް މަސައްކަތް ނިންމަން ފިއްތުންތައް ކުރިމަތި ކުރާ ކަމަށް ވެސް، ވިއްސަކަށް މުވައްޒަފުން ސޮއިކޮށް ހުށަހެޅި ޕެޓިޝަންގައި ބުނެފައިވެ އެވެ.
ބްރޯޑްކޮމްގެ އެސްޖީ މަގާމުން ވަކިކުރި އިރު، އެ ކޮމިޝަންގެ އައިޓީ އޮފިސަރު އަހުމަދު ފަޒީލް ވެސް ވަނީ މިދިޔަ ބުދަ ދުވަހު ސަސްޕެންޑުކޮށްފަ އެވެ. އޭނާ ސަސްޕެންޑްކުރީ ހަތް ދުވަހަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދުނިޔެއަކީ އެނބުރޭ އެއްޗެކެވެ.
26 May 2025
މިއަދު ޒީނިޔާ. މާދަމާ ސޮފާ؟
ސަންދޯ
26 May 2025
އޭރުން ކަލޭމެންނަށް 24 ގަޑި އޮރި ކޮފީގައި އުޅެވޭނީ.
ރިފާދު
26 May 2025
ތިތާ ޕީއާރު ގަ އުޅޭ މަންޖެވެސް ކަޑާލާ ކަމުދާ މީހެއްނުން.. މަށަށް އެބަގުޅާ އެތާ ހަބަރު ލިޔުއްވަން ގޭސް ވާގޮތައް ލިޔެދޭށޯލަ
1818
26 May 2025
މިތަނަށް އަދި 200 ސިޔާސީން ލީމަ ރަގަޅުވާނެ!
ބްރޯ ކޮމް
26 May 2025
"އެކަށީގެންވާ ވަގުތު ނުދީ ވަގުތުން ވަގުތަށް މަސައްކަތް ނިންމަން ފިއްތުންތައް ކުރިމަތިކުރުން ދޯ؟" އެކަށީގެންވާ ވަގުތަކީ ހެނދުނު އަންނަގޮތަށް 2 ގަޑިއަރަށް ސައިގައި އުޅެފަ މެނދުރު ދަރިންބަލާ ބޭރަށްގޮސް ކައިގެން 2 ގަޑިއިރުން ފަހުން އައިސް ބާކީ އޮންނަ ގަޑި ގޮޅު އެހެން ނޫންތޯ؟ މީ ހަމަ ގިނަ ދިވެހިންގެ ގައިގަި ހިފާފައި ހުންނަ ސިފައެއް. މަދު ކުއްޖަކު ޕޮރޮޑަކްޓިވް ބަޔަކަށް އުޅެނީ.. އެމީހުން މަސައްކަތް ކުރާތީ ޖެލަސްވެ އެމީހުންނަށްވެސް އުނދަގޫވެސްކުރޭ.
ޒަމާނީ އުސޫލު
26 May 2025
މެންބަރުންގެ އާއިލީ ޒިންމާ ނޯވޭތަ؟ ބަލަގަ އެކަންކަމަށް ވަޒީފާއާ ބެހޭ ގާނޫނުން ފުރުސަތު ލިބެޔޭ ސްތާފުންނަށް. ދެން ބޭރުގައި އުޅޭ ވަގުތު މެނޭޖުކުރާނެ ރަގަޅު އުސޫލު ހެދުމަކީ މެންބަރުންގެ ކަމެއް. ތިތާ މެންބަރުންގެ މައްސަލައެއް ސްޓާފުން ހެޕީކޮށް ބައިތިއްބައިން ވޯކުކުރުވަން ނޭގުމަކީ. މިޒަމާނު އިންސާނުންގެ މުހުދާތުތައް ހުންނާނެކަން އެގިގެން ވޯކު ކުރުވޭނީ. ބަކަރިތަކެއް ނޫން ދޯ ތިގެންގުޅެނީކީ
ހުޅަނގު
26 May 2025
ތިތަނުގެ ކޮންމެ މެންބަރަކު ވެސް ވިސްނަންވީ ތި މަގާމަށް އައި ގޮތް. ސިޔާސީ މީހުންގެ ފައިބުޑަށް ވެއްޓިގެން ކިޔައިގެން ހޯދާ މަގާމަކީ ސީދާ ފަސާދައާ ކޮރަޕްޝަން!! އެހާ ހުތުރުކޮށް ހޯދާ މަގާމަކާ އެކު ދެންވެސް އިތުރު ގޯހެއް ހެދުން އެއީ ޒާތީ ހަސަދައަ ޖަޒުބާތުގައި ތަނުގެ މުވައްޒަފުން ވަކިކުރުމަކީ. ވެރިކަމަކީ ބަދަލުވާ އެއްޗެއް. މަޖްލިސް ވެސް އާ ވާނެ. އެދުވަހުން ކިހިނެތްތޮ ތިބޭފުޅުންގެ މަގާމުގެ ޔަގީންކަން އޮންނާނީ؟ އޭގެ ކުރިންވެސް ތިމަގާމު ގެއްލުވެސް ދާނެ
އަންނި
26 May 2025
ސޮފާ އާއި ސަރާ އާއި އަނާ ނޫނީ ކަމުދާ މީހެެއްނެތް ތިތާކު. އަނާ ބަޙައްޓާތި.
ފާނަ
26 May 2025
ތިޔަ ތަނުން ހެޔޮނުވާނެ އަންހެނުން މަދުކޮށްބަލަ. މޭކަޕް މީހުންތައް މަދުވެގެން ކިމިޝަން ހިނގާނީ
ފަރީޝް
26 May 2025
ބަރާބަރު. ޒީ އަކީ އެމް އެޅުވި ފަންޏެއް. ޒީ އަށްވެސް ރަނގަޅު ފިލާވަޅެެއްތީ. އަސްމާމެން ވެސް ރަނގަޅަށް އުޅެންވީ ދެފުށްކެހެރި ނުވެ
ޒައިނީ
26 May 2025
ބްރޯޑްކޮމުން ނެގި ވަރަށް ރަނގަޅު ޑިޝިޝަނެއް. ދެން ރާޝިދު އާއި އަޝްރަފް އާއި ފަޒީލް ވެސް ކަނޑާލައިގެން ތިކޮމިޝަން ހިނގާނީ. އެމް ވަނީ ތިޔަ ކޮމިޝަން ހަލާކުކޮށްފައި، ގޭގައި ހުރެގެންވެސް އެކުރަނީ އެމަސައްކަތް. ތިޔަތަނުން މެންބަރުންވެސް 3 މީހުންނަށް ހަދަންވީ. ހަބަރުކިޔާ މީހުން ނޫން މީހުންވެސް ލާންވީ. ފިރިހެން މެންބަރުން، އެކަމަކު މުހައްމާ ކަހަލަ މީހުނެއްނޫން
އަލީމްގ
26 May 2025
އަޝްރަފް ވަރުގެ ދާއިރާއާއި ގުޅޭ މައުލޫމާތާއި ވާނުވާ އެނގޭ އެއްވެސް މީހަކު ތިތާކު ނެތް، ބްރޯޑްކޮމް އާއި އާންމުކޮއް މުއާމަލާތް ކުރާމީހެއްގެ ހައިސިއްޔަތުން މި ބުނަނީ
ޓުރައިބިއުނަލް
26 May 2025
ކޮން އެމް އެކޭ ކިޔާކަށް. މީހުން ވަޒީފާއިން ކަނޑަން ތިކިޔައީކީ އެއީ މެންބަރުން ހެން ސިޔާސީން މެދުވެރިކޮށް ޖޮބަށް އައި ބައެއްގެ ވާހަކަ އެއް ނޫނޭ. ހިތައް އެރީމަ ކެނޑީމަ ވާގޮތް ބަލަން ތިބެމާ.