މިފްކޯ އިން ވަކިކުރި ޑރ. ވިޓަލީ ލިއުބިމޯވް: އޭނާ ވަނީ ނޯޓިސް ނުދީ ވަޒީފާއިން ވަކިކުރުމުން މައްސަލަ ޓްރައިބިއުނަލަށް ހުށަހަޅާފައި
27 މެއި 2025 - 08:29
މިފްކޯއަށް ގެނައި ބޭރުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޑރ. ވިޓަލީ ލިއުބިމޯވް އެ މަގާމުން ވަކިކުރީ ނޯޓިސް ދިނުމަކާ ނުލައި ކަމަށް ބުނެ ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހަޅައިފި އެވެ.
މިފްކޯގެ 32 އަހަރުގެ ތާރީހުގައި އެ ކުންފުންޏަށް ގެނައި ފުރަތަމަ ބޭރުގެ ސީއީއޯ ވިޓަލީ މަގާމުން ވަކިކުރީ މިދިޔަ މާޗް މަހު އެވެ. އެއީ އޭނާ އެ މަގާމަށް އައްޔަންކުރިތާ ތިން މަސް ފަހުންނެވެ. އޭނާ މަގާމުން ވަކިކުރި ސަބަބެއް ހާމަކޮށްފައެއް ނުވެ އެވެ.
މަގާމުން ވަކިކުރި މައްސަލައިގައި ވިޓަލީ ވަޒީފާއާ ބެހޭ ޓްރައިބިއުލަނަށް ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ ވަޒީފާއިން ވަކިކުރިއިރު ދޭން ޖެހޭ ނޯޓިސްގެ މުއްދަތަށްވާ ފައިސާ ނުދޭ ކަމަށެވެ.
އެހެންވެ، އޭނާ އެ މައްސަލައިގައި އެދިފައިވަނީ އޭނާ މަގާމުން ވަކިކުރީ ދޭން ޖެހޭ ނޯޓިސް ނުދީ ނުވަތަ ނޯޓިސްގެ ބަދަލުގައި ތިން މަހުގެ މުސާރަ ދިނުމެއް ނެތިކަން ކަނޑައަޅައިދިނުމަށެވެ. އަދި ވަޒީފާގެ އެއްބަސްވުމުގެ ދަށުން ތިން މަސް ދުވަހުގެ މުސާރައަށްވާ 42،000 ޑޮލަރު ނަގައިދިނުމަށެވެ.
ނަމަވެސް، މިފްކޯ އިން މިއީ ޓްރައިބިއުނަލަށް ނުބެލޭނެ މައްސަލައެއް ކަމަށް ބުނެ އިޖުރާއީ ނުކުތާއެއް ވަނީ ހުށަހަޅައިފަ އެވެ. ކުންފުނީގެ ގާނޫނުގެ ދަށުން އައްޔަންކުރާ މެނޭޖިން ޑިރެކްޓަރަކީ ވަޒީފާއާ ބެހޭ ގާނޫނުގެ ތަރަހައިގެ ތެރޭގައި ހިމެނޭ ވަޒީފާއެއްތޯ މިފްކޯއިން ސުވާލު އުފައްދާފައިވެ އެވެ. އަދި އެފަދަ ވަޒީފާއަކުން މީހަކު ވަކިކުރުމުން އެ މައްސަލައެއް ޓްރައިބިއުނަލަށް ބެލިދާނެކަމާ މެދު ވެސް ސުވާލު އުފެއްދި އެވެ.
އެކަމާ ގުޅޭ ގޮތުން ޓްރައިބިއުނަލުން ނިންމި ނިންމުމުގައި ބުނީ މިފްކޯއިން ވަނީ މިޓަލީއާ އެކު ވަޒީފާއާ ބެހޭ ގާނޫނާ އެއްގޮތަށް ވަޒީފާއާ ބެހޭ އެއްބަސްވުމެއް ހަދާފައި ކަމަށެވެ. އިސް މަގާމުތަކުގައި ތިބޭ މީހުން އިސްތިސްނާ ކުރެވޭ މާއްދާތަކެއް ވަޒީފާއާ ބެހޭ ގާނޫނުގައި ބަޔާންކުރި ނަމަވެސް، ސީއީއޯ އާއި ކުންފުންޏާ ދެމެދު ވަޒީފާގެ އެއްބަސްވުމެއް އޮންނަ ހާލަތުގައި އެ ފަރާތްތަކުގެ މައްޗަށް އިސްތިސްނާވާ މާއްދާތައް ނޫން ވަޒީފާއާ ބެހޭ ގާނޫނުގެ އެހެން މާއްދާތައް ހިންގޭނެ ކަމަށް ޓްރައިބިއުނަލުން ބުންޏެވެ.
އެހެންވެ، ޓްރައިބިއުނަލުން ނިންމާފައިވަނީ މި މައްސަލައަކީ އެ ތަނުން ބަލައި ގޮތެއް ކަނޑައަޅަން ޖެހޭ މައްސަލައެއްގެ ގޮތުގަ އެވެ. އަދި ވިޓަލީ ހުށަހެޅި މައްސަލައަށް ޖަވާބުދާރީވުމަށް މިފްކޯގެ މައްޗަށް އަމުރުކޮށްފައިވެ އެވެ.
މީގެކުރިން މޯލްޑިވްސް ޑިވެލޮޕްމެންޓް ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރުގެ މަގާމުން އިސްތިއުފާ ދެއްވި ނޮއެލް ގްރެގާ ޕެޓަސަން ޖޯންސް ވެސް މުސާރަ އާއި އިނާޔަތްތައް ނުލިބިގެން ޓްރައިބިއުނަލަށް މައްސަލަ ހުށަހަޅައިފައިވެ އެވެ. ނަމަވެސް މަގާމުން ވަކިވުމާ ހަމައަށް ވެސް މުސާރަ ދީފައިވާ ކަމަށް އެ ބޭންކުން ވަނީ ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލަދުން ބޯހަލާކު
27 May 2025
ސަރުކާރަކީ ރާއްޖޭގައި މިއުޅޭ ފުޓުބޯޅަ ކްލަބްތަކާއި ދާދި އެއްގޮތަކަށް ހިންގާ އެއްޗެއް. ލަދުން ބޯހަލާކު! ދުނިޔެ ކުރިމަތީ މިރާއްޖޭގެ އަގު މިދަނީ ވެއްޓެމުން. 6 ބިލިއަން ޑޮލަރުގެ ޖީޑީޕީއެއްގައި ބޮލަކަށް 12500 ޑޮލަރުން މަތި 379000 މީހުންގެ އާބާދީއަށް ޖެހޭއިރުވެސް، ބޭރުން ނަގާފައި ހުންނަ ލޯނުތައް ބަރާބަރަށް ނުދެއްކުމާއި، ބިދޭސީންގެ މުސާރަ ނުދީ އެމީހުން ކޯޓަށް ދުވަންޖެހި ރާއްޖޭގެ އިތުބާރު މިދަނީ ގެއްލެމުން.
ޢަލީ ކުރުސީ
27 May 2025
ބަޔަލު ރަގަޅަށް ކަނޑާލަންވެސް ނޭނގޭ ސަރުކާރެއް ދޯ މިއީ؟
ލައިޓް
27 May 2025
ބަދަލުދިނުމަކީ އަނދިރި ދައޮލަތްތަލުގެ ސަޤާފަތެއް! ކޮންޓްރެކްޓެއް ވެޓްކޮށްލަން އޭޖީ އޮފީހަށް ނޭނގޭނެ ކަމަށް ޤަބޫލް ކުރާނީ ކާކު؟
ނޯބަލް
27 May 2025
ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ - މިފްކޯގެ ލޯޔަރަށް މިވަރު ފަހުމް ނުވާނަމަ ލޯ ޕްރެކްޓިސް ކުރުން ހުއްޓާލާ
ޢިސްލާމްދިވެހި
27 May 2025
ޢިސްލާމް ދިވެހިން ޑީ ފާސް ވެސް ނެތީމަ ދޭންޖެހޭ މުސާރައެއްނެތް. ޢެމްޕުލޯއިމަންޓު ކޮންޓުރެކްޓު ވޮއިޑް އެބް އިނީޝިޢޯ ދެއްތޯ އާޒިމާ!
ރަދީފްއޮފިޝަލް / ލަދު
27 May 2025
ވަރަށް ހަޑި ދޯ ދެން ސާކް ގައުމުތަކުގެ ފަޑުއްކަ ލޭބަރުންނާއި މެދު އަމަލުކުރާގޮތަށް މިކަހަލަ ކޮލިފައިޑް މީހުންނާމެދު އަމަލުކުރުން. ދެން ޓްރައިބިއުނަލްއިން ބުނާނެ އޭނާއަށް ދިވެހިބަސް ނޭނގުމުގެ ސަބަބުން މައްސަލަ ކެންސަލްކޮށްފީމޭ. ވ.ވެދުން
ޑޮކްޓަރ ބަނާނާ
27 May 2025
ހަމަ ރަގަޅަށް ބްރޯ ތިޔަ ބުނީ. ދެން ފެންވަރު ރަގަޅު ބިދޭސިއަކު މިރާއްޖޭގައި ސަރުކާރުގެ ކުންފުންޏަކަށް ވަޒީފާ އަކަށް ނުދާނެ. ލަދުންބޯހަލާކު. ގަވާއިދާއި ހިލާފަށް ތިޔަމީހާ ވަޒީފާއިން ވަކިކުރަން އެންގި މީހާ އަށް ފިޔަވަޅު އަޅާ އޭނާގެ މުދާ ވިއްކާ ތިޔަ މީހާ އަށް ބަދަލުދީ . ޢެއިރުން ރާކަނިމަސް ކެވިފަ އޮންނާނެ.
ކެރެދި ބެއްޔާ
27 May 2025
ވެދުން ސަލާމަށް ފަހުދަންނަވަމެވެ. ޓްރައިބިއުނަލަށް ނުބެލޭނެ ކަމަށް ބުނި "ކަނޑުކޮސް" މީހާ މިކަމުގައި ޒިއްމާ ކުރުވާ ! ނޯޓިސް އެއް ނުދީ ވަޒީފާ އިންމީހަކު ވަކިކުރާނަމަ ވަޒީފާގެ އެއްބަސް ވުމާއި ކޮމްޕެނީގެ ޕޮލިސީ ގައި އެކަން ލިޔަންޖެހޭ! އަދި ވަޒީފާއިން ވަކިކުރާއިރު އެކަން ކަން ފުރިހަމަ ކުރަން ނޭގޭ ނަމަ "އިސްކޫލަކަށް" ގޮސް އަލުން ކިޔަވާ ވިދާޅުވޭ! ބރނތ ވިޔަސް ބޮޑުވަރު!!!
ކަހެރުވަކި
27 May 2025
ބެއްޔާ ރަގަޅަށް ތިކިޔަނީ. ސިޔާސީ ކޮހުން ޔުނިފޯމް އަޅުވާފަ ސްކޫލަކަށް ފޮނުުވާ ކިޔަވައިދީ ގެން ކުންފުނި ހިންގަން ހަވާލުކުރަންވީދޯ.
ކަލީމް
27 May 2025
އޭނާ ހޯދަން އެ އުޅެނީ 3 މަހުގެ މުސާރައަށްވާ 42000 ޑޮލަރު. ބޭންކު ރޭޓުން އެއީ ހަލައްކަ ސާޅީސް ހަތް ހާސް ހަ ސަތޭކަ ސާޅީސް ރުފިޔާ. މަހަކަށް ދެ ލައްކަ ފަނަރަ ހާސަ އައްސަތޭކަ އައްޑިހަ ރުފިޔާ. ޝުކުރިއްޔާ ގައުމު
ﷲުޙީ
27 May 2025
މި އޮތީ ވާ ސަރުކާރެއް ލަދުންބޯހަލާކު
ޑެބީ
27 May 2025
ވަރިހަމަތާ ކަލޭވެސް ވޯޓުލާނެ ދެންވެސް
ސަލިމާ
27 May 2025
މުއިއްޒޫ އަހަރެން ހަމަޤައިމު ލަދުގަނޭ. ރީތި ކޮށް އުސޫލުން ވާން ހުންނަކަންތައް މީ. ބޯހަލާކު