ހައްޖަށް މިއަދު ފުރި މީހުންތަކެއް އެއާޕޯޓުގައި.--- ފޮޓޯ: ފަޔާޒް މޫސާ / މިހަރު
26 މެއި 2025 - 18:10
މި އަހަރު ރާއްޖެއިން ހައްޖަށް ދާ މީހުން މިއަދު ފުރަން ފަށައިފި އެވެ.
މި އަހަރު ލިބުނު 1,000 ކޯޓާގެ ތެރެއިން މިއަދު ފުރީ 235 މީހުންނެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ އެކި ފްލައިޓުތަކަށް ބަހާލައިގެން، މި އަހަރުގެ އެންމެ ފަހު ގްރޫޕު ރާއްޖެއިން ފުރާނީ އަންނަ ހުކުރު ދުވަހު ކަމަށެވެ.
ހައްޖަށް މިއަދު ފުރި މީހުންތަކެއް އެއާޕޯޓުގައި.--- ފޮޓޯ: ފަޔާޒް މޫސާ / މިހަރު
ހައްޖުވެރިންނަށް ފަސޭހަކޮށްދިނުމަށް ރާއްޖެއިން ވަނީ "މައްކާ ރޫޓު އިނީޝިއޭޓު"ގައި ބައިވެރިވެފަ އެވެ.
މައްކާ ރޫޓް އިނީޝިއޭޓިވް"އަކީ ހައްޖުވެރިން އަމިއްލަ ގައުމުން ފުރުމުގެ ކުރިން، ދެ ގައުމުގެ އިމިގްރޭޝަނުން ކުރަން ޖެހޭ ކަންކަން އަމިއްލަ ގައުމުގެ އެއާޕޯޓުގައި ތިބެ ނިންމައިގެން ފުރޭނެ އިންތިޒާމް ހަމަޖައްސައިދޭ ޕްރޮގްރާމެކެވެ.
އަދި ޖިއްދާގެ އެއާޕޯޓުގެ އިމިގްރޭޝަންގައި ހައްޖުވެރިން މަޑުކުރަން ނުޖެހި ސީދާ ހޮޓަލަށް ދިޔުމާއި، ހައްޖުވެރިންގެ ލަގެޖްތައް ވެސް ސީދާ ހޮޓަލަށް ގެންދިޔުމުގެ އިންތިޒާމު ހަމަޖައްސައިދޭނެ އެވެ.
ހައްޖަށް މިއަދު ފުރި މީހުންތަކެއް އެއާޕޯޓުގައި.--- ފޮޓޯ: ފަޔާޒް މޫސާ / މިހަރު
ރާއްޖެއަކީ މި އިނީޝިއޭޓިވްގައި ހިމެނި 8 ވަނަ ގައުމެވެ. އެހެންވެ، މިއީ ދިވެހި ހައްޖުވެރިންނަށް ލިބުނު ތާރީހީ ބޮޑު ފަސޭހައެއްގެ ގޮތުގައި އިސްލާމިކް މިނިސްޓްރީން ސިފަކޮށްފައިވެ އެވެ.
"މައްކާ ރޫޓް އިނީޝިއޭޓިވް"އަކީ 2018 އިން ފެށިގެން ސައުދީ ސަރުކާރުން އެ ގައުމުގެ ހައްޖު މިނިސްޓްރީ އާއި އިންޓީރިއާ މިނިސްޓްރީގެ ދަށުން ތަންފީޒު ކުރަމުންދާ، ސައުދީ ވިޝަން 2030 ގައި ހިމެނޭ ކަމެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޯޓާ ވިއްކަނީބާ!!!!
26 May 2025
މިއަހަރު ލިބުނު 1,000 ކޯޓާގެ ތެރެއިން މިއަދު ފުރި 235 މީހުންގެ ތެރޭގައި ކޯޓާ ގަނެގެން ފުރި އެއްވެސް މީހަކު ހިމެނޭތޯ ނޫސްވެރިން އިސްނަގައިގެން ބެލުމަކީ ވަރަށް މުހިއްމު ކަމެކެވެ. އަދި ކޯޓާއެއް ވިއްކާނަމަ އެވިއްކާ ގޮތަކާ އޭގެ އަގުވެސް އެގުން މުހިއްމު.
ބސވސވ
26 May 2025
ބާއްޖަވެރި ދަތުރަކަށް އެދެން.