27 މެއި 2025 - 08:43
ޗެޕްޓަރު ނިމިއްޖެ ކަމަށް ބުނެ ޕޯޗުގީސް ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ސައޫދީ އަރަބިއްޔާގެ އަލް ނަސްރު ދޫކޮށްލަން ނިންމާފައިވާކަމުގެ އިޝާރާތެއް ދީފި އެވެ.
ނަސްރުއާ 2022 ވަނަ އަހަރު ގުޅުނު ފޯވާޑް އެ ޓީމާ އެކު ހަދާފައިވާ ކޮންޓްރެކްޓް ސީޒަން ނިމުމާ އެކު ވަނީ ހަމަވެފަ އެވެ. ކޮންޓްރެކްޓް އާކުރުމުގެ މަޝްވަރާތަކެއް ވެސް ވަނީ ކޮށްފަ އެވެ.
ނަސްރުގެ ޖާޒީއެއްގައި ހުރި ފޮޓޯއަކާ އެކު، ރޮނާލްޑޯ ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި ބުނީ " މި ޗެޕްޓަރު ނިމިއްޖެ" ކަމަށެވެ.
"އެކަމަކު މި ވާހަކަ؟ އަދިވެސް ލިޔަމުން އަންނަނީ. އެންމެންނަށް ޝުކުރުވެރިވަން،"
އެއީ ސީޒަން ނިމުމުން ޖެހި ޕޯސްޓެއް ކަމަށް ނުވަތަ އެ ޓީމު ދޫކޮށްލާތީ ދިން މެސެޖެއްކަމެއް ކަށަވަރެއް ނޫނެވެ.
ރޮނާލްޑޯ، 40، ވަނީ އޭނާ ކެރިއަރު ނިންމާލާނީ ނަސްރުގައި ކަމަށް ކުރިން ބުނެފަ އެވެ. އެކަމަކު އެ ޓީމާ އެކު އޭނާ އަށް ކާމިޔާބު ނުހޯދޭތީ ހިތްހަމަނުޖެހުން އެބައޮތެވެ.
ދާދި ފަހުން ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވަނީ، އަންނަ މަހު ފަށާ ފީފާ ކްލަބް ވޯލްޑް ކަޕުގައި ވާދަކުރާ ޓީމަކަށް ރޮނާލްޑޯ ގެންދިއުމުގެ މަޝްވަރާތަކެއް ކުރަމުން އަންނަ ކަމަށް ވިދާޅުވެފަ އެވެ. އެކަމަކު ރޮނާލްޑޯގެ ފަރާތުން ވަނީ އެކަން ދޮގުކޮށްފަ އެވެ.
އެހެންވިޔަސް، އޭނާ ގެންދަން ކްލަބް ވޯލްޑް ކަޕުގެ ބައެއް ޓީމުތަކުން މަސައްކަތްކުރާ ކަމަށް މީޑިއާތަކުން ރިޕޯޓްކުރެ އެވެ. އޭގެ ތެރޭގައި ސައޫދީގެ އަލް ހިލާލް އާއި، މެކްސިކޯގެ މޮންޓެރޭ ހިމެނެ އެވެ. މީގެ ތެރެއިން މޮންޓެރޭ އަކީ ރޮނާލްޑޯއާ އެކު ކުރިން ރެއާލް މެޑްރިޑަށް ކުޅުނު ސާޖިއޯ ރާމޯސް މިހާރު ކުޅޭ ޓީމެވެ.
ވޯލްޑް ކަޕުގެ ފޯމެޓަށް ފީފާ އިން އަލަށް ބާއްވާ ކްލަބް ވޯލްޑް ކަޕް މަގުބޫލުކުރުމަށް ފީފާ އިން އަންނަނީ ވަރަށް ބޮޑަށް މަސައްކަތްކުރަމުންނެވެ. މުބާރާތުގައި ޔޫރަޕުގެ ވަރުގަދަ ޓީމުތައް ކަމަށްވާ ރެއާލް މެޑްރިޑް، ބާސެލޯނާ، މެންޗެސްޓާ ސިޓީ، ޗެލްސީ، ބެޔާން މިއުނިކް، އަދި އިންޓަ މިލާން ވާދަކުރާނެ އެވެ. އަދި ލިއޮނަލް މެސީ ކުޅޭ އެމެރިކާގެ އިންޓަ މަޔާމީ ވެސް ވާދަކުރެ އެވެ.
އެކަމަކު ބައެއް މެޗުތަކުގެ ޓިކެޓު ވިކޭވަރު މަދުވުމުން ފީފާ އިން ދާދި ފަހުން ވަނީ ބައެއް ޓިކެޓު އަގުހެޔޮ ވެސް ކޮށްފަ އެވެ. ރޮނާލްޑޯ މުބާރާތުން ފެންނާނެ ގޮތް ހެދުމަކީ ވެސް އެކަމުގައި ފީފާ އިން ގެންގުޅޭ އުކުޅެއް ކަމަށް އެއް ބަޔަކު ދެކެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ިިދދަ
27 May 2025
ބާސެލޯނާ އެއް ނުކުޅޭނެ ކުލަބު ވޯރލްޑް ކަޕަކުްއެވެ.
އަހުމަދު1
27 May 2025
ކިތަންމެ ރުޅިއަޔަސް މި އާރޓިކަލް އިން އޭނަގެ ނަން ޖެހިމަކަށްޓަކާ ވާނޭ ފައިދާ އެނގި ނުތިބެވެނީ ވާހަކައެއް ނުދައްކާ
ރަދީފްއޮފިޝަލް / ރޮނާލްޑޯ
27 May 2025
ރޯނާލްޑޯ މިއީ މޮޅު / މަޝްހޫރު / ރީތި / ހިތްތިރި / އަޙްލާގް ރަނގަޅު / ފައިސާވެރި ރަނގަޅު ކުއްޖެއް.ކޮންމެވެސް ދުވަހަކުން ރާއްޖޭގެ ކްލަބެއްގަ ބޯޅަ ަފއިން ޖަހާލަން އަންނައްޗޭ. ގުޑް ލަކް ބްރަދާ.ވ.ވެދުން