31 މެއި 2025 - 15:04
ސެންޓްރަލް ޕާކުގައި މިހާރު ކުރިއަށް ދާ މޯލްޑިވްސް އެކްސްޕޯގައި ޖަވާބު ޕްރައިވެޓް ލިމިޓެޑްގެ "ދިވެހި ޖީޕީޓީ" އަށް ބޮޑު ކާމިޔާބީއެއް ވަނީ ލިބިފަ އެވެ.
ޖަވާބު ޕްރައިވެޓް ލިމިޓެޑުން ހުށަހަޅާފައިވާ "ދިވެހި ޖީޕީޓީ" އަށް ވަނީ އާޓިފިޝަލް އިންޓެލިޖެންސްގެ ދަށް ގިންތިން އެއްވަނަ އަދި މުޅި އައިސީޓީ ސެކްޓަރުގެ ދާއިރާއިން ދެވަނަ ލިބިފަ އެވެ. މީގެ އިތުރުން މުޅި މައުރަޒުން ހުރިހާ ގިންތިއަކުން ވިޔަފާރީގެ ދާއިރާއިން ތިން ވަނަ ލިބުނެވެ.
މީގެ އިތުރުން އެ ކުންފުނީގެ މެނޭޖިން ޑައިރެކްޓަރު މުހައްމަދު ޖައިލަމް ފަރުމާކުރި "ދިވެހިފޮތް އެޕް" ދިވެހި ފޮތް.އެމްވީ އަށް ވަނީ މޯބައިލް އެޕްލިކޭޝަންގެ ދަށްގިންތިން އެއްވަނަ އަދި މުޅި އައިސީޓީ ސެކްޓަރުގެ ދާއިރާއިން އެއްވަނަ ލިބިފަ އެވެ.
މި މައުރަޒުގައި ޖަވާބު ޕްރައިވެޓް ލިމިޓެޑްގެ ސްޓޯލުގައި "ދިވެހި ޖީޕީޓީ" ޓެސްޓުކޮށްލުމުގެ ފުރުސަތު އާންމުންނަށް ލިބިގެންދާނެކަމަށް ކުންފުނިން މައުލޫމާތު ދެ އެވެ. އަދި ރާއްޖޭގައި އެންމެ ފުރަތަމަ ދިވެހި ބަހުން ވާހަކަ ދައްކާ އާޓިފިޝަލް އިންޓެލިޖެންސް އެވެޓާ ކަމުގައިވާ "ކަތްދަ" އާ ވާހަކަދެއްކުމުގެ ފުރުސަތު ވެސް ލިބިގެންދާނެ އެވެ.
"އަޅުގަނޑުމެންގެ ސްޓޯލަށް ބޮޑު ތަރުހީބެއް ދަނީ ލިބެމުން. ގިނަ ބަޔަކު ޒިޔާރަތްކޮށް ދިވެހި ޖީޕީޓީގެ ފަހުގެ ފީޗާސްތައް ޓެސްޓުކުރަމުން އެބަގެންދޭ. އަދި ވަރަށް ގިނަ ފަރާތްތަކަކަށް ގުރުއަތުން ހިލޭ ސަބްސްކްރިޕްޝަންވެސް ލިބެމުން އެބަދޭ،" ޖަވާބުގެ ސީއީއޯ ޖައިލަމް ފާހަގަކުރި އެވެ.
ދިވެހި ޖީޕީޓީއަކީ ދިވެހިބަހުން އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކުރޭ ގޮތަށް ފަރުމާކޮށް ތައްޔާރުކުރެވިފައިވާ އުފެއްދުމެކެވެ. މި އުފެއްދުމުގައި ލިބެން ހުންނަ ފީޗާސްތަކުގެ ތެރޭގައި:
• ޓެކްސްޓް-ޓު-ސްޕީޗް (ޓީޓީއެސް): ލިޔެފައިވާ ދިވެހި ލިޔުން އަޑަށް ބަދަލުކުރުން
• ސްޕީޗް-ޓު-ޓެކްސްޓް (އެސްޓީޓީ): ދިވެހި ބަހުން ދައްކާ ވާހަކަ ލިޔުމަށް ބަދަލުކުރުން
• ލިޔުން އުފެއްދުން: ދިވެހި ބަހުން އަމިއްލަ ލިޔުންތައް އުފެއްދުން
• ނެޓުން ހޯދުން: އިންޓަނެޓުން ދިވެހި މަސްދަރުތަކުން މައުލޫމާތު ހޯދައި ދިރާސާކުރުން
• ތަރުޖަމާކުރުން: ދިވެހި، އިނގިރޭސި، އަރަބި، ސިންހަޅަ އަދި ބަންގާޅި ބަހަށް ތަރުޖަމާކުރުން
• ދިވެހި ޕީޑީއެފް/ފޮޓޯ ލިޔުމަށް ބަދަލުކުރުން: ދިވެހި ލިޔުން ހިމެނޭ ޕީޑީއެފް ފައިލްތަކާއި ފޮޓޯތައް ކޮންޕިއުޓާ މެޝީން ރީޑަބަލް ލިޔުމަށް ބަދަލުކުރުން
މި މައުރަޒު ފެށުނީ މި މަހުގެ 23 ވަނަ ދުވަހު އެވެ. އަދި މި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ އެވެ. މި މައުރަޒުގައި ދިވެހިންގެ އުފެއްދުންތެރިކަން ދައްކުވައިދޭ ތަފާތު އުފެއްދުންތަކާއި، އައިސީޓީ ސެކްޓަރުގެ ބައިވެރިވުންތަކާއި، ޑިޖިޓަލް އިކޮނޮމީގެ ބައިވެރިވުން ފެނިގެންދާނެއެވެ.
ދިވެހިޖީޕީޓީ، dhivehigpt.com އަށް ޒިޔާރަތްކޮށްގެން ބޭނުން ކުރެވޭނެ އެވެ.
ނޯޓު: މިއީ ޖަވާބު އެކަޑަމީގެ އެޑްވަޓޯރިއަލް އާޓިކަލްއެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަމަރޭ
01 June 2025
މިހާރުު އެންމެ ގަދަ އެއް ކޮމްޕެނީ.. ޒުވާނުންނާއި އެކު އައިޓީގެ ދާއިރާއިން ދިވެހިންނަށް ތަފާތު ބަދަލެއް ގެންނާނެ ވަރުގަދަ ޓީމެއް. މަރުހަބާ..
ފިނރުޓޭ
01 June 2025
ވަރަށް ރަގަޅު ދިވެހި ޖީޕީޓީ އުފެއްދީތީ އިނގޭ!
ބޑބލސނ
01 June 2025
މުޅި އެކްސްޕޯގެ އެއްވަނަ މީ. ކުރިއަށް ދިވެހި ގައުމު. ރަށްރަށާ ފަޅު ފަޅާ ދޭންވީ މި މީހުންނަށް އައިޓީ ޕާކްހަދަން. މި އުޅެ މޓއކހދ ބޑބލއއ
ރަނގަޅަށް ކަންކުރުން
01 June 2025
ކުދި ކަންކަމަށް ފަރުވާނުބެހެއްޓުމަކީ، ބޮޑެތިކަންކަން އަތުން ދޫވެގެންދާނޭ ކަމުގެ އަލާމާތެއް. ‘ޙިދްމަތް’. ‘ޙަފްތާ’. މިއީ ތިޔަ ސައިޓުގެ ބޮޑުސުރުޚީ ތަކުގައި ހުރި ކުށްތައް. މަތިމަތިން މީހަކު ބެއްޔަސް މި ކުށްތައް ފާހަގަވާނެ. އަޅައިކިއުން، ޕްރޫފް ރީޑުކުރުން މިއީ އަހަރެމެން ރަނގަޅަށް ނުކުރާ ކަންކަން. ހާގެ ނުކުތާ އޮންނަތަން ނޭނގެންޏާ ދަންނަމީހަކަށް ރުފިޔާދީގެން ކުރުވާ! ފައިނަލް ޕްރޮޑަކްޓު އޮންނަންޖެހޭނީ ސްޕޮޓްލެސްކޮށް މިއީ ދޭ ނަސޭހަތެއް. ކުށްދެއްކުންނޫން
ސައިމާ
31 May 2025
މަރުޙަބާ އަރުޝަދު އަދި ޖައިލަމް
އަޖަބީ
31 May 2025
އެކަމަކު ސަރުކާރުން ކުރާ ކަމަކީ އަޑިއަޑިން ތާނައޭއަަި އަށް ހުރިހާ މަސައްކަތްތަކެއް ދެނީ. ތާހިރެއްނުން
ބިޑުގެ އަގު
31 May 2025
ދޭތީގެ އަގުގެ ހުރި ތަފާތު އިނގޭނަމަ ތިހެން ނުބުނާނެ.