ރައީސް ޑރ. މުހައްމަދު މުއިއްޒު: ފައިނޭންޝަލް ޑިސްޓްރިކްޓްގެ ނަމުގައި އިތުރު ކުންފުންޏެއް ރައީސް ވަނީ އުފައްދަވާފައި.
01 ޖޫން 2025 - 11:58
ގްރޭޓާ މާލޭ ފައިނޭންޝަލް ޑިސްޓްރިކްޓްގެ ނަމުގައި ސަރުކާރު ކުންފުންޏެއް ރައީސް ޑރ. މުހައްމަދު މުއިއްޒު އުފައްދަވައިފި އެވެ.
އެ ކުންފުނި އުފެއްދެވީ ސަރުކާރުގެ ގެޒެޓުގައި މިއަދު ޝާއިއުކުރި ރައީސްގެ ގަރާރަކުންނެވެ.
ސަރުކާރުގެ 100 ޕަސެންޓް ހިއްސާ އެކުލެވޭ މި ކުންފުނި އުފެއްދީ ދިވެހި ސަރުކާރުގެ އިގްތިސާދީ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތިން ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކުރުމަށާއި ޑިޖިޓަލް ފައިނޭންޝަލް ސާވިސް އާއި ޑިޖިޓަލް ރިއަލް އެސްޓޭޓާއި ފައިނޭންޝަލް ޓޫރިޒަމާއި ބޭންކިންގެ ހިދުމަތް ހިމެނޭ ގޮތަށް، މާލީ ހިދުމަތްތެރިކަމުގެ ސިނާއަތު ރާއްޖޭގައި ކުރިއަރުވަން ކަމަށް ރައީސް އޮފީހުން ބުންޏެެވެ.
އެ އޮފީހުން ބުނީ ބައިނަލްއަގުވާމީ މާލީ ހިދުމަތްތަކުގެ މަރުކަޒަކަށް ރާއްޖެ ހެދުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރުމާއި އެ މަސައްކަތްތަކާ ގުޅޭ އެންމެހާ ކަންކަން ތަންފީޒުކުރުމުގެ މަސައްކަތް ވެސް މި ކުންފުނިން ކުރާނެ ކަމަށެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި އެ ކުންފުންޏަށް ހުއްދަކޮށްފައިވާ ރައުސުލްމާލަކީ 10ރ. ގެ 100 މިލިއަން ހިއްސާގެ މައްޗަށް ބަހާލެވިފައިވާ އެއް ބިލިއަން ރުފިޔާ ކަމަށެވެ. އެ ކުންފުންޏަކީ އަމިއްލަ ނަމުގައި ދައުވާ ކުރުމާއި ދައުވާ ލިބިގަތުމުގެ ހައްގު ލިބިގެންވާ ވަކި ސިއްކައެއް އޮންނަ ގާނޫނީ ގޮތުން އަމިއްލަ ޝަހުސެއް ކަމަށް ވެސް ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑރ ވާންޗޯ
01 June 2025
ކަލޯ އިންސްޓިޓިއުޓް މަދުކަމުންތަ އަހަރެމެން އަދިވެސް މިއުޅެނީ ރާއްޖޭން ބޭރުން ފައިސާއެއް ވޮލެޓްއަށް ނުގެނެވިގެން. ތިޔަ ބީއެމްއެލް ނޫންގޮތެއް ފެނިގެން ނޫނީ ތިކަމެއްނުވާނެ. ބީއެމްއެލްއަށް ޖެހޭ ކަރަންސީ ކޮންވަރސަން އަދި ސަރވިސްޗާޖްގެ ނަމުގަ 10-20 ޕަސެންޓްދޭން.
އުދުހޭ
01 June 2025
އެންމެފަހުން އުފެއްދި ބޭންކުގެ ރައުސުލްމާލަކަށް އޮތީ އެތަނުގެ ނަންބޯޑު. ހައެއްކަމަސް ވީއިރު އެތަނުން ކުރިކަމެއްކަމަށް ފެންނަނީ ލޭބަރ ޓްލައިބިއުނަލަށް މީހަކުލީ މައްސަލައެއްގެ ކަންކަން.
އަފްރާސިޔާބު
01 June 2025
އަދި މަދުވާނެ ހެދިފައިހުރި ފައިނޭންސް ކިޔާތަންތަން. ހަދަންވީނުން "މޯލްޑިވްސް ފައިނޭންސަލް އިނިސްޓިއުޓް އޮފް ލެންޑިންގ އެންޑް ރިސީވިންގ ފޮރ ސަސްޓެއިނެބިލިޓީ އައިލޭންޑް ޑިވެލެޕްމަންޓް، ޕޮލިޓިކަލް އިންފްރާސްޓްރަކްޗަރ ޕްރައިވެޓް ލިމިޓެޑް" މިނަމުގައިވެސް ހެޔޮވަރު ވަރަކަށް ބޮޑު ވޯކްފޯސްއަކާއެކު ކުންފުންޏެއް. ވަރަށް ހިނގާނެ.
ދިއްދޫމީހާ
01 June 2025
ތިޔަހެން އިންވެސްމެންޓް ބޭންކްވެސް އުފެއްދި ވީކަމެއް ހަރާމް ދެން ދުވަސްކޮޅަކުން އަޑު އިވޭނީ ތިޔަ ކުންފުނީގެ ސީއޯ މުސާރަ ނުލިބިގެން މައްސަލަޖެހި އަޑު..
ޢަލީ ކުރުސީ
01 June 2025
ތިޔަ ދެން ރާއްޖޭގެ ދަތިކަން ފިލާ ދިޔައީ! ތިޔަ ކުންފުނި ނުހެދިގެން މިހުރިހާ ލަސްތަކެއް މިވީ. ޑިވެލޮޕްމެންޓް ބޭންކް ހެދީމަ ފެންނަ ފައިދާތައްވެސް ނިކަން ދެކކިބަލަ. ބަޔަކު އާޝޯޚް ނުވާވަރުތަ އަޅޭ؟
އޮނަރަބްލް އަފީފު ދީދީ
01 June 2025
ގްރޭޓާ މާލޭ ފައިނޭންޝަލް ޑިސްޓްރިކްޓް އޭ!؟ ކ.އަތޮޅު މާލެ އާއި ރާއްޖޭގެ އެހެން ރަށްތަކާއި ވަކިކުރަމުންގޮސް އަދި ދިވެހިރުފިޔާގެ ނަންވެސް ބަދަލުކޮށް "މާލޭ ރުފިޔާ" އަށް ރުފިޔާ ހަދާނެ. ދުނިޔޭގެ އެހެންއެއްވެސް ދައުލަތެއްގައި އެ ޤައުމުގެ ރައްޔިތުންގެމެދުގައި ތަފާތުކުރުން ނުގެންގުޅޭވަރަށް ރާއްޖޭގެ ރައްޔިތުންގެތެރޭގައި ތަފާތުކުރުން ގެންގުޅުން އާންމުވެ މިކަން އާދައަކަށްވެގެން ހިގައްޖެ. މަށަށްފެނޭ އެހެން ރަށްރަށުގައި ނަގާ ދިދައިގެ ސައިޒުވެސް ކުޑަ ކޮށްލަން.
ހަކުރާފިޔާ
01 June 2025
ޑިވެލޮޕްމަންޓް ބޭންކެއް އުފައްދައިގެން ކުރިކަމެއް ހަރާމުންހަރާން. މުސާރަކޮޅުވެސް ނުދެވިގެން މައްސަލަ ޖައްސަނީ. މިހާރު އަނެއްތަނެއް އުފެއްދީ. ކޮންކަމެއް ނުކުރެވިގެންތޯ ތިއުޅުއްވަނީ. އިއްޒަތްތެރި ރައީސް.
ސަސި
01 June 2025
މިދެން ކޮންފަދަކަމެއް. ތިޔަ ހުރިހާ ކުންފުނިތައް ހިނގާ ނުހިގާގޮތްބަލަން ވެސް ކުންފުންޏެއް ހަދަންވާނެ