މާލޭގައި އީދު ފާހަގަކުރުމުގެ ތެރެއިން.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
02 ޖޫން 2025 - 15:05
ރާއްޖޭގެ ރަށްރަށުގައި އީދު ފާހަގަކުރާއިރު އިސްލާމީ މިންގަނޑުތަކާއި ހުދޫދުތަކުގެ ތެރެއިން އީދުގެ އުފާ ފާޅުކުރުމަށް ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް މިނިސްޓްރީން އިލްތިމާސްކޮށްފި އެވެ.
މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ދިވެހިންނަކީ ޒަމާނުއްސުރެ ވަރަށް ކުލަ ގަދަކޮށް ބޮޑު އީދު ފާހަގަކުރާ ބައެއް ކަމަށާއި އޭގެ ސަބަބުން ދިވެހިންގެ ތެރޭގައި އޮންނަ އެކުވެރިކަމާއި އެއްބައިވަންތަކަން ވަރަށް ބޮޑަށް އާލާވެ ދިވެހިންގެ އިޖުތިމާއީ ގުޅުން ބަދަހިވާ ކަމަށެވެ.
މިނިސްޓްރީން ބުނި ގޮތުގައި އިސްލާމީ ހަމަތަކުގެ ތެރޭގައި އީދު ފާހަގަކުރުމާއި ކުދިބޮޑު އެންމެން، އީދުގެ އުފަލުގައި ބައިވެރިކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިސްކަން ދެއްވަ އެވެ.
"އިސްލާމީ އުސޫލުތަކާއި ހުދޫދުތަކާއި މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން ހުރިހާ ރަށްރަށެއްގައި ވެސް އީދުގެ ކުޅިވަރުތަކާއި ހަރަކާތްތައް ރާވައި، ހިންގުމަކީ ސަރުކާރުން ތަރުހީބުދޭ ކަމެކެވެ،" ބަޔާނުގައިވެ އެވެ.
އެހެންވެ، މި އަހަރު ބޮޑު އީދު ފާހަގަކުރުމުގައި ވެސް އިސްލާމީ ތަރަހައިގެ ތެރޭގައި އިސްލާމްދީނުގައި ހުއްދަ ކޮށްފައިވާ ގޮތުގެ މަތިން ރާއްޖޭގެ ހުރިހާ ރައްޔިތުން އަމަލު ކުރުމަށް މިނިސްޓްރީން އިލްތިމާސްކުރެ އެވެ.
މިނިސްޓްރީން ވަނީ އީދު ފާހަގަކުރުމުގެ ކަންކަން ކުރިއަށް ދަނީ ސަރުކާރުން ކަނޑައަޅާފައިވާ މިންގަނޑުތަކުގެ ތެރެއިންކަން ދައުލަތުގެ ކަމާ ގުޅޭ އިދާރާތަކުން ވެސް ކަށަވަރުކުރުމަށް އަންގައިފަ އެވެ.
މި އަހަރުގެ ބޮޑު އީދު ވަނީ އަންނަ ހުކުރު ދުވަހަށެވެ. އާންމުކޮށް ރާއްޖޭގެ ރަށްރަށުގައި ހަތަރު ދުވަހަށް ބަހާލައިގެން އީދުގެ ހަރަކާތްތައް ކުރިއަށް ގެންދެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަސީސަލީމް
03 June 2025
ތިހުދޫދެއް ނޭނގުނު. އިސްލާމީ ދީނީ ޢިލްމުވެރިން ވިދާޅުވަނީ މިޔުޒިކާ ބެރުނުޖަހާ މަސްހުނި ނުވެ ކުޅެން. އެކަމަކު ސަރުކާރުން ޢީދު ފާހަގަކުރަން ރާވާ ކުޅިވަރުތައްވެސް ހުންނަނީ މިކަހަލަ ގޮތްގޮތަށް.
ށސ11
03 June 2025
މިންގަނޑުތަކާ ހުދޫދުތަކާ ހަރާމާ ހަލާހާ ކިޔައިދޭންޖެހޭ ތަފްސީލުކޮށް.
ޖަލީލީ
03 June 2025
އީދަކީ ދީނީ ގޮތުން މުސްލިމުން ފާހަގަ ކުރާ ދުވަހެއް. އެކަމަކު ދިމާ އިދިކޮޅަށް ރާއްޖޭގެ ރަށްރަށުން ފެންނަނީ. ދެ ޖިންސް އެކުވެގެން ގައިގޯޅިކޮށް އީދު ފާހަގަ ކުރަން ސުޓޭޖު ޝޯ ތަކާއި އެއްޗެހި ބާއްވާތަން ފެންނަނީ. ދެ ޖިންސް މީހުން އެކަކު އަނެކަކު ގަޔަށް އަތްލާ ކުލަހާކާ ކުލަޖަހާ ނަގައިގެން ގޮސް މޫދަށްލުން ފަދަ މުންކަރާތްތަށް ހިންގާތަން ފެންނަނީ. ހިތާމަހުރިކަމެއް.
ރާވެރިބެ
03 June 2025
ދައުލަތުގެ ތިން ބާރުން ކަންކަން ނިންމުމުގައާއި އަމަލު ތަށް ބެހެއްޓުމުގަ އިސްލާމީ މިންގަޑުތަކާ އެއްގޮތަށް އްބްދުވެސް ވިސްނުން ދެމެހެއްޓުމަށް ރައްޔިތުން އެދޭ.
ޖަލްނީ
02 June 2025
އިސްލާމީ ހުދޫދުންތޯ ޓީވީއެމް، ޕީއެސްއެމް އިން އިޝްގީ ގައިގޯޅި ވީޑިޔޯ ލަވަ ދައްކަނީ؟ ޢިސްލާމީ ހުދޫދުންތޯ މީޑިޔާނެޓް ހުޅުވާލާއިރަށް ގައިގޯޅި ޝަހުވާނީ މަންޒަރު އިސްތިހާރުކުރަނީ؟ ރައްޓެއެއްސެއް ބުނެގެން އަހާލީ
އިހްސާސް
02 June 2025
އިސްލާމީ މިންގަނޑުތަކާއި ހުދޫދުތަކުގެ ތެރެއިންނޭ ބުނާނަމަ ދެޖިންސް އެއްތަންވެ ތިޔަ ބާއްވާ މިޔުޒިކާ ޑާންސް ޝޯތައް ނުބޭއްވޭނެ. ބޭއްވިޔަސް ތިޔަ މިނިސްޓްރީއިން އަދި ފުލުހުންވެސް އެއްކަމެއްވެސް ނުކުރާނެ. ވީއިރު ހަމައެކަނި ބުނެލާ ބަހެއް ގޮތަށް ތިޔަހެން ތިޔަ ވިދާޅުވަނީ.
ހޮޓްކިންގ
02 June 2025
ގަޔަށް ކުލަޖެހުމަކީ އިިންޑިއާގެ ހިންދޫ ފައްޅިތަކުގެ ތެރެއިންފާޅުވި އަޅުކަމެއް. އެކަން ކުރަން ހިންދީ ފެންބޮއިގެން އުޅޭ ދިވެހިން ވަރަށް އުޅޭ. މަ މިބުނީ މަގޭ ގަޔަށް އަނބި ދަރިންގެ ގަޔަށް ކުލަޖަހާ ގަޔަށް އަތްލައި ހަދައިގެން އެބަޔަކަށް ލިބޭ ގެއްލުމަކަށް އެބަޔަކު ޒިންމާވާށޭ.
ދީނަށްޓަކާ ކޮރަޕްޝަން އޯކޭ؟؟؟
02 June 2025
ސަލަފު ގެ ޕުރެސްރު ބޮޑުވީ. އެމީހުން ހިލޭނީ މިކަހަލަ ކަންކަމުގައި އެކަނި. މިސަރުކާރުން ކިތަންމެ ޖަރީމާއެއް ހިންގާ، ކޮރަޕްޝަން ހިންގިއަސް،،،،، ސިޔާސީންނަށް ދައުލަތުގެ ބަޖެޓު ބިލިއަނުން އިސްރާފުކުރިއަސް ބަހެއް ވެސް އެގޮލާތައް ނުބުނާނެ.
ސަމީ
02 June 2025
ތީ ރަނގަޅު ވާހަކައެއް ނޫން. ޝެއިޚް ސަމީރު މިހާރުވެސް އެބައޮތް ސަރުކާރުން ހިންގާ ކޮރަޕްޝަންއާ ބެހޭގޮތުން އެބައޮތް ވާހަކަ ދައްކާފައި
އަޚު
02 June 2025
ސަމީ، ޢެބުނަނީ ޖަމިއްޔާގެ ފަރާތުން އެ މުންކަރާތްތައް ހުއްޓުވަން ކަންކަން ނުކުރޭ ސަރުކާރައް ބަސް ނުބުނެޔޭ. ސަމީރު ވަކި ފަރުދެއްގެ ގޮތަކުން ނޫން
ސްްްސ
02 June 2025
އެދިބަހައްޓާފަ ސަރުކާރުން މުންކަރާތަށް ފަންޑުވެސް ކުރަނީ
އީދުގަ ދިވެހިން
02 June 2025
އީދުއައިމަ ބައެއް ދިވެހިން ދީނުގެ ހުދޫދުން ބޭރުވާކަމަށް ދޭހަވާ ގޮތަށް ބަޔާން ނެރޭ ކަމަށްވާނަމަ ހުދޫދަކޯ ކޮބާކަން ބުނެދޭން ޖެހޭ. ބައެއް ޟޭޙުންނަށް މުސްލިމް އަންހެނަކު ފިރިހެނަކާ ސަލާން ކުރިޔަސް އެވަނީ ހުދޫދުން ބޭރު. ދީނުގެ މެދުމިން ޙިޔާރު ކުރަންޖެހޭ. އެނުން ވިސްނުމެއް ބަލައިގަންނަން ގިނަ ދިވެހިން ބޭނުމެއް ނުވާނެ.
ށސ11
03 June 2025
ދީނުގަ ހަރާމް ކަމެއް ހިލޭ އަނހެންކުގައިގަ ބީހުމަކީ، ނޭންގުމަށަވުރެ އުނގެނުން ބުއްދިވެރި