ބޭރުގައި ސްކޭމް ހިންގި ބޮޑު ނެޓްވޯކެއް ދިވެހި ފުލުހުންގެ އެހީގައި ވަނީ ހޯދާފައި.
03 ޖޫން 2025 - 21:56
ބޭރުގައި ފުޅާކޮށް އޮންލައިން ސްކޭމް ހިންގި ނެޓްވޯކެއް، ރާއްޖެ ހިމެނޭ ގޮތަށް އޭޝިޔާގެ ހަ ގައުމަކުން ބައިވެރިވި އޮޕަރޭޝަނަކުން އަތުލައިގަނެ އެތައް އެކައުންޓެއް ފްރީޒުކޮށްފި އެވެ.
ޗައިނާގެ ހޮންކޮންގުގެ ބައެއް ނޫސްތަކުގައި ބުނީ 20 މިލިއަން ޑޮލަރު ނުވަތަ 308 މިލިއަން ރުފިޔާގެ ބޮޑު ސްކޭމެއް ހުއްޓުވީ ރާއްޖޭގެ އިތުރުން ހޮންކޮންގާއި ސިންގަޕޫރާއި ސައުތު ކޮރެއާ އާއި ތައިލެންޑާއި މެލޭޝިޔާ އަދި މަކައުގެ ފުލުހުންގެ އިދާރާގެ ބައިވެރިވުމާއެކު ކަމަށެވެ.
އެ ތުހުމަތުތަކުގައި 14-81 އަހަރާ ދެމެދުގެ 1،858 މީހުން ހައްޔަރުކޮށް 32،000 އަށްވުރެ ގިނަ ބޭންކު އެކައުންޓު ފްރީޒްކޮށްފައިވެ އެވެ. އޭގައި ދިވެހިން ހިމެނޭކަމެއް އަދި ޔަގީނެއް ނޫނެވެ.
އެ މީހުން ސްކޭމް ހިންގާފައިވަނީ އޮންލައިން ޝޮޕިން އާއި ފޯނާއި އިންވެސްޓްމަންޓާއި އޮޅުވާލައިގެން ވަޒީފާ ހޯދުމާއި ދިނުމުގެ ކަންކަމުގަ އެވެ.
ހޮންގްކޮންގް ފުލުހުންގެ ކޮމާޝަލް ކްރައިމް ބިއުރޯގެ ޗީފް ސުޕްރިންޓެންޑެންޓް އާނެސްޓް ވޮންގް ޗުން-ޔޫ މިއަދު ވިދާޅުވީ އިރުމަތީ އަދި ދެކުނު އިރުމަތީ އޭޝިއާގެ ގާނޫނު ތަންފީޒުކުރާ ހަތް އިދާރާއަކުން "ފްރޮންޓިއާ ޕްލަސް" ގެ ނަމުގައި އޮޕަރޭޝަން ފެށީ މިދިޔަ އޭޕްރީލް 28 އިން މިދިޔަ މަހުގެ 28ގެ ނިޔަލަށް ކަމަށެވެ.
އޭގެ ތަފްސީލު ހިއްސާކޮށްފައިވަނީ ސިންގަޕޫރާއި ތައިލެންޑާއި ސައުތު ކޮރެއާ އަދި މަކައުގެ ފުލުހުން ގުޅިގެން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގަ އެވެ.
ސިންގަޕޫރު ފުލުހުންގެ އެންޓި-ސްކޭމް ކޮމާންޑުގެ އެސިސްޓެންޓް ކޮމިޝަނަރު އައިލީން ޔާޕްއާ ހަވާލާދީ ނޫސްތަކުގައި ބުނީ ބޯޑަރު ހުރަސްކޮށް ހިންގާ ހިޔާނާތުގެ ގިނަ މައްސަލަތަކެއް، އެ އޮޕަރޭޝަންގައި ކޮމިއުނިކޭޝަން ޕްލެޓްފޯމްގެ އެހީގައި ސިޓީ ސްޓޭޓުން ނައްތާލާފައިވާ ކަމަށެވެ.
އޭގެ ތެރެއިން، ސިންގަޕޫރުގެ މަލްޓިނޭޝަނަލް ކޯޕަރޭޝަނެއްގެ ސީއީއޯގެ މޫނު ބޭނުންކޮށްގެން ހަދާފައިވާ ފޭކު ވީޑިއޯތަކަކުން އެ ގައުމުގެ ފައިނޭންސް ޑިރެކްޓަރަކު މިދިޔަ މާޗް މަހުގެ ތެރޭގައި ވަނީ ސްކޭމް ކޮށްފަ އެވެ. އެ ފައިނޭންސް ޑިރެކްޓަރު ވަނީ ހޮންކޮންގަށް 499،000 ޑޮލަރު ފޮނުވައިފަ އެވެ. ނަމަވެސް، ކްރޮސް ބޯޑަރުގެ އެހީގައި އެ ފައިސާ ވަނީ ހޯދައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލުނބޯ
04 June 2025
މި އޮޕަރޭޝަން ހިންގި އިރު، ހާދަ ހީވޭ ދިވެހި ފުލުން ތިބީ އޭސީ ކޮޓަރީގަ ޓިކްޓޮކް ބަލަން ނުވަތަ ބަދިގޭގަ ކާންހެން.
އިބްރާ1
04 June 2025
ދިވެހި ފުލުހުން ކުރީ ކޮން ކަމެއް؟
ޒަކީ69
04 June 2025
ދިވެހި ފުލުހުން..؟ މިހާ ގާބިލް ބަޔަކު އަމިއްލަ ގައުމުގައި މިހިގައި ކަންކަން ނުހޯދެނީ ކީއްވެބާ..؟ ސުރުހީގައި އޮތީ ބައިވެރިވުމާއި އެކު ކަމަށް. ދައުވަތު ލިބުނީމަ ބައިވެރި ވެލީ ކަމަށްމިވީ. ބަޔަކު ކަމެއް ކޮއްގެން ނަތީޖާ ނެރުނީމަ ދެން ހަމަ ނޫހުގައި ޖަހާލީތާ.. އަމާ ބުނީތީ ފަރަށް މި ދިޔައީ ..
ކޮއްކޮބެ
04 June 2025
ދިވެހި ފުލުހުން ޑުރަގުގެ ބޮޑުތި ނެޓްވޯކުވެސް ހޯދާދޯ. އެކަމު މުޅި ރަށުތެރެއިން 24 ގަޑިއިރު ފެންނަނީ މަސްތުވެގެން އުޅޭ މީހުން. ދެން މޮޅު ސުރުހީއެއް އެޅިދާނެދޯ ކޮންމެ މީހަކައްވެސް.
ނާނާ
04 June 2025
ތިއޮތީ ވާ ކަމެއް ކުރެވިފައި.. ހަވާ އަރުވަނީ ވީނު.. ގައިމު އަމިއްލަ ގައުމުގެ ނިކަމެތި ރައްޔިތު މީހާ ސްކޭން ގައި ޖެހި އަވަދި ވާ އިރުވެސް ހަދާލާނެ ގޮތެއް ނޭނގޭ...
ނޭޝަނަލް ސްކޭމަރ
04 June 2025
ނޭޝަނަލް ސްކޭމް އަކީ އިންޓަނޭޝަނަލް ސްކޭމް އަށް ވުރެ ލެވެލް މަތީގައި އުޅޭ ބަޔަކަށް ވާތީ
ޕަޖީތް
04 June 2025
ތީއިންޑިޔާގެ ބބޮޑުކަން
އަހަންމާ.
04 June 2025
ބޭރު އެކިއެކި މީހުން ފޮރެކްސް ޓްރޭޑް ދިވެހިންނާއި ގުޅިގެން ހިންގާ، މަކަރާއި ހީލަތުން އެތަށް ފައިސާއެއް ނަގާކަން ފުލުހުންނަށް ހަމަނޭގެނީބާއޭ ހިތަށް އަރާ....
އިސްމާލި
04 June 2025
ފޮރެކްސް އެއް ނޫން. ޖެމްކިއު. ކަލޯ އެ ކަމުގައި ނޫޅޭ ދިވެއްސެއް މިހާރު މަދުވާނެ. ފުލުހުންނާއި ސިޔާސީ މީހުން އަދި ޝޭހު ކަމަށް ދައުވާ ކުރާ މީހުންވެސް އެ އެއްޗެއް ކޮއްޓަައިގެން ފައިސާ ނަގާ ކަމަށް އަޑުތައް އިވޭ.
ޒާދީ
04 June 2025
ސްކޭމް އަކީ ފޮރެކްސް އާއި ގުޅުން ހުރި ހާއްސަ ކަމެއް ނޫން، ތަންދޮރު ނޭނގި ކަންކަމުގެ ހަޤީގަތް ނުބަލާ މަޢުލޫމާތުވެސް ހޯދަން ބޮޑުކަމަކަށް ވެގެން އުޅޭ މީހުން ގިނަވީމަ ވާގޮތް. ކޮންމެ ކަމެއްވެސް ސްކޭމް ކުރެވިދާނެ، މާލީ، އިޖްތިމާއީ އަދި ނަފްސާނީ ކަންކަންވެސް. ތިގޮތަށް ވިސްނުން ހުންނަހާ ހިނދަކު ހެވެއް ނުބައެއް ނޭނގޭނެ.
ރޫމީ
04 June 2025
ދެން އަމިއްލަ ގައުމުގައި ހިންގާ ސުކޭމުތައް މަދު ނުކުރެވެނީ ކީއްވެޔޯ؟
ބިއްލޫރި
04 June 2025
އެވެއަރނަސްތައް ހިންގާއިރުވެސް ގަޅި މީހުން އުޅޭތީ
ޏަނާ
04 June 2025
ސްކޭމްއާއި ޑްރަގް ޓްރެފިކިންއާއި މަނީ ލޯންޑްރިންފަދަ ކުށްތަކަކީ ފުލުހުންނާ ގުޅިގެން ނޫނީ ފުލުހުންނަށް އެނގިގެން ނޫން ގޮތަކަށް ރާއްޖޭގައި ނާދިރު ގޮތެެއްގައި ނޫނީ ނުކުރެވޭނެ ކުށްތަކެއް!
އެނދިމަރިޔަނބު
04 June 2025
ސްކޭމްގަ އަމިއްލައަށް ޖެހިގަންނާތީ. އަލްހާންގެ ސްކޭމްގަ ޖެހިގަނެފަ ފުލުހުން ގޯސްވީ. ދެންފެށީ އަމިއްލައަށް ކިރާބެޓް، އެވެސް ބޭންކާ ފުލުހުންނާ މުއިއްޒާ ގޯހީ. މިހާރު ޖީއެމްސީ... ދެންވެސް ތިމާމީހާ ނޫން އެހެން އެންމެން ގޯހީ.
ޅޮސްމޭން
04 June 2025
އަހަރެންވެސް ހިމެނެ ގޮތަށް އަހަރުމެން ދިވެހިންގެ ދަހިވެތިކަން ބޮޑުވެފަ ޗީޕްވެފަ ގަމާރުވީމަ ސްކޭމަރުންގެ އަވައިގަ ޖެހެނީ އެހެންވީމަ ބަރު ހަތިޔާރު ހިފައިގެން ކޮންމެ މީހެއްގެ ފަހަތުގަ ފުލުހުންގެ ފައުޖެއް އޮތަސް ދިވެހިން ސްކޭމަރުންގެ ގުއިރޯނުގަ ޖެހޭނެ.
ސްކިމަރ
04 June 2025
ދިވެހިން ހިސާބަށްވުރެ ދަހިވެތިކަން ބޮޑުވެ، ހަރާމެއް ހަލާލެއް ބެލުމެއް ނެތި ފައިސާ ފޮއްޗެއް ފެންނަހެން ހީވާ އިރަށް އާވާރާ ވެގަނެގެން އުޅޭތީ