ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ދަތުރުކުރި ދިވެހިންތަކެއް ޓާމިނަލުން ނިކުންނަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު
04 ޖޫން 2025 - 19:51
އަވަށްތެރި ގައުމުތަކުގައި ޗިކުންގުންޔާ ފެތުރެމުން ދާތީ، މި ބަންދު ތެރޭގައި ދަތުރުކުރާއިރު ސަމާލުވާން އެޗްޕީއޭއިން މިއަދު އިލްތިމާސްކޮށްފި އެވެ.
އެ އެޖެންސީން، ވަކި ގައުމެއްގެ ނަން ހާމަނުކޮށް، ސޯޝަލް މީޑިއާގައި ކުރި ޕޯސްޓުގައި ވަނީ ކައިރި ގައުމުތަކަށް ދާއިރު މަދިރި ހެފުމުން ރައްކާތެރިވުމަށް އެދިފަ އެވެ.
ބޮޑު އީދަށް ލިބުނު ފަސް ދުވަހުގެ ބަންދާއެކު ގިނަ ބަޔަކު ދަނީ ރާއްޖެ އާއި ރާއްޖޭން ބޭރަށް ދަތުރުކުރަމުންނެވެ.
- މަދިރި ސްޕްރޭ ބޭނުންކުރުން
- ހަށިގަނޑު ވީހާ ވެސް ބޮޑަށް ނިވާވާ ގޮތަށް ހެދުން ލުން
- މަދިރި ދާ ޖެހުން
- މަދިރި އާލާވާ، ފެން ހަރުލާފައި ހުންނަ ފެން ފަދަ ތަންތަން ނައްތާލުން
- މަދިރި ފަނި ނައްތާލަން ބީޓީއައި ނުވަތަ ޓެމިފޯސް ބޭނުންކުރުން
އެޗްޕީއޭއިން ބުނީ ހުރިހާ ވައްތަރެއްގެ މަދިރި ވެސް އެންމެ ގިނަވާނީ ހެނދުނާއި ހަވީރު ކަމަށެވެ. އީޑީސް މަދިރި އާއްމުކޮށް މީހުންގެ ގައިގައި ހަފަނީ ދުވާލު ގަޑީގަ އެވެ. އެކަމަކު، ހުރިހާ ގަޑިއެއްގައި ވެސް މަދިރި ހެފުމުން ރައްކާތެރިވާން ވަނީ އެދިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދު
05 June 2025
ތިކަހަލަމޮޅު ވާހަކައެއް ބުނީމަ މުސާރަ ހަލާލުވާނީ ވަރަށް ރަގަޅު.
ކޮވިޑުމޫމިނާ
04 June 2025
ކޮންމެ ބަންދަކު ތި ހާސަރެއް ނުދަމަބަލަ. ހުރިހާ ދުވަސްވަރަކު ވެސް އެކްޓިވް ވެބަލަ
ޑެބީ
04 June 2025
މިވެސް ރައްޔިތުން ރުޅިއަރުވަން އުޅޭ ތަނެއް. ތިބުނާ ގައުމުތަކުގެ ނަން ބުނަން ނުކެރެންޏާ ތިއެޑްވައިޒަރީ ނުނެރިބަލަ. ނަން ބުނީމަދޯ އިނގޭނީ އެގައުމަކަށް ދަންޏާ ސަމާލުވާން.