ދޮޅު ކިލޯގެ މަސްތުވާތަކެއްޗާ އެކު ހައްޔަރުކޮށްފައިވާ މުހައްމަދު ޝާނީޒް
08 ޖޫން 2025 - 20:56
ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެއްޗާ އެކު މި އަހަރުގެ ކުރީކޮޅު މާލެއިން ހައްޔަރުކުރި ތިން މީހެއްގެ ތެރޭގައި ހިމެނޭ މީހެއްގެ މައްޗަށް ޑްރަގް ޓްރެފިކިންގެ ހަތަރު ދައުވާއެއް އުފުލާފައި ވަނިކޮށް، ޓެގް އަޅުވާފައި ދޫކޮށްލަން އެދެން ނިންމާފައިވާ ކަމަށް ކޯޓުގައި މިއަދު ބުނެފި އެވެ.
މިގޮތަށް އެދުނު، އުމުރުން 46 އަހަރުގެ މުހައްމަދު ޝާނީޒް، ނަސީމީގެ/ސ. މަރަދޫފޭދޫ އަކީ މިދިޔަ މާޗް މަހު ހައްޔަރުކޮށްފައިވާ މީހެކެވެ. އޭނާއާ އެކު އިތުރު ދެ މީހަކު ވެސް ދޮޅު ކިލޯގެ މަސްތުވާތަކެއްވާ އެކު ހައްޔަރުކުރި އެވެ. މާފަންނު ގެއެއްގެ އެޕާޓްމަންޓެއް ބަލައި ފާސްކުރި އިރު މަސްތުވާތަކެތި ފެނިގެން ޝާނީޒުއާ އެކު ދެން ހައްޔަރުކޮށްފައިވަނީ އުމުރުން 39 އަހަރުގެ މުހައްމަދު ތިބާގް، މ.ސައިރަސް އަދި އުމުރުން 35 އަހަރުގެ ފަރީދާ އަބްދުއްރަހްމާން، ޖަންބުގެ/ވ. ރަކީދޫ އެވެ.
ޝާނީޒްގެ ބަންދުގައި ބަހައްޓައިދޭން އެދި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން އެދުމުން ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައިވާ ގޮތުން ޝާނީޒްގެ މައްޗަށް މިހާރު ވަނީ ހަ ދައުވާއެއް އުފުލައިފަ އެވެ. އޭގެ ތެރެއިން ހަތަރު ދައުވާ އަކީ ޓްރެފިކިންގެ ދައުވާ އެވެ.
ދައުވާ އުފުލާފައި ވިޔަސް މައްސަލަ ބަލާނެ ސެކްޝަނެއް އަދި ކްރިމިނަލް ކޯޓުން ކަނޑައަޅާފައި ނުވާ ކަމަށާއި ޝަރުތުކޮށް ޓެގް އަޅުވާފައި ބަންދުން ދޫކޮށްދިނުމަށް ޝާނީޒްގެ ފަރާތުން އެދެން ބޭނުންވާ ކަމަށް ވަކީލް ފާހަގަކުރިކަމަށް އަމުރުގައިވެ އެވެ.
އަމުރު ނެރުއްވި ގާޒީ އިބްރާހިމް ޒިހުނީ ނިންމެވީ ޝާނީޒް އިތުރު 30 ދުވަހަށް ބަންދުކުރާށެވެ.
ޓެގް އަޅުވާފައި ބަންދުން ދޫކޮށްލަން އެދޭނެ ކަމަށް ޝާނީޒްގެ ފަރާތުން ބުނިކަން އަމުރުގައި ފާހަގަކޮށްފައި ވިޔަސް މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ބޮޑެތި މައްސަލަތަކާއި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތަކާއި މަރުގެ މައްސަލަތަކާއި ޓެރަރިޒަމްގެ ބޮޑެތި މައްސަލަތަކުގައި ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުންނަކީ ޓެގް އަޅުވާފައި ދޫނުކުރާނެ މީހުން ކަމަށް ޕީޖީ އޮފީހުން ކުރިން ބުނެފައިވެ އެވެ.
ޝަރީއަތް ނިމެންދެން ބަންދުގައި ގިނަ ދުވަސްތަކެއް ވަންދެން ތިބެންޖެހި އެ މައްސަލަ ހައްލުކުރުމުގެ ގޮތުން ބައެއް އެ މީހުން ޓެގް އެޅުވުމަށް ފަހު ދޫކުރަން ނިންމައި ބައެއް މީހުން މިހާރު ވަނީ ދޫ ވެސް ކޮށްލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރޯނުއެދުރޭ
10 June 2025
އޮނަރަބްލް އަފީފުފީދީ އަކީ ކާކުންކަން އެނގޭ އަހަރެމެނަށް. ވަގުތާ ހާްލަތު ޖެހުމުން އޮނަރަބްލް އަފީފުދީދީގެ އަސްލު އެއީކާކުކަން އިނގޭނެ. މަމޮޅުހެދިގެން އަބަަދު ނޫޅެވޭނެ.
މަބުނީ
09 June 2025
އޮންރަބަލް އަފީފު ދީދީގެ ބަހެއް މިކަމުގައި ލިބޭތޯ “މިހާރު” ނޫހުން ބަލާބަލަ
އޮންރަބަލް…
10 June 2025
އަހަ ކަލޯ އަފީފުދީދީ ހާދަ ކޯފާ ވީ ތިޔަ.. ލޮލް
އައްޑޫތަ! އެކަލޭގެ ނުބުނާނެ ޗުއްޕު ވެސް
10 June 2025
މާލެ އޭ، ހަމަ ބުނާއިރަށް ހިކަންޖެއް ހެން ފުމެގަންނާނެ އެވެ. ޢޮނަރަބްލް އަފީފު ދީދީ އަކީ މާލެ އާއި ޖެހުނު ވިގަންޏެކެވެ.
ޖޖޖޖ
09 June 2025
ގުޅިގެން ދޫކޮށްލުން. ތަންތަނުގެ ބޮޑުންނާއި ގުޅެ މީހުން ދޫވެސްވާނެ.
މާމާ
09 June 2025
46 އަހަރޭ، ތި ބޭބެ އަށް ވެދާނެ މިާރު 64،
ޑރ ވާންޗޯ
09 June 2025
ޑްރަގްގެ 4 ދައުވާ އޮތްއިރުވެސް އެއްވެސް ސަރީއަތެއްނުހިނގާތީ ޓެގްއަޅުވާފަދޫކުރަންވީތޯ؟. ދެން 5 ވަނަ ދައުވާ އާއެކު ގާޒީގެތޯ ނަޓްއަޅުވަން ޖެހޭނީ؟. އެކަހަލަ ގާނޫނެއް މިހާރު އަންނަންވެއްޖެ.
ކުރުސީނު
09 June 2025
ރައްޔިތުން މިފަދަ ކަންތައް ޖޯކަކަށް ހަދަނީ ކީއްވެގެންކަން ސަރުކާރަށްވެސް އެނގޭނެއެވެ. ސިޔާސީ ޕާޓީތަކުން މިމީހުން ބޭނުންކުރަނީ އެމީހުންގެ ސިޔާސީ މަގްސަދުތައް ހާސިލްކުރުމަށެވެ. ގައުމުގެ ޒުވާން ޖީލު ހަލާކުވެގެންދާއިރު އަހަރެމެން މިތިބެނީ ހެވިދިލިފަ ޖޯކުޖަހާލަ ޖަހާލައެވެ. ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ.
ސިމްލާ މިރުޗީ
09 June 2025
ތީ އަސްލު 65 އަހަރުގެ މީހެއް! 85 އަހަރުގެ މީހަކު ފަދައިން ވ މުސްކުޅި! ނުފޫޒު ބޭނުން ކޮށްގެން 20 އަހަރު ހަގު ކޮށްގެން އުޅުނީ
ކިއްލާ2222
09 June 2025
މީ އަސްލު 65 އހަރުގެ މީހެއް! އުމުރު މަދު ކޮށްލާފަ! މަރަދޫ ފޭދޫ ގިން މީހުން ތިބޭނީ 10 ނޫނީ 15 އހަރު ހަގު ކޯށްގެން! މީ ހަގީގަތަކީ! ބަލާފަ ވެސް އިގެޔެއްނުން! 80 އހަރުގެ މީހެއް ހެން ދޯ ހީވަނީ އެކަމަކު 65 އހަރު! 46 ނުން!
ކަނބިލ
09 June 2025
މިހާރުވެސް ޕީޖީ ދޫކޮށްފަހުރީ ތިޔަކަހަލަ މީހުން.
ކަރީން
09 June 2025
ހުރިހާ ކަމެއް އެނގިގެންދާނެ ތި މީހަކީ ކޮން ސިޔާސީ މީހެއްގެ އާއިލާ މީހެއްތޯ ނޫހުން ބެލިނަމަ!