އިޒްރޭލުން ބުނީ މިއީ ސެލެބްރިޓީންގެ "ސެލްފީ ޔޮޓް" ކަމަށާއި އެ އުޅަނދު އިޒްރޭލަށް ގެންގޮސް އެކްޓިވިސްޓުން ގައުމަށް ފޮނުވާލާނެ ކަމަށް
އިޒްރޭލު ސިފައިން އެހީގެ ޔޮޓަށް އެރުމަށް ފަހު އޭގައި ތިބި އެންމެން ހައްޔަރުކޮށްފައި
09 ޖޫން 2025 - 06:14
ސްވިޑެންގެ ތިމާވެށީގެ އެކްޓިވިސްޓް ގްރޭޓަ ތަމްބާގް އާއި އިތުރު އެހެން ބައެއް އެކްޓިވިސްޓުން ފަލަސްތީނުގެ ޣައްޒާއަށް އެހީގެ ސާމާނު ހިފައިގެން ދަތުރުކުރި ޔޮޓް "މަދްލީން" ހުއްޓުވާނެ ކަމަށް އިޒްރޭލުން ކުރިން އިންޒާރު ދިނުމަށް ފަހު އެ އުޅަނދަށް އަރައި އުޅަނދާއި އޭގައި ތިބި މީހުންގެ އިޒްރޭލު ސިފައިންގެ ބާރުގެ ދަށަށް ގެންގޮސްފި އެވެ.
މިދިޔަ ހޯމަ ދުވަހު އިޓަލީގެ ސިސިލީ އިން 12 ވަރަަކަށް އެކްޓިވިސްޓުންނާ އެކު ފުރި ޔޮޓްގައި ޣައްޒާއަށް ކުރާ ދަތުރުގެ ބޭނުމަކީ އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނަށް ކުރިމަތިކޮށްފައިވާ ހުރަސްތައް ނައްތާލައި އެހީ ފޯރުކޮށްދެވޭނެ މަގުތައް ހުޅުވާލުމަށް ބާރުއެޅުމާއި އެ މައްސަލަ ސަމާލުކަމަށް ގެނައުމެވެ.
ޔޮޓަށް މަދްލީންގެ ނަން ދީފައިވަނީ ޣައްޒާގެ ފުރަތަމަ އަންހެން މަސްވެރިޔާ މަދްލީން ކުލާބް އަށް ނިސްބަތްކޮށެވެ.
SOS! the volunteers on 'Madleen' have been kidnapped by Israeli forces.
— Freedom Flotilla Coalition (@GazaFFlotilla) June 9, 2025
Pressure their foreign ministries and help us keep them safe!
Web: https://t.co/uCGmx8sn8j
X : @SweMFA
FB : @SweMFA
IG : swedishmfa#AllEyesOnMadeleen pic.twitter.com/ijzeqeLmpa
އިޒްރޭލު ސިފައިން ބޯޓަށް އެރީ މުއާސަލާމަތީ ހުރިހާ ހިދުމަތެއްގެ ސިގްނަލްތައް ބްލޮކް ކުރުމަށް ފަހު ޑްރޯންތަކާއި ޕެޓްރޯލް ބޯޓުތައް ގޮސް އުޅަނދު ހުއްޓުވުމަށް ފަހުގަ އެވެ. އޭގެ ފަހުން އިޒްރޭލުން ބުނީ ބޯޓު އިޒްރޭލަށް ގެންދަން ދަތުރު ފަށާފައިވާ ކަމަށެވެ. އަދި އޭގައި ތިބި އެކްޓިވިސްޓުން ވެސް އެނބުރި ގައުމަށް ދާނެ ކަމަށް ބުންޏެވެ.
"ސެލެބްރިޓީންގެ ސެލްފީ ޔޮޓް ރައްކާތެރިކަމާ އެކު މިހާރު ދަނީ އިޒްރޭލާ ދިމާލަށް. އޭގައި ތިބި އެކްޓިވިސްޓުން އެ ބައެއްގެ ގައުމަށް ދާނެ،" އިޒްރޭލުގެ ފޮރިން މިނިސްޓްރީން މަލާމާތުގެ ރާގުގައި ސޯޝަލް މީޑިއާގައި ބުނެފައިވެ އެވެ.
SOS messages to follow#alleyesonMadleen pic.twitter.com/O02sv5c1jW
— Freedom Flotilla Coalition (@GazaFFlotilla) June 9, 2025
މަދްލީން އޮޕަރޭޓްކުރާ ކޯލިޝަން ކަމަށްވާ ފްރީޑަމް ފްލޮޓީލާ އިން ސޯޝަލް މީޑިއާގައި ބުނެފައިވާ ގޮތުގައި ބޯޓުގައި ތިބި ހުރިހާ ވޮލަންޓިއަރުން އިޒްރޭލުން ވަނީ ރަހީނުކޮށްފަ އެވެ. އަދި އެ އެންމެންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެ މީސްމީހުން ނިސްބަތްވާ ގައުމުތަކުގެ ސަރުކާރުތަކުން މަސައްކަތްކުރުމަށް އެދިފައިވެ އެވެ.
އިޒްރޭލުން އިއްޔެ ވަނީ މަދްލީންގައި ދަތުރުކުރާ ގްރެޓާ ތަމްބާގް އަކީ "ޔަހޫދީންނާ ދެކޮޅު" މީހެއް ކަމަށް ބުނެފަ އެވެ. އަދި އޭގައި ތިބި އެކްޓިވިސްޓުންނަކީ ހަމާސް އަށް ހިތްވަރުދޭ މީހުންގެ ގޮތުގައި ސިފަކޮށް އުޅަނދު ހުއްޓުވާނެ ކަމުގެ އިންޒާރު ހަރުކަށިކަމާ އެކު ދީފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަބުނީ
10 June 2025
ދެން ތިޔަ ޔޮޓުގައި ގެނަދިޔައީކޮންކަހަލަ އެހީގެ ސާމާނެއް؟ ތިޔަވަރު ގެ ބޮޑު ޔޮޓެއްގައި ލައްކަ އެހީގެ ސާމާނު ގެންދެވޭނެހެންހީވަނީ. ތިވެސް ރާވަައިގެން ކުޅުނު ޑުރާމާއެއް. ގައްޒާ ރައްޔިތުންއަށް ކުރި މަލާމާތާއި ފުރައްސާރަ އަކާ ވައްތަރީ.
ޖަނަބު
09 June 2025
މި ޔޮޓަކީ ސީދާ އިސްރޭލުން ސުޕޮންސާރ ކޮށްގެން ހިނގާ ކަމެއް. މަގްސަދަކީ އިޒްރޭލުން ހިންގާ ލާއިންސާނީ ޖަރީމާ ގެ ފޮކަސް މި ޔޮޓަށް އަނބުރާލުން. ޒަޔަނިސްޓުން ނިކަން ޔަހޫދީވާނެ.