ސްރީ ލަންކާގައި އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބުގައި އޭރުގެ ރައީސް ރަނިލް ވިކްރެމަސިންހަގެ ކެމްޕެއިން ޕޯސްޓަރެއް މަގުމަތީ ބަހައްޓާފައި: ތިންކް ޓޭންކެއްގެ ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި އިންތިހާބުތަކުގައި އެންމެ ބޮޑު ނުފޫޒެއް މިހާރު ފޯރަނީ ދޮގު މައުލޫމާތާއި ސޯޝަލް މީޑިއާގެ އަލްގޮރިދަމްއަށް ފޯރުވާ ނުފޫޒުން. -- ފޮޓޯ: އޭއެފްޕީ
10 ޖޫން 2025 - 05:57
ދޮގު މައުލޫމާތު ފެތުރުމާއި ނަތީޖާއަށް އަސަރުކުރާ ގޮތަށް ސޯޝަލް މީޑިއާ އެލްގޯރިދަމްތައް އޮޅުވާލުމަކީ އިންތިހާބީ ކެމްޕެއިންތަކުގައި މިހާރު ޑިމޮކްރަސީތަކަށް އޮތް ވަރަށް ބޮޑު ނުރައްކަލެއް ކަމަށް ސްޓޮކްހޯމްގެ ތިންކް ޓޭންކެއް ކަމަށްވާ "އިންޓަނޭޝަނަލް އައިޑިއާ" ގެ ރިޕޯޓެއްގައި ބުނެފި އެވެ.
މި ރިޕޯޓްގައި ބުނެފައިވާ ގޮތުގައި އިންތިހާބުތަކަށް ބޭރުގެ ނުފޫޒު ފޯރުވުމަކީ ވެސް ހަގީގީ ކަންބޮޑުވުމެކެވެ. ނަމަވެސް ބައެއް ފަހަރު ޑިމޮކްރަސީތަކުން އެތެރޭގެ މައްސަލަތަކުން ފޯކަސް ގެއްލުވާލުމަށް ބަހަނާއެއްގެ ގޮތުގައި ބޭރުގެ ނުފޫޒުގެ ވާހަކަ ދައްކާ ކަމަށް އެ ރިޕޯޓްގައި ބުނެފައިވެ އެވެ.
އެ ރިޕޯޓުގައި ޗައިނާ، ރަޝިއާ އަދި އީރާން ފަދަ ގައުމުތަކަށް އިޝާރާތްކޮށް ބުނެފައިވަނީ އެފަދަ ކަންކަމުގައި ބައިވެރިވުމަށް ގައުމުގެ އެތެރެއިންނާއި ބޭރުން ވެސް ޝައުގުވެރިވާ ކަމަށެވެ. އަދި މިއީ ބޭރު ގައުމުތަކުގެ އިތުރުން އަމިއްލަ ބައެއް މީހުން ވެސް ބައިވެރިވާ، ނުރައްކާ ބޮޑު މައްސަލައެއް ކަމަށް ބުނެފައިވެ އެވެ.
"2024 ވަނަ އަހަރު މޮނިޓަކުރި 54 އިންތިހާބުގައި 80 ޕަސެންޓް މީހުން ވަނީ އިންތިހާބުގެ ނަތީޖާއަށް ނުފޫޒު ފޯރުވުމުގެ މަގްސަދުގައި ގަސްދުގައި ދޮގު މައުލޫމާތު ދިނުމުގެ ކެމްޕޭންތައް ހިންގުމުގެ ނަތީޖާ ތަޖުރިބާކުރަން ޖެހުނު ކަމަށް ބުނެފައި،" އައިޑީއާގެ ސެކްރެޓަރީ ޖެނެރަލް ކެވިން ކަސަސް-ޒަމޯރާ އޭއެފްޕީއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އިންތިހާބުގެ ނަތީޖާ އަންނަ ގޮތަކުން، އެއީ ބޭރުގެ ނުފޫޒާ ހެދި ދިމާވި ގޮތް ކަމަށް ބުނެ ސިޔާސީ މީހުން އަސްލު މައްސަލައިގެ ފޯކަސް ގެއްލުވާލާ ކަމަށެވެ. އަދި އިންތިހާބުގައި އެ މީހަކު ކުރި ކެމްޕެއިން ކާމިޔާބުތޯ ނުވަތަ ނޫންތޯ ވެސް ޔަގީން ނުކުރެވޭ ކަމަށް ވިދާޅުވި އެވެ.
"ބޭރުގެ ނުފޫޒު ފޯރާ ވާހަކަ އާއި ދޮގު މައުލޫމާތުގެ ވާހަކަ ދައްކާއިރު އެންމެ ކުޑަމިނުން، ހަމަހަމަކަން ނެތުން، ސިޔާސީ ބޭފުޅުން ރައްޔިތުންގެ އަޑު ނާހައި ބާކީ ކޮށްލުމުގެ މައްސަލަ ފަދަ ކަންކަމަށް ވެސް ސިޔާސީ ބޭފުޅުން އިޖާބަދޭން އެބަ ޖެހޭ،" ކެވިން ކަސަސް-ޒަމޯރާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބޭރުގެ ނުފޫޒުގެ ވާހަކަ މާބޮޑަށް ބަހަނާއެއްގެ ގޮތުގައި ދެއްކުމަކީ ޑިމޮކްރަސީ އަލުން އިވެލުއޭޓްކޮށް، ރައްޔިތުންގެ ބޭނުންތައް ފުއްދައިދޭކަން ކަށަވަރުކުރުމުގެ މަސްއޫލިއްޔަތުން ރެކެން ސިޔާސީ ބޭފުޅުންނަށް ފަސޭހަ ސަބަބަކަށް ވެފައިވާ ކަމަށެވެ.
ސިޔާސީ މުއައްސަސާތަކުގެ އިތުބާރު ގެއްލެމުން ދިއުމުގެ މައްސަލައަށް އަވަހަށް އިޖާބަ ދިނުމަކީ ޑިމޮކްރަސީގެ ކުރިމަގާ މެދު ސީރިއަސްކޮށް ވިސްނާ ނަމަ އަވަސް ޖަވާބެއް ބޭނުންވާ ސުވާލެއް ކަމަށް ކެވިން ކަސަސް-ޒަމޯރާ ވިދާޅުވި އެވެ.
ސިޔާސީ ކަންކަމަށް އޮތް އިތުބާރު ކުޑަވެފައި ވިޔަސް މިދިޔަ އަހަރު ގައުމީ ފެންވަރުގެ 74 އިންތިހާބެއްގައި ގާތްގަނޑަކަށް 1.6 ބިލިއަން މީހުން ބައިވެރިވި ކަމަށާއި މިކަމުން ރައްޔިތުން އެ މީހުންގެ ހިޔާލު ފާޅުކުރުމަށް އޮތް ޝައުގުވެރިކަން ބޮޑުކަން ހާމަވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ބަހުސްކުރެވިދާނެ މައްސަލައެއް ނަމަވެސް، ސިޔާސީ ކަންކަމުގައި ރައްޔިތުންގެ އިތުބާރު އެންމެ ބޮޑަށް ގެއްލެމުންދާ އެއް ކަމަކީ ދައުލަތުން ރައްޔިތުންނަށް ފޯރުކޮށްދޭ މުދަލާއި ހިދުމަތުގައި ޔަގީންކަން ކުޑަވުން،" ކޮސްޓަރިކާގެ ކުރީގެ ސިޔާސީ ބޭފުޅެއް ކަމަށްވާ ކެވިން ކަސަސް-ޒަމޯރާ ވިދާޅުވި އެވެ.
"ސަބަބަކަށް ވަނީ މުއައްސަސާތަކާއި ރައްޔިތުން ގުޅުވައިދޭ ކަމަކީ އެއީ ކަމަށް ވާތީ."
-- އޭއެފްޕީ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޖަމީލުބެ
10 June 2025
ސުރުޚީ އަކީ ވަރަށް ބޮޑު އޮޅުވާލުމެއް! އިންތިޚާބު ތަކަކީ ދޮގު ހެދުމަށް އޮންނަ ފުރުޞަތެއް. ވެރިކަން ހޯދަނީ ދޮގު ހަދައިގެން. ވެރިކަމުގައި ހަދާނީވެސް ދޮގު. ވެރިކަން ދިފާޢުކުރާނީވެސް ދޮގު ހަދައިގެން.
މަބުނީ
10 June 2025
ޑިމޮކުރެސީ އަކީ : ނުފުއްދޭހާ ނަދުރު ބުނަމުން، ހެއްދެވިހާ ބުހުތާނު ދޮގުހަދައި މައުލޫމާތު ފަތުރައި ސޯޝަލް މީޑިއާގައި ޕާޓީ ކުދިންލައްވާ ދެބައޮޑުވެ، ނަފުރަތު އުފެއްދުމެއް ނޫންތަ؟
ސގދގސޔގދެއދގ
10 June 2025
އިރާޤު ހަނގުރާމަ އާއި އަފްޢާން ހަނގުރާމަ ނަސާރާއިން ކުރީ މުޅިން ވެސް ދޮގު ވިއްކައިގެން. މިހާރު ވެސް ގަޢުމެއް ސުންނާފަތި ކުރާނަމަ ފަތުރާނީ ދޮގު.
ބަދަން ސިތާރާ
10 June 2025
ތިމަން އިސްލާހު ވެގެން މެނުވީ އިތުރުބަޔަކު އިސްލާހެއް ނުވާނެއެވެ. އަބަދުވެސް މި ފެންނަނީ އެހެންމީހުން ކިޔައިދީ ކުރަހާ މަންޒަރުތަކެވެ. ބަލަންވީ އަމިއްލަ ސަބަބުތަކެވެ. އަމިއްލަ ސިފަތަކެވެ. ގަބޫކުރަންވީ އިސްލާމީ އުސޫލުތަކެވެ. ހަދަންވީ ތެދެވެ. ހުޅަނގުގެ ޑިމޮކްރަސީ އަކީ ކޯޗެއްކަން ލޯމަތިން މިހިރަފެންނަނީ ތާއެވެ. އެއީ މަހުޖަނުންގެ އެއްޗެކެވެ. މި ޑިމްކްރަސީގައި ލިބޭނީ ލާރިބެހޭނެ ވެރިޔަކާއި ލާރިބޭނުން ބަޔަކު ބޭނުންވާ އެއްޗެކެވެ. މީޑިއާ ބާއްވާށެވެ.
ޗޫޤީ
10 June 2025
ގައުމުތަކަށް ރަނގަޅުވެރިން އިންތިޚާބުކުރެވޭނީ އެގައުމުތަކުގައި ޒިންމާދާރު ރައްޔިތުންތަކެއް ތިބެގެންނެވެ. މިގައުމުގައި ކަންވާގޮތަކީ މީހަކު ވެރިކަމަށް އަދި އެހެން މަގާމަކަށްވިޔަސް އިންތިޚާބުކުރުމުގައި ގިނަ މީހުން ބަލަނީ އެމީހަކީ ތިމާ ނިސްބަތްވާ ޕާޓީން ކުރިމަތިލާފައިވާ މީހެއްތޯއެވެ. އަދި ޕާޓީއަކަށް ނިސްބަތްނުވާމީހަކުނަމަ ބަލަނީ އެމީހަކު އިންތިޚާބުކޮށްގެން ތިމާއަށް ލިބިދާނެ މަންފާއަކީ ކޮބައިތޯއާއި މަންފާލިބޭ މީހަކަށް އިސްކަންދެނީއެވެ.
ޅަބޯ
10 June 2025
މލ ކިޔާ... ޑިމޮކުރަސީ އަކުން ހެވެއް ނާންނާނެ، ޑިމޮކަރަސީ އަކީ އިންސާނުންގެ ހަލާކު
ޗޫޤީ
10 June 2025
އެހެންވެތާ މިބުނަނީ ތެދުވެރި ޒިންމާދާރު ރައްޔިތަކުނެތްތަނަކަށް ފާޑުފާޑުގެ ނަންނަން ބޭނުންކޮށްގެން ބަޔަކުވަދެ އެތަނެއް ފަސާދަކުރުމަކީވެސް ދާދި ފަސޭހަކަމެކޭ. ތަނުގައި ދިރިއުޅޭ މީހުން ޒިންމާދާރުނުވެ ތަނެއް ކުރިއަކަށް ނުދާނެ.