ޝެއިހް ފަރީދު - ފޮޓޯ: ސަން އޮންލައިން
09 ޖޫން 2025 - 19:20
މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިހް އިބްރާހިމް ފަރީދު އަހްމަދު ކުއްލި ގޮތަކަށް މިއަދު އަވަހާރަވެއްޖެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ޝެއިހް ފަރީދު އަވަހާރަވެފައިވަނީ މިއަދުގެ ވަގުތެއްގައި މެލޭޝިއާގައި ހުންނަވަނިކޮށެވެ. އެނގިފައިވާ ގޮތުގައި ޝެއިހް މެލޭޝިއާއަށް ވަޑައިގެންނެވީ ވެސް މިއަދު އެވެ.
މެލޭޝިއާގައި އޮތް ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަތުމަށް އެ ގައުމަށް ވަޑައިގެންނެވި ފަރީދު އެއާޕޯޓްގައި ހުއްޓާ ވެއްޓިވަޑައިގަތުމުން އޭނާއަށް އަވަސް ފަރުވާ ދީފައިވެ އެވެ. ނަމަވެސް، އޭގެ އިރުކޮޅެއް ފަހުން އޭނާ ވަނީ އަވަހާރަވެފަ އެވެ.
ޝެއިހް ފަރީދަކީ ވަރަށް ގިނައިން ދަރުސްތައް ބޭއްވެވި، ގިނަ ބައެއްގެ މަގުބޫލުކަން ލިބިފައިވާ ޝެއިހެކެވެ. އޭނާ ބޭއްވެވި ދަރުސްތަކުގައި ގިނަ ބަޔަކު ބައިވެރިވެ އެވެ.
އޮގަސްޓް 12 އަދި 13 ހަރަކާތުގައި ފަރީދު ބައިވެރިވެވަޑައިގަންނަވަނީ: އެ ހަރަކާތާ ގުޅިގެން އޭނާ ހައްޔަރުކުރި
އޭނާއަކީ އިސްލާހީ ހަރަކާތުގައި ވެސް އިސްކޮށް އުޅުނު ބޭފުޅެކެވެ. މަޝްހޫރު އޮގަސްޓް 12 އަދި 13ގެ ހަރަކާތާ ގުޅިގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ވެސް ޝެއިހް ހިމެނެ އެވެ.
ޝެއިހް ފަރީދަކީ މިނިވަން ބަހުސްގައި ވެސް ބައިވެރިވެވަޑައިގެންނެވި ބޭފުޅެކެވެ. ޝެއިހް ވަނީ އިސްލާމް ދީނުގައި މަޝްވަރާކުރުމާއި ހިޔާލު ފާޅުކުރުމަށް އޮތް މިނިވަންކަމާ ގުޅޭ ގޮތުން ވަކާލާތު ކުރައްވައިފަ އެވެ.
އެމްޑީޕީގެ ފުރަތަމަ ދުވަސްވަރު އެ ޕާޓީގެ އިސް މެންބަރެއްގެ ގޮތުގައި ވެސް ފަރީދު ހަރަކާތްތެރިވި އެވެ. އަދި އެމްޑީޕީގެ އިސްލާމީ ގޮފި، އިސްލާމީ މަޝްވަރާ މަޖިލީހުގައި އިސް ދައުރެއް އަދާކުރެއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެސްބީ
10 June 2025
إنا لله وإنا إليه راجعون. ލޮބުވެތި ޢިލްމުވެރިޔާ އައްޝައިޚް އިބްރާހީމް ފަރީދަށް މާތް ﷲ ހެޔޮ ރަޙުމަތް ލައްވައި ފާފަތައް ފުއްސަވައި އެކަލާނގެ ޖަންނަތުގެ ފިރްދައުސްގައި ލައްވާށި.
ދޫލަ
10 June 2025
إنا لله وإنا إليه راجعون. ލޮބުވެތި ޢިލްމުވެރިޔާ އައްޝައިޚް އިބްރާހީމް ފަރީދަށް މާތް ﷲ ހެޔޮ ރަޙުމަތް ލައްވައި ފާފަތައް ފުއްސަވައި އެކަލާނގެ ޖަންނަތުގެ ފިރްދައުސްގައި ލައްވާށި! އާމީން. ފަރީދަކީ ކެތްތެރިކަމާއެކު ﷲ ގެ މަގަށް ގޮވާލެއްވި، މަރުހަނދާންކޮށް ރަނގަޅު މަގުގައި ސާބިތުވެ ތިބުމަށް ތާއަބަދު ނަސޭޙަތްތެރިވެ ވަޑައިގެންނެވި ޢިލްމުވެރިއެއް. ޝައުޚު ފަރީދުގެ ދަރުސެއް، ނަސޭޙަތެއްގެ ވާހަކަ އަޑުނީވޭ އިރެއް ނުދޭ.
ސަލިމާ
10 June 2025
إنا لله وإنا إليه راجعون.
ހުސެއިން ބޭބެ
10 June 2025
ޢާމީން
ޖުޔާސު
10 June 2025
ސިޔާސީ ކުޅިވަރު ގަ ނުޖެހި ހުންނެވި ޝައިހް
އަންދަލޫސިޔާ
10 June 2025
إِنَّا لِلّٰهِ وَاِنَّااِلَيْهِ رَاجِعُوْن ޝެއިޚް ފަރީދަށް މަތިވެރިވެގެންވާ ޖަންނަތުލް ފިރްދައުސް މިންވަރުކުރައްވާށި. ޝެއިޚް އަކީ ޙައްޤު ބަސް ބުނުމުގައި ޖެހިލުމެއްނެތި ކުރިއަށް ގެންދެވި ހިތްވަރުގަދަ ދިވެހި ދަރިއެއް. ޖަލަށްލާ ޗިލީ ސޯސްޖަހައި ގަދަކަމުން ތުނބުޅި ބޭލުމުން ވެސް އެ ޢަޒުމަކަށް ބަދަލެއް ނާދޭ. މުޖުތަމަޢުގައި ވަރަށް ދަށުދަރަޖައަށް ދެކެމުން އައި މީހަކު މިދޭތެރެއިން ނިޔާވި ދުވަހު ޝެއިޚް ކަށުނަމާދުގައި ޚާއްޞަ ދުޢާއެއް ކުރެެއްވި.
ސަންބެ
10 June 2025
ހަދާންވަނީ ފަރީދުގެ ދަރުސް, ނަމަކީ މަރު, ނަރަކަ, މަރުވާނެ ތަނެއް އެކަކަށްވެސް ނޭގޭނެ, މަރުވާނެ ދުވަހެއް, މިހާރުވެސް ބަޔެއްމީހުން އުޅެނީ, މަކަރު ހަދާގެންވެސް ބީޗް ފޮރޮންޓުން ގޯތިތަށް ކަޓްވާނުކެވުގެން , ފުލެޓް ހޯދަން ކޮންމެ ގޮތެއްވިޔަސް އޯކޭ, މީހުންގެ ހައްގަ އަރާގަތުމަކީ މިހާރު އޯވެފަ އޮތް ކަމެއް, ވިސްނާލާ, މަރު, ބައްދަލު ކުރާ ތަންތަން, ވަގުތުގެ ބޭނުން ކުރަން ހިގާ.
އެކޮއި
09 June 2025
ގެއްލިގެންދިޔަ އަގުބޮޑު ޖަވާހިރެއް. މަރުޙޫމްގެ ފާފަ ފުއްސަވާ ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރައްވާ ޢާއިލާއަށް ކެތްތެރިކަން މިންވަރުކުރައްވާށި. އާމީން.
އަލިފް ހާ
09 June 2025
މެލޭޝިޔާ އެއާޕޯޓް ވިއްޔާ ކުއްލި މަރެއްނަމަ ތަހުގީގުކުރަން ފެނޭ!
ކިނާ
09 June 2025
إنا لله وإنا إليه راجعون