ޝެއިހް ފަރީދު: އޭނާގެ ހަށިގަނޑު މާލެ ގެންނަން ކުރި މަސައްކަތް ހުއްޓާލައި ޖަނާޒާ މެލޭޝިއާގައި ބާއްވަން މިހާރު ވަނީ ނިންމާފައި.
10 ޖޫން 2025 - 11:13
މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިހް އިބްރާހިމް ފަރީދު އަހްމަދުގެ ޖަނާޒާ މެލޭޝިއާގައި ބާއްވަން ނިންމައިފި އެވެ.
ޝެއިހްގެ އާއިލާއިން އެންމެ ފުރަތަމަ މަސައްކަތް ކުރީ ޖަނާޒާ ރާއްޖޭގައި ބާއްވަން ހަށިގަނޑު މާލެ ގެންނާށެވެ. އެކަމަކު ހަށިގަނޑު މެލޭޝިއާ އިން ގެންނަ ނަމަ، ޕޯސްޓްމޯޓަމް ހަދަން ޖެހޭތީ، އާއިލާއިން އެކަން ކުރަން ބޭނުން ނުވީ އެވެ.
އެހެންވެ، އާއިލާއިން މިހާރު ނިންމާފައި ވަނީ ފަރީދުގެ ޖަނާޒާ އެ ގައުމުގައި ބާއްވާށެވެ.
މެލޭޝިއާގައި އޮތް ބައްދަލުވުމަކަށް އެ ގައުމަށް ވަޑައިގަތް ފަރީދު އެއާޕޯޓް ތެރޭގައި ވެއްޓިވަޑައިގަތުމުން އޭނާއަށް އަވަސް ފަރުވާ ދީފައިވެ އެވެ. ނަމަވެސް، އޭގެ އިރުކޮޅެއް ފަހުން އޭނާ ވަނީ އަވަހާރަވެފަ އެވެ.
ފަރީދަކީ ވަރަށް ގިނައިން ދަރުސްތައް ބޭއްވެވި، ގިނަ ބައެއްގެ މަގުބޫލުކަން ލިބިފައިވާ ޝެއިހެކެވެ. އޭނާ ބޭއްވެވި ދަރުސްތަކުގައި ގިނަ ބަޔަކު ބައިވެރިވެ އެވެ.
އޭނާއަކީ އިސްލާހީ ހަރަކާތުގައި ވެސް އިސްކޮށް އުޅުއްވި ބޭފުޅެކެވެ. އޮގަސްޓް 12 އަދި 13ގެ ހަރަކާތާ ގުޅިގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ވެސް ޝެއިހް ހިމެނިވަޑައިގަންނަވަ އެވެ.
ޝެއިހް ފަރީދު މިނިވަން ބަހުސްގައި ވެސް ބައިވެރިވެވަޑައިގަތެވެ. ޝެއިހް ވަނީ އިސްލާމް ދީނުގައި މަޝްވަރާކުރުމާއި ހިޔާލު ފާޅުކުރުމަށް އޮތް މިނިވަންކަމާ ގުޅޭ ގޮތުން ވަކާލާތު ކުރައްވައިފަ އެވެ.
އެމްޑީޕީގެ ފުރަތަމަ ދުވަސްވަރު އެ ޕާޓީގެ އިސް މެންބަރެއްގެ ގޮތުގައި ވެސް ފަރީދު ހަރަކާތްތެރިވި އެވެ. އަދި އެމްޑީޕީގެ އިސްލާމީ ގޮފި، އިސްލާމީ މަޝްވަރާ މަޖިލީހުގައި އިސް ދައުރެއް އަދާކުރެއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެކޮއި
10 June 2025
އަލްޙަމްދުލިއްލާހި! ރާއްޖެއިން މެލޭޝިޔާއަށް ކުރިދަތުރު މަރުގެ ދަތުރަށްވެގެން ދިއުމުގައިވެސް ޙިކުމަތެއްވާނެ. އެމީހަކު މަރުވިތަނުގައި ވަޅުލުން އެއީ އެންމެރަނގަޅުގޮތް. މަރުޙޫމަށް އިތުރު ތަކުލީފު ނުޖައްސާ ވީހާވެސް އަވަހަށް ވަޅުލަންޖެހޭނެ. އިންޝާﷲ އެއީ ހެޔޮލަފާ ޞާލިޙް އަޅެއް. މަރުޙޫމުގެ ފާފަފުއްސަވާ ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރައްވާށި. އާމީން.
ފުން
10 June 2025
ޝެއިޚު ފަރީދަކީ ވަރަށް އޯގާތެރި ހިތްތިރި ދީނުގެ ސައްޙަ ޢަޤީދާ ފެތުރެއްވުމުގައި ވަރަށް ބުރަ މަސައްކަތް ކުރެއްވި ބޭފުޅެއް. މާތް ﷲ ޝެއިޚް ގެ ފުރާނައަށް ރަޙްމަތް ލައްވާ ޖަންނަތުލް ފިރުދައުސް ގައި ދާއިމަށް ލައްވާށިއެވެ. ޢާއިލާ އަށް ކެއްތެރިކަން މިންވަރު ކުރައްވާނދެވެ. ޝެިއިޚްގެ ޢާއިލާއިން ޝެއިޚް ފަދަ ޚިދްމަތް ތެރިން ނެރުއްވާނދެވެ. އާމީން.
އިބްރާހިމޮވިޗް
10 June 2025
އަހަންނަށް އެނގިފައިވާގޮތުން މައްޔިތާ މަގްބޫލު އުޒުރެއްނެތި އެއްބިމުން އަނެއް ބިމަށް ގެންދިއުމަކީ ރަނގަޅުކަމެއް ނޫން.
ހޖަސދ ްއތދ
10 June 2025
ޝެއިޚު ފަރީދަކީ ރައީސް މައުމޫނު ކޮލެޖް އޮފް އިސްލާމިކް ސްޓަޑީޒް ގައި ޤާނޫނު ކިޔަވައި ދެއްވި ދުވަސްވަރު، މައުމޫނާއި އެކު މަސައްކަތް ކުރެއްވި ބޭފުޅެއް. ޓެސްޓް ޕޭޕަރ މާކު ކުރަން ރައީސް އެއިރު ޙަވާލު ކުރައްވާނެ ފަރީދާ.
އަލީ އަހްމަދު އަލީ
10 June 2025
ދިވެހިންގެ ހުންނަ ދެފުއް ދެގޮތް ކަން ފެނިފަ ބުނާނެ އެއްޗެއްވެސް ނޭނގިފަ މިހުރީ. ޝ ފަރީދު ދެކެ އެންމެ ރުޅިއަންނަ މީހާވެސް ގޯސްކޮން އެއްޗެއް ނުބުނޭ! އެކަމު މީގެ 6 މ ކުރިން ކެންސަރުގަ ނިޔާވި ދިވެހި އަންހެން ކުއްޖަކާ ދިމާލައް ކިޔާފަ ނުކިޔާ އެެއްޗެއްނެތް. އެއީ އެކުއްޖާ އަކީ ކުރިން ނެރުނު އެމްޑީއެން ރިޕޯޓް ގަ ރިސާރޗް ހެދި ކުއްޖަކައްވާތީވެޔޯ!! ހާރޓް އެޓެކްއާއި ކެންސަރާ ގެ ތަފާތު ބާ؟؟
ދވޗަސދފވފ
10 June 2025
ތި ބުނިހެން މީގަ މީހުން ވެސް ބަލަނީ އެމީހަކު އުޅެފައި ހުރި ގޮތަކަށް، ނުވަތަ އެމީހާގެ ޢަމަލަށް. މީހާ ހުންނަ ގޮތަކަށްނޫން، ތަހައްމަލު ކުރަން ޖެހުނު ކަމަކަށްނޫން. އެހެންވީމާ ޤައުމަށާއި ދީނަށް ގެއްލުންވާ ގޮތަށް ކަންކުރާ މީހާއި ރަނގަޅަށް ކަންކުރާ މީހާ ތަފާތުވާނެތާ.
މެލޭ
10 June 2025
ޝެއިޚްގެ ޖަނާޒާ އޮންނަ ތަނަކާއި، ގަޑި ނޫހުގެ ފަރާތުން ޝެއަރ ކޮށްލަ ދެއްވާ. ދެވޭތޯ ބަލަން ބޭނުން.
އަބްޑޫލް +
10 June 2025
ޙޫމް. އެކޮޅަސްމަޑުލު ދަވިއްގަނދު ގައި، މާދަން ނޫން އަނެއްދުވަހު ހެނދުނު. ނޫސް ބަލާ.
ހިލާ
10 June 2025
ހާދަ ދެރައޭ! މާލެ ގެންނާނެކަމަށް ވަރަށް އުއްމީދުކުރިން. އެމަނިކުފާނުގެ ޖަނާޒާގައި ބައިވެރިވުމުގެ ފުރުސަތު ނުލިބުނީތީ ދެރަވެއްޖެ.