10 ޖޫން 2025 - 14:06
އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި ދިވެހިރާއްޖެ އާއި ޓިމޯ ލެސްޓޭ ބައްދަލުކުރި މެޗު 1-0 އިން ޓިމޯ ލެސްޓޭ ކާމިޔާބު ކޮށްފި އެވެ.
އޮސްޓްރޭލިއާގައި ކުޅުނު މި މެޗުގައި ރާއްޖެއަށް ވެސް ލަނޑު ޖަހާނެ ފުރުސަތުތަކެއް ލިބި ނާކާމިޔާބުވި އިރު، އެންމެ ނުރައްކާތެރި ހަމަލާ ފޮނުވާލީ އަލީ ފާސިރު (ސެންޓޭ) އެވެ. ނަމަވެސް އޭނާގެ ހަމަލާ ކީޕަރު އަތުގައި ޖެހިފައި އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ.
ފީފާ ރޭންކިންގެ 197 ވަނައިގައި އޮތް ޓިމޯ ލެސްޓޭގެ އެޓޭކްތައް ވަރުގަދަކޮށް ފެނުނު އިރު، އެ ޓީމުގެ ހަމަލާތައް ހުއްޓުވުމުގައި ރާއްޖޭގެ ގޯލްކީޕަރު ހުސެއިން ޝަރީފް ވަނީ މުހިއްމު ސޭވްތަކެއް ކޮށްފަ އެވެ.
ޓިމޯ ލެސްޓޭ މެޗުގައި ޖެހި ހަމައެކަނި ލަނޑު، 45 ވަނަ މިނިޓުގައި ޖަހައިދިނީ ޔާއޯ ޕެޑްރޯ އެވެ.
މިއީ 2027 އޭޝިއަން ކަޕް ކޮލިފައިންގެ ގުރޫޕް ސްޓޭޖުގައި ރާއްޖެ ކުޅުނު ދެ ވަނަ މެޗެވެ. ފުރަތަމަ މެޗުގައި މިދިޔަ މާޗު މަހު ވަނީ ފިލިޕީންސާ ވާދަކޮށް 4-1 އިން ބަލިވެފަ އެވެ.
ރާއްޖޭގެ ލީގު ހުއްޓިފައި އޮތުމާ ގުޅިގެން، ގައުމީ ސްކޮޑެއް އެކުލަވާލީ، ޕްރީ ސީޒަން މުބާރާތެއްގެ ގޮތުގައި އެފްއޭއެމް ލީގް ކަޕެއް ބޭއްވުމަށް ފަހު އެވެ. އަދި މި މެޗާ ކުރިމަތިލުމުގެ ކުރިން މިދިޔަ ހަފްތާ ވަނީ ސިންގަޕޫރާ ދެކޮޅަށް ރަހުމަތްތެރިކަމުގެ މެޗެއް ކުޅެފަ އެވެ. އެ މެޗުން ރާއްޖެ ބަލިވީ 3-1 އިންނެވެ.
އޭޝިއަން ކަޕަށް ކޮލިފައި ވާނީ ގުރޫޕްގެ އެއް ވަނަ ޓީމެވެ. ރާއްޖެ އާއި ޓިމޯ ލެސްޓޭ އަދި ފިލިޕީންސްގެ އިތުރުން ގުރޫޕް އޭގައި ހިމެނެނީ ތަޖިކިސްތާނެވެ. ތަޖިކިސްތާން ވަނީ އެ ޓީމުގެ ފުރަތަމަ މެޗުގައި ޓިމޯ ލެސްޓޭ ބަލިކޮށްފަ އެވެ.
ރާއްޖޭގެ އާ ސީޒަން ފެށުމަށް ހަމަޖެހިފައި ވަނީ އޮގަސްޓް މަހު އެވެ. އެއަށް ފަހު ރާއްޖެ ކުޅޭ ކޮލިފައިންގެ ތިންވަނަ މެޗުގައި ތަޖިކިސްތާނާ ދެކޮޅަށް ނުކުންނާނީ އޮކްޓޫބަރު މަހު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސަޅި ގައުމެއް
10 June 2025
ދިވެހި ފުޓްބޯޅަ މިހާލަތަށް ވައްޓާލުމުގެ ބޮޑު ޒިއްމާ އެއް ސުޒޭން އުފުލަން ޖެހޭ
އަހުމޭ
10 June 2025
މޮޅައް ކުޅެ ބަލިވީ ދޯ އަނެއްކާ... ހީހީހީ
އިއްޕަޓޭ
10 June 2025
ތިމެޗުގެ ދެވަނަ ހާފުގަ ޓިމޯލެސްޓޭއިން ރާއްޖެއަށް ޕްރެޝަރުކޮށް ފުލުފުލުގަ ހަމަލާތައް ފޮނުވަމުންދިޔަ ދަނޑިވަޅުގަވެސް ސުޒޭންހުރީ އަތްފުރަގަހަށްލައިގެން ބަލަން. ދެންތިބި ކޯޗުން ތިބީ ބެންޗުގަ އިށީނދެލައިން. ބެންޗުގަތިބި ކުޅުންތެރިން ވޯމްއަޕްކޮށް ތައްޔާރުވުމުގެ ބަދަލުގަތިބީ ހަމަޖެހިލައިގެން އިށީންދެ. ވަކިބަޔަކު ޓީމަށް ނަގަންހަދައިގެން ޓީމުތެރޭގަ ކަންނެތްކަމާއި ފިނޑިކަމުން ފުރިގެންވާ މާހައުލެއް އަށަގެންފަވާކަމުގެ ސިފަތައް ވަރަށްގިނައިން ފެނުން.
ޑެބީ
11 June 2025
މެޗުތެރޭ އެހާބުރަކޮށް އުޅެފިއްޔާ މެޗު ނިންމާފަ ޝޮޕިންއަށް ދާއިރު ހުންނާނީ މާވަރުބަލިވެފައެއްނު
ބަލަ
10 June 2025
ނިއު 1 ވަނަ ޑިވިޝަނުގައި ކުލެން ފެށުނު ދުވަހަކުން ދެން ފުޓުބޯޅަ ކުރިއަރާނީ. އަސްލު ބަޔަކު ނިއު އަށް ހަސަދަވެ ގެން ނިއު 2ވަނަ ޑިވިޝަނަށްލީ. ރެލިގޭޓްވެގެން ބަލިވެގެން ދިޔަނަމަ މައްސަލައެއްނެތް. ކިތައްޓީމު މިހާރުވެސް ކުޅުންތެރިންނަށް ފައިސާނުދީ ތިޔަ 1ވަނަ ޑިވިޝަނުގައި އެކުޅެމުންދަނީ "ހަސަދަ ވެރިކމުން ލިބެމުންދާ ދެރަ ތިޔަ ފެންނަނީ" މުސާރަދޭންޖެހޭނެ އެކަމަކު ވަކިބަޔަކަށް ވަކި ގޮތެއް
ބަތޫތާ
10 June 2025
މަހަށް ދޭބަލަ ރާއްޖެ ފުޓްބޯޅަ ގޮވައިގެން.
ޑީޑީ1
10 June 2025
ޓިމޯ ލާސްޓެ ފީފާ ރޭންކިން 197 ރާއްޖެ 164 ދެން ބުނަން އޮތް އެތި ތަންކޮޅެއް ބޮޑުވީމަ މި ހުއްޓާލި
ޙަޑަ
10 June 2025
މިމީހުންދަނީ ފުޓްބޯޅަ ކުޅޭކަށްނޫން. ޗުއްޓީ ހަދާލާ ރައްޔިތުންގެ ފައިސާ އިސްރާފްކުރަން
މިއައު
10 June 2025
ކޮބާ ރޭންކިން ކިތައް ވަނައިގަ އޮތް ބައެއް އަތުން. ފުޓުބޯޅަ ވަކި ބަޔަކަށް ކުޅެވޭ އެއްޗަކަށް ހެދި ފަހުން މޮޅުތަކެއް ވޭތަ އެބަ؟ ގޭންގު ފުޓުބޯޅަ، ގޭންގު ސުޕްރިމަސީ މިހާރުން މިހާރަށް ނައްތާލާ. ހަމަ ގައިމުވެސް 2 ޖެނެރޭޝަނެއް އެބަދޭ މި ގޭންގު ތަކުގެ އަތްމަތީގަ ފުޓުބޯޅަ ބާއްވައިން. ހަމަ އަސްލުވެސް ދެރައެއް ނުވޭ ގައުމީޓީމު ބަލިވެގެން ގޭންގުތަކުން ފުޓުބޯޅަ މުޑުދާރު ކުރާހާ ހިނދަކު
ދެން އަތް ޖަހާ
10 June 2025
ރާއްޖޭން ހޯދަނީ ދަނޑުމަތިން ލޮލަން ނުފެންނަ ހިއްސީ ކާމިބު.
އަލިފާންފޮށި
10 June 2025
ދެން އަދިވެސް ފުޓްބޯޅައަށްޓަކާ ތިބެންވީ އެއްޗެކޭ ނުބުނެ؟؟؟ ސުޒޭން އިސްތިއުފާ ދީ. ރަގަޅު ގޮތަކީ އެއްއީ.