10 ޖޫން 2025 - 14:49
މޯލްޑިވްސް އިސްލާމިކް ބެންކާއި މުނި ހޯމްކެއާ ގުޅިގެން ކުރިއަށް ގެންދިޔަ "އުޖާލާ" ޕްރޮމޯޝަންގެ ނަސީބުވެރިޔާ ހޮވައިފި އެވެ.
މިދިޔަ ފެބްރުއަރީ މަހުގެ ތިން ވަނަ ދުވަހުން މެއި މަހުގެ ތިން ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ އެ ޕްރޮމޯޝަނުގެ ނަސީބުވެރިއަކަށް ހޮވުނީ އަހުމަދު ލަތީފް އެވެ. އޭނާއަށް ޕްރޮމޯޝަނުގެ ބޮޑު އިނާމަކަށް ހުށަހެޅި ބެޑްރޫމް ސެޓުގެ ވައުޗަރު ވަނީ ހަވާލުކޮށްފަ އެވެ.
އެމްއައިބީ އިން މުނިހޯމްކެއާ އާ ގުޅިގެން ކުރިއަށް ގެންދިޔަ ޕްރޮމޯޝަނަކީ އެމްއައިބީގެ "އުޖާލާ ދިރިއުޅުން" ފައިނޭންސިން ފެސިލިޓީ މެދުވެރިކޮށް އެމްއައިބީއިން ވިޔަފާރިކުރި ކަސްޓަމަރުންނަށް ކުރިއަށް ގެންދިޔަ ޕްރޮމޯޝަނެކެވެ.
އެ ފެސިލިޓީ އަކީ ހަތް ލައްކަ ރުފިޔާއާ ހަމައަށް މުދަލާއި ފައިސާ ލިބޭ ސްކީމެކެވެ.
މި ފެސިލިޓީ ހޯދަން އެމްއައިބީގެ "އުޖާލާ" ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ހުށަހެޅޭނެ އެވެ. މި ފެސިލިޓީ އަކީ ސަރުކާރު މުވައްޒަފުންގެ އިތުރުން އެމްއައިބީއަށް މުސާރަ އަދި ކުލި ޖަމާކުރާ ފަރާތްތަކާއި އެމްއައިބީއާ އެމްއޯޔޫގައި ސޮއިކޮށްފައިވާ ހުރިހާ ކުންފުންޏެއްގެ މުވައްޒަފުންނަށް ހުށަހެޅޭނެ ފެސިލިޓީއެކެވެ.
މުނި ހޯމްކެއާއަކީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ފަރުނީޗަރާއި ފާހަނާ ފިޓިންސް އަދި ގޭތެރެ ޒީނަތްތެރިކުރުމުގެ ތަފާތު އެސެސަރީޒްތައް ވިއްކާ ފިހާރައެކެވެ.
އެމްއައިބީ އިން މިފަދަ އެކި ފިހާރަތަކާއި ގުޅިގެން ތަފާތު އެކި ޕްރޮމޯޝަންތައް ހިންގަ އެވެ. އެމްއައިބީގެ ހުރިހާ ހިދުމަތެއް އޮންލައިންކޮށް ހޯދޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy