ސްރީ ލަންކާގެ ޖަލުގެ ވެރިޔާ ކޮމިޝަނާ ޖެނެރަލް އޮފް ޕްރިޒަންސް ތުޝާރާ އުޕުލްދޭނިއާ: އޭނާ ވަނީ ކުށްވެރިޔަކު ގާނޫނާ ހިލާފަށް ދޫކޮށްލި މައްސަލައެއްގައި ހައްޔަރުކޮށްފައި.
10 ޖޫން 2025 - 15:18
މާލީ ހީލަތާއި މަކަރު ހެދުމުގެ ކުށުގައި ޖަލަށް ލާފައި ހުރި މީހަކު ގާނުނާ ހިލާފަށް ޖަލުން ދޫކޮށްލި މައްސަލައެއްގައި ސްރީ ލަންކާގެ ޖަލުގެ ވެރިޔާ ހައްޔަރުކޮށްފި އެވެ.
ކޮމިޝަނާ ޖެނެރަލް އޮފް ޕްރިޒަންސް ތުޝާރާ އުޕުލްދޭނިއާ ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ހައްޔަރުކުރީ މަކަރާއި ހީލަތް ހެދުމުގެ ކުށްސާބިތުވެފައިވާ އަތޫލާ ތިލަކަރަތުނޭ ދޫކޮށްލުމުންނެވެ.
މިދިޔަ މަހު ރިޔާސީ މާފު ލިބުނު، ކުދި ކުށްތަކުގައި ޖަލަށް ލާފައިވާ ގާތްގަނޑަކަށް 400 އެއްހާ މީހުންގެ ލިސްޓުގައި ތިލަކަރަތުނޭގެ ނަން ސިއްރުން ހިމަނައި އޭނާ ދޫކޮށްލި ކަމުގެ ތުހުމަތާ އެކު އެންމެ ފުރަތަމަ އުޕުލްދޭނިއާ ސަސްޕެންޑުކުރީ އެވެ.
ކޮލަމްބޯގެ އެޑިޝަނަލް މެޖިސްޓްރޭޓް މަންޖުލާ ރަތުނަޔަކަ ވަނީ ޖިނާއީ ތަހުގީގު ކުރިއަށް ދާތީ ބުދަ ދުވަހާ ހަމައަށް އުޕުލްދޭނިއާ ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފަ އެވެ.
މައްސަލަ ތަހުގީގުކުރަން ފެށީ ރައީސް އަނޫރާ ކުމާރާ ޑިސަނަޔަކަގެ އޮފީހުން ފުލުހުންނަށް މިދިޔަ ހަފުތާގައި ކުރި އަމުރަކާ އެކުގަ އެވެ. ރައީސް އޮފީހުން ބުނެފައިވާ ގޮތުގައި ތިލަކަރަތުނޭގެ ނަން މާފު ލިބޭ މީހުންގެ ލިސްޓަކު ނޯންނާނެ އެވެ.
ދޫކޮށްލި ކުށްވެރިޔާ އަކީ މާލީ ހިޔާނާތުގެ ކުށް ސާބިތުވެ ހަ މަސް ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ދިޔަ މީހެކެވެ. އޭނާގެ މައްޗަށް މަކަރާއި ހީލަތުގެ އިތުރު 30 މައްސަލައެއް ވެސް ދަނީ ބަލަމުންނެވެ.
ގާނޫނާ ހިލާފަށް ޖަލުން ދޫކޮށްލި ކަމުގެ ހަބަރު ލަންކާގެ މީޑިއާތަކުގައި ފެތުރުމާ އެކު ތިލަކަރަތުނޭ ހޯދުމުގެ މަސައްކަތް ފުލުހުން އަންނަނީ ކުރަމުންނެވެ.
ލަންކާގައި 388 ގައިދީއަކަށް ރިޔާސީ މާފު ދިނީ ބުޑިސްޓުންގެ އެންމެ މުހިންމު ފެސްޓިވަލް ކަމަށްވާ ވެސަކް ފާހަގަކުރުމުގެ ގޮތުން މިދިޔަ މަހު އެވެ. -- އޭއެފްޕީ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
3222
11 June 2025
މމޕރސ ގެ މޭސްތިރިޔާއަށް 800 އަހަރުގެ ޖަލު ހުކުމުން މިންޖު ކޮށްދިން މިރާއްޖޭގެ ވެރި މީހާ އެއުޅެނީ ހަމަ މިނިވަން ކަމާއި އެކު
ދިވެސް
11 June 2025
މިގައުމުގަވެސް ނިމިދިޔަ ސަރުކާރުގައި ރައީސްއިބޫ މާފުދިން ގައިދީން ފިޔަވައި އިތުރުބަކު ލިސްޓަށް ހިމަނައިގެން ދޫކޮށްލި މައްސަލައެއް ފެންމަތިވިއެވެ. އެކަންދިޔަގޮތެއް ނޫސްވެރިން ބަލަންވެއްޖެއެއްނު.
ސަށު
10 June 2025
މި ގައުމޭ އެގައުމޭ ކިޔަނީ ޖަލުގެ ވެރިޔަކަށް މީހަކު ދޫކޮށްލަން ކެރި އެކަން ކާމިޔާބު ކުރެވޭނީވެސް ސިސްޓަމް ފެއިލްވެފަ ހުންނަ ގައުމުތަކުގައި
ހަބީބު
10 June 2025
ރާއްޖޭގަ ހަމައެކަނި ކުށަކައް ވަނީ ރިހާކުރު ފުޅިޔެއް ނެގުމާ މަސާޖު ކުރުން ދައުލަތުގެ ހަޒާނާއިން ވައްކަން ކުރުމާ ޑުރަގާ ރަލާބުއިން އެއީ ކުށެއްނޫން ނަމަވެސް މީހަކު މަސާޖެއް ކޮއްފިތަ ހީވާނީ ވަރައްބޮޑު ކަމެއްހެން ނަމަވެސް މާލޭގަ ހުރި ގެސްޓު ހައުސްތަކުގަ ކައިވެންޏަކާނުލާ ކަޕަލްތައް ރެޔާދުވާލު އެކުރަނީ ހުއްދަ ހަލާލު ކަންތައްތައްބާ ގައިމުވެސް މަސާޖު ކުރާތާކު އެފަދަ ކަމެއް ނުކުރެވޭނެ ތަފާތަކީ ނަން ސްޕާ އިންނަކަން ގެސްޓްހައުސް އިނީމަ ކިހާރީތި
ހާދަބައެކޭ
10 June 2025
މިގައުމުގަ ތިގޮތައް ކަންކޮއްފިއްޔާ ހާދަބަޔަކު ޖަލުގަ ތިބެންޖެހޭނެއޭދޯ
ޙަޑަ
10 June 2025
ގާނޫނީ ބާރު އެންމެނަށް ހަމަހަމަޔަށް ހިގަންޖެހޭނެ. މިގައުމުގައި އޮތީ މުޅިންވެސް ވައްކަންކުރުމާއި، ފޭރުން. ބޮޑުމީހާޔަށް ބޮޑުގޮތް މިކަހަލަ ވެރިން ގައުމަށް ބޭނުންވަނީ
ރިޕަބްލިކް އޮފް ކޮރަޕްޓެޑް އައިލޭންޑްސް
10 June 2025
"ކުށްވެރިޔަކު ދޫކޮށްލުމުން ލަންކާގެ ޖަލުގެ ވެރިޔާ ޖަލަށް" މިދިވެހި ރާއްޖޭގައި މީ ޔަގީނުންވެސް ނުވާނެކަމެއް. މީތަފާތަކީ. އަދުލުއިންސާފު ގާއީމުކުރަން ބޭނުންވާ ގައުމުތަކާއި ހަމައެއްލަމައެއްނެތް ގައުމުތަކުގެ. މީތަފަތަކީ. ތަރައްގީވާން ބޭނުން ގައުމުތަކާއި ކޮރަޕްޝަނަށް ވެއްޓިފައޮތް ގައުމެއްގެ.
ގުދުގުދާބެއްޔާ
11 June 2025
މިއީ ސަދޫމުކަން ނޭގޭތަ؟
ަައަހުމަދު123
10 June 2025
މިޤައުމުން ޤާޒީއަކު ކުއްވެރިއެއް ދޫކޮށް އޭނައެހެންމީހަކު މަރާލިމަ ޤާޒީ ވީ ބަތަލަކަށް ، މިއޮތީވާ ޤައުމެއް އަދުލުއިންސާފް އޭ ކިޔައިގެން ހިތުހުރިގޮތެއް ހަދަނި ، އެކްމްކު 100% މުސްލިމު ޤަުމެއް މީ ދެން ކިޔާނެ އެއްޗހއްނެތް ، ހަމަ އެގޮތުގައި ކުރިޔަށް ދަނީ
ކަލޯ123
10 June 2025
ޢަސްލު މިހެންވާންޖެހޭނީ އިނގޭ...