ފަލަސްތީނުގެ ޣައްޒާގައި އެހީ ބަހާ ތަނަކަށް އެތައް ހާސް ބަޔަކު އެއްވެސް އެހީގެ ސާމާނު ހޯދަނީ: މިއަދުވެސް ވަނީ އެހީގެ މަރުކަޒެއްގެ ކައިރީ އެތައް ބަޔަކު ޝަހީދުކޮށްލާފައި. -- ފޮޓޯ: އޭއެފްޕީ
11 ޖޫން 2025 - 14:25
ފަލަސްތީނުގެ ޣައްޒާގައި އެހީ ބަހާ މަރުކަޒެއްގެ ކައިރީގައި މިއަދު ވެސް އިޒްރޭލުން ހަމަލާދީ 31 މީހަކު ޝަހީދުކޮށްލާފައިވާ ކަމަށާއި އެ ހަމަލާތަކުގައި މަދުވެގެން 200 މީހަކު ޒަހަމްވެފައިވާ ކަމަށް ސިވިލް ޑިފެންސް އެޖެންސީން ބުނެފި އެވެ.
"އެހީ ހޯދަން ކިއޫގައި ޖެހިގެން ތިއްބާ އިޒްރޭލުގެ ޓޭންކްތަކާއި ޑްރޯންތަކުން ހަމަލާ ދިނުމުން ޝަހީދުވި، މަދުވެގެން، 31 މީހެއްގެ ހަށިގަނޑާއި ޒަހަމްވެފައިވާ 200 މީހަކު ހޮސްޕިޓަލްތަކަށް ގެންދިޔައިން،" ސިވިލް ޑިފެންސް އެޖެންސީގެ ތަރުޖަމާނު މަހްމޫދު ބައްސާލް އޭއެފްޕީއަށް ވިދާޅުވި އެވެ.
މިކަމާ ބެހޭ ގޮތުން އިޒްރޭލުން އަދި ވާހަކައެއް ނުދައްކަ އެވެ.
އިޒްރޭލުން ޣައްޒާގައި ނޫސްވެރިންނަށް އަޅާފައިވާ ހުރަސްތަކާ ހެދި، މަރުގެ އަދަދުތަކާއި ހާދިސާތައް ހިނގި ގޮތް މިނިވަންކަމާ އެކު ކަށަވަރުކުރެވޭނެ ގޮތެއް ނޯވެ އެވެ.
ބައްސާލް ވިދާޅުވީ އެމެރިކާ އާއި އިޒްރޭލުގެ އެހީތެރިކަމާ އެކު ކާބޯތަކެތި ފޯރުކޮށްދޭ ސެންޓަރަށް ވަނުމުގެ އުއްމީދުގައި ފަލަސްތީނުގެ އެތައް ހާސް ބަޔަކު ރޭ ދަންވަރު 2:00 އިން ފެށިގެން ޖަމާވަމުން ދިޔަ ކަމަށެވެ.
"އިޒްރޭލުގެ ޓޭންކުތަކުން އެތައް ފަހަރެއްގެ މަތިން ބަޑީގެ ހަމަލާތައް ދިން. ދެން ފަތިހު 5:30 އެހާކަންހާއިރު ހަމަލާތައް އިތުރަށް ވަރުގަދަކުރި، އާންމުންނަށް އަމާޒުކޮށް ޑްރޯންތަކުން ވަރުގަދަ ހަމަލާތަކެއް ދިން،" އޭނާ ވިދާޅުވި އެވެ.
ޣައްޒާ ހިއުމެނިޓޭރިއަން ފައުންޑޭޝަން (ޖީއެޗްއެފް) އިން މިދިޔަ މެއި މަހުގެ 27 ވަނަ ދުވަހު ޣައްޒާގައި އެހީ ބަހަން މަރުކަޒުތައް ހުޅުވީ ޣައްޒާއަށް އެހީ ވެއްދުން ހުއްޓުވާފައި އޮންނާތީ އިޒްރޭލަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައި ވަނިކޮށެވެ. އެކަމަކު އެހީ ބެހުމުގެ ދޯދިޔާ އިންތިޒާމްތަކާއި އެ ތަންތަނުގައި ހަމަލާދީ ކޮންމެ ދުވަހަކުހެން އެތައް ބަޔަކު ޝަހީދުކުރަމުން ދާތީ ވެސް ވަނީ ފާޑުކިޔުން އަމާޒުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މާލު
12 June 2025
ޙަަދަހަަ ނުބައި އލތ ގަނޑެކޭ
ޖަލީލީ
12 June 2025
މިހިރީ މި ކާފަރުން މުސްލިމުންނާއިމެދު އަމަލުކުރާ ލާ އިންސާނީގޮތް. ފަލަސްތީނުގެ ބަނޑުހައިވެފައިވާ މުސްލިމުން މަރަން ޑެތު ޓްރެޕެއް ގޮތަށް އެހީގެ މަދު ކާއެތިކޮޅުވެސް މި ބޭނުންކުރަނީ. ހުޅަނގުގެ އަދުގަދަ ދުންމާރި މީޑިއާ ތަކުގެ އެހީގައި މުސްލިމުންނަކީ ޓެރެރިސްޓުންނަށް ހެދި އިރު ހަގީގީ ޓެރަރިސްޓުންނަކީ ކުޑަކުދިންމަރާ ޒަޔަނިސްޓުން އަދި އެމީހުންގެ ބައިވެރީން. ދިވެހީންނަށް އެމެރިކާ މީހުން ކިޔަވައިދޭ ހިއުމަން ރައިޓް ބޮއިކަޓް ކުރަން ޖެހޭ.