އައިޝަތު މަލީހާ.
12 ޖޫން 2025 - 10:52
ސައްހަ ނޫން ޓްރާންސްފާ ސްލިޕް ފޮނުވި މައްސަލައެއްގެ ތަހުގީގަށް ހާޒިވާންޖެހޭ މީހަކު ނުފެނިގެން އޭނާ ހޯދަން ފުލުހުން އިއުލާނުކޮށްފި އެވެ.
ފުލުހުން ބުނީ ފްރޯޑް އެންޑް ފައިނޭންޝަލް އިންވެސްޓިގޭޝަނުން ތަހުގީގު ކުރަމުން އަންނަ، ސައްހަ ނޫން ޓްރާންސްފާ ސްލިޕް ފޮނުވާފައިވާ މައްސަލައެއްގައި އާއިޝަތު މަލީހާ، ހދ. މަކުނުދޫ/ ލުނބޯގަސްދޮށުގެ ހޯދަން ފޮޓޯ އާއި ވަނަވަރު އާންމުކުރީ އޭނާ އުޅޭ ވަކި ތަނެއް ނޭނގުމުގެ ސަބަބުން ކަމަށެވެ.
އެހެންވެ، ޖިނާއި މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާގެ ދަށުން ތަހުގީގަށް ހާޒިރުވާން އަންގައި އިއުލާންކުރީ ކަމަށް ބުންޏެވެެ.
އުމުރުން 22 އަހަރުގެ އެ އަންހެން މީހާއަށް ހާޒިރުވާން އަންގާފައި ވަނީ މިމަހުގެ 18 ވަނަ ދުވަހުގެ ހެނދުނު 10:00 އަށް ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގަށެެވެ.
ވިޔަފާރި ކުރާ އެކި ތަންތަނަށް ފޭކް ސްލިޕް ފޮނުވަމުންދާ މައްސަލަތައް ގިނަ އެވެ. މަކަރާއި ހީލަތުގެ އެކި މައްސަލަތައް އޮންނަ މީހަކު ދާދި ފަހުން ވަނީ ފޭކް ސްލިޕްތަކެއް "ފުޑީސް ޑެލިވަރީ" އަށް ފޮނުވައިގެން 9،000ރ. ގެ ކާއެއްޗެހި އޯޑަރުކުރި މައްސަލައެއްގައި ހައްޔަރުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބުރުގާ
13 June 2025
އަންހެނެއްވިއްޔާ ރާއްޖޭގަ ސަލާމަތްވާނެ.
އިޝްކޮ
12 June 2025
އަޅެ އެމަންޖެ ބަނޑުހައި ވިއްޔޭ
އަފްރާސިޔާބު
12 June 2025
މޫނުބުރުގާ އަޅައިގެން އުޅޭމީހުން ހޯދަން އުޅޭނީ ކާކު؟
ގަނޑިއަ
12 June 2025
އޮޅިގެން ސަރުކާރު އޮފީސްތަކަށް ވަރަށް ގިނަކަންކަން ކުރެވޭ ގައުމެއްގައި މިކުއްޖާވެސް ބުނާނެކަންނޭގޭ އޮޅިގެން ނުބައި ސިލިޕެއް ފޮނުވުނީއޭ. ހަނދާން އެބަހުރިތަ އެވަރުގަދަ ބީއެމްއެލްއަށް މިދިއަ އަހަރު ޕެންޝަން އެކައުންޓަށް 5000 ޖަމާކުރަންވީމަ 15،000 ޖަމާކުރި ހަނދާން. ބެންކުން ބުނީ އޮޅިިގެން ކުރެވުނު ކަމެއްކަމަށް. އެހެންވީމަ އާންމު މީހަކަށް، އަންހެން ކަނބަލަކަށްވެސް އޮޅިގެން ކަމެއް ކުރެވިދާނެ ދޯ އޭނަ ބޭޒާރުކުރަން ފޮޓޯއެއްނުން ޖަހަންވީ!
ދޮންކަރާ
13 June 2025
އޮޅިގެން ފޮނުވުމާ ސްލިޕް ފޮޓޯޝޮޕްކޮށް ބަދަލު ކޮށްފަ "އޮޅިގެން" ފޮނުވުމާ ވަރަށްތަފާތު.
ނަގިއްޔާ
12 June 2025
ފޭކް ސްލިޕް، ސްކޭމް، ސައިބާކްރައިމް: އިންޓަނެޓް ދުނިޔޭގެ ހުރިހާ ނުބައިކަމެއް ދަސްކޮށްފި. ކުޑަކުދިންވެސް ޕޯނުގެ ދުނިޔޭގައި އެހެރަ ތަޔައްރުވަނީ ރަގަޅު ޕްރިވެންޓިވް މެޝާއެއް އަދިވެސް ނުނެގޭ. ފޯނުން އެކުދިން ކުރާަކަމެއް މައިން ބަފައިންނެއްނުބަލާ. އަމުދުން ވަރިވެފައި ތިބޭ މަންމަމެން. އެމީހުން ތިއްތިވެގެން ލޯބީގެ ބަގީޗާގައި އޮންލައިވެގެން ތިބެނީ. މާމައިން ބުނާ ބަހެއް އެކުދިން ނާހާ. ޖެނެރޭޝަނެއް ހާލާކުގެ ތެރެއަށް ގެއްލުމުގެ ތުންފަތްމަތީ.
ހަމީލި
12 June 2025
ބޭންކް ޓްރާންސަފަރ މިއީ ވިޔަފާރިތަކުން ވިޔަފާރިތަކަށް ކުރާ އެއްޗެއް. ނޭންގެ ރާއްޖޭގެ ފިހާރަތަކުން މާނމޮޅު ކަމަކަށް މިކަން ހަދަނީ ކީއްވެކަމެއް. މިއީ ވެރިފައި ކުރެވޭނެ ކަމެއް ނޫން. އަދި މިއީ ކުއްކުރުމައް މަގުފަހިވާ ކަމެއް
ލުބްލާ2025
12 June 2025
މައްސަލައެއްނޫން. ފިރިހެނުންނާ އެއްހަމައެއްގަ މިކަހަލަ ކަންކަން ކުރުމުގެ ފުރުސަތު އަންހެނުންނަށް ވެސް މިގައުމުގަ އެބައޮތްކަން ދައްކުވައިދެނީ.
ލަތީފާ
12 June 2025
މިހާރު ގިނަ ދިވެހިން ބޭނުންވަނީ މަސައްކަތެެއް ނުކޮށް އަގުބޮޑު އެޕާޓްމަންޓް، ފޯނު، ކާރު، ސައިކަލް، ލައިފްސްޓައިލް! ހެޔޮ ވައްކަންކޮށް، ސަލާންޖަހާ (މަގުމައްޗަކު ނޫން)، އޮޅުވާލާ، މަކަރުހަދާ، ދޮގު ހަދައިގެންވެސް! ސަރުކާރުތަކުން ވެސް ރައްޔިތުން ހާނުވާ ތަރުބިއްޔަތު ކުރަނީ ހަމަ ސީދާ މިކަންކަން ކުރަން!
ޖަލީލީ
12 June 2025
މި ފޭކް ސުލިޕް ފޮނުވުމުގެ ކަންތަށް ހުއްޓުވޭނީ ބޭންކު އޮފް މޯލްޑިވްސްއަށް. މިހާރު ވަރަށްގިނަ މީހުން ޕޭ މަންޓް ހަދަނީ ޓްރާންސްޕާރ ކޮށްގެން. ބޭންކުން ފިހާރަތަކަށް ޕޯޓަލްއެއް ހަދާފަ ވިއްކަންވީ. ވަގުތުން ޓްރާންސްފަރ ހިސްޓަރީ ބަލައި ކްރޮސް ޗެކް ކޮށްލެވޭފަދަ. އޭރުން ކަސްޓަމަރ ޓްރާންސްފަރ ކޮށްލާއިރަށް ސޭޓަށް ވަގުތުން ފެންނާނެ ޕޭމަންޓް.
އަންދަލޫސިޔާ
12 June 2025
ވިޔަފާރިވެރިން އެއުޅެނީ ޕޮސް މެޝިންގަނޑެއް ނުބަހައްޓަން. އެވަރު ބަޔަކު ޕޯޓަލް އަކަށް ފައިސާއެއް ނުދައްކާނެ.
ބައިތުލަހަމް
12 June 2025
ވިއްކަންވާ އެއްޗެއް ފިހާރަތަކުން ގަންނާނެތަ؟ ޓްރާންސްފަރއެއް ފިހާރަތަކަށް މާކަމުގޮސްގެން މިއުޅެނީ ކާޑް ޓްރާންސެކްޝަނުން ނަގާ މަދު ލާރިކޮޅު ނުނަގާތީ. ރާއްޖޭގައި ވިޔަފާރިވެރިންނޭ ކިޔައިގެން އުޅެނީ ލަގޮނޑީގައި ނާށި ލައިގެން އުޅޭ މީހުން.
ސަރީރާ
12 June 2025
ކުދި ވައްކަންތަކުގެ ޕޮލިހުން ވަރަށް އަވަހަށް މީހުންގެ ފޮޓޯ ޖަހާނެ ބަދުނާމުކުރަން. އެކަމަކު އެއްޗަކަށް ވާވަރުގެ ވައްކަމެއް ކުރިއްޔާ އެމީހަކަށް ރައްކާތެރިކަން.
ސަމީރާ
12 June 2025
އަދީބު އިޒް ފްރީ.
ގޯތިވިއްކާލި ބަފާ
12 June 2025
ބޮޑޭތި ވަގުން ބޮޑެތި ވައްކަން ކުރަނީކީ ކުއްލިއަކަށް ނޫން. ކުދި ވައްކަން ކުރަމުންގޮސް ބޮޑު ވައްކަމެއް ކުރާނެ ފުރުސަތެއް ލިބުނީމާ ކުރަނީ. އެހެންވީމަ ކުދި ވައްކަން ކުރާ މީހުންވެސް ހިފާ އަދަބުދޭންވީ! އެނެއްކާ ކަލެއަށް މިއީ ކިތަންމެ "ކުޑަ" ވައްކަމަކަށް ވިޔަސް ވައްކަމުގެ ޝިކާރައަށް ވާ މީހާއަށް އެލިބޭ މާލީ އަދި ނަފްސާނީ ގެއްލުން ކުޑައެއް ނުވާނެ!