ފުލުހުންގެ މައި އިދާރާ، ޝަހީދު ހުސެއިން އާދަމް ބިލްޑިން-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
13 ޖޫން 2025 - 14:17
ބޭސްފަރުވާއަށް ކަމަށް ބުނެ އެހީ ހޯދުމަށް ސޯޝަލް މީޑިއާގައި ކުރާ ޕޯސްޓުތަކަށް ސަމާލުވާން ފުލުހުން އެދިއްޖެ އެވެ.
އެންޓި-ސްކޭމް ސެންޓަރުން ބުނީ، ބަލި މީހުންގެ ފޮޓޯއާއެކު ފަރުވާއަށް އެހީ ހޯދުމަށް ކޮށްފައި ހުންނަ ސޯޝަލް މީޑީއާ ޕޯސްޓުތަކަށް ފައިސާ ފޮނުވުމުގެ ކުރިން މައުލޫމާތުތައް ކަށަވަރުކުރަން ޖެހޭ ކަމަށެވެ.
އެކި ބަލިތަކާ ގުޅިގެން ބޭރަށް ފަރުވާއަށް ދާން އެހީއަށް އެދި ވަރަށް ގިނައިން ލިއުންތައް އާއްމުކޮށް ފައިސާ ޖަމާކުރަން އެކައުންޓް ނަމްބަރު ޖަހާފައި ހުރެ އެވެ. މިގޮތަށް ހުންނަ ޕޯސްޓްތައް ގިނަ ބަޔަކު ޝެއާކޮށް އާއިލާތަކަށް އެހީތެރިވެދެ އެވެ.
ފުލުހުން އެދެނީ އެފަދަ ޕޯސްޓްތަކާ ގުޅިގެން އެހީވުމުގެ ކުރިން މައުލޫމާތުތައް ކަށަވަރު ކުރުމަށެވެ. އޭގެ ތެރޭގައި؛
- ޕޯސްޓް ޖަހާފައިވާ އެކައުންޓަކީ ބަލިމީހާގެ ނުވަތަ އާއިލާ މީހެއްގެ ސައްހަ އެކައުންޓުތޯ ޔަގީންކުރުން
- ޕޯސްޓުގައި ދީފައިވާ ނަމްބަރަށް ގުޅައި މައުލޫމާތު ސާފުކުރުން
- ބަލިމީހާގެ ޑޮކްޓަރުގެ ލިޔުންތަކާއި ހުށަހަޅާފައިވާ މައުލޫމާތު ދިމާވޭތޯ ބެލުން
- ޕޯސްޓް ޖަހާފައިވަނީ އިތުބާރުހުރި ފަރާތެއްތޯ ބެލުން
ފުލުހުން ސޯޝަލް މީޑިއާގައި އެހެން އެދުނީ، "އެހީތެރިޔާ"ގެ ނަމަކަށް ކިޔާ ޕޭޖަކުން އާމިނަތު ރަޝީދާއެއްގެ ފޮޓޯ ބޭނުންކޮށްގެން އެހީ ހޯދުމަށް ޖެހުމުންނެވެ.
ސްޓްރޯކް ޖެހިގެން އަންހެން މީހާގެ އާއިލާއިން އާއްމުންގެ އެހީއަށް އެދުނީ މީގެ މަދު އަހަރުތަކެއް ކުރިންނެވެ. ނަމަވެސް، އޭނާގެ ހާލަތު ކުރިއަށްވުރެ ރަނގަޅު ކަމަށާއި އެ އެހީގައި ދީފައިވާ އެކައުންޓު ނަމްބަރު ނިސްބަތްވާ މާއިޝާއަކީ އެ އާއިލާއިން ދަންނަ މީހެއް ނޫން ކަމަށް ވެސް، އެ އާއިލާއިން ބުންޏެވެ.
ބޭސްފަރުވާއަށް އެހީ ހޯދަން ސޯޝަލް މީޑިއާގައި ކޮށްފައި ހުންނަ ޕޯސްޓުތައް ބޭނުންކޮށްގެން ސްކޭމް ކުރުމުގެ މައްސަލަތައް ވެސް މަދެއް ނޫނެވެ. އެގޮތުން، އެކައުންޓު ނަމްބަރު ބޭނުންކޮށްގެން ގްރޫޕުތަކާއި ޕޭޖުތަކުގައި ވެސް ޖަހާފައި ހުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބުދު
14 June 2025
ތި ސާވިސް އަކީ ހަމަޖެހޭ ސާވިސްއެއްނޫން.ތިޔައީ ހަމަނަމޭއް
ދީޑީ
13 June 2025
އެންމެ ގިނައީ ޓިކްޓޮކް ސްޓާރުން ސްކޭމްގަ
ކޮއްކޮބެ
13 June 2025
ގިނަ ދިވެހިން އަދިވެސް މިނައްވުރެ ބޮޑައް ގަމާރީ. މޮޅީ ޖީބުގައޮތް ފޯނު. ސިކުނޑީގަ މޮކޮސް. ހަމަ މީހަކު އެކައުންޓު ނަންބަރު ޖަހާފަ ރޮއެލާއިރައް އެވީ އެ އެކައުންޓައް ލާރިފޮނުވަން، ނޫނީ ކޮންމެސް ފަނޑު ފޮއްޓަކައް ލާރިއަޅަން.
ފެންނާ
13 June 2025
ގެރިބަކަރި ކަތިލަނީޢޭ ކިޔައިގެންވެސް ހިންގަނީ ސްކޭމް.
ހުންޖާ
13 June 2025
ދެން ދީނުގެ ނަމުގަ އެހީދޭ ޖަމާއަތްތަކުން ހިންގާ ސްކޭމް ތަށް އޯކޭ؟!
ވާހަކަ
13 June 2025
ދުނިޔޭގެ އެއްވެސް ގައުމެއްގަ ހުއްދަކަމެއްނޫ ތިގޮތައް ރަޖިސްޱަ ނުކޮއް ލާރިނެގުން. ދިވެހިން އަދިވެސް ދިވެހީންގެ ގޮތުގައި،