ސްކޭމް
15 ޖޫން 2025 - 22:47
ޖީއެމްސީއީ ނުވަތަ ޖެމްކިޔު އިންވެސްޓްމެންޓަށް ސްކީމަކީ ހީލަތެއް ކަމަށާއި އެ ސްކީމް ހިންގައި ޕްރޮމޯޓުކޮށް އަދި ބޭނުންކުރާ މީހުންނަށް ވެސް ފިޔަވަޅު އަޅާނެ ކަމަށް ފުލުހުންނާއި ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) އިން މިރޭ ބުނެފި އެވެ.
ޖީއެމްސީއީ ސްކީމް ރާއްޖެއަށް ތައާރަފުވެ، ބޭނުންކުރާތާ އަހަރެއް ވެއްޖެ އެވެ.
ފުލުހުންނާއި ސީއެމްޑީއޭ ގުޅިގެން މިރޭ ނެރުނު ބަޔާނެއްްގައި ބުނީ އެއީ ޕިރަމިޑް ސްކީމެއްކަން ކަށަވަރުވެފައިވާ ކަމަށެވެ. އަދި އެ ސްކީމް ހިންގަނީ ސީއެމްޑީއޭގައި ރަޖިސްޓްރީނުކޮށް ކަމަށްވާތީ އެއީ ގާނޫނީ ހަމަތަކުގެ ތެރެއިން ހިންގާ ސްކީމެއް ނޫން ކަމަށް ވެސް ބަޔާނުގައިވެ އެވެ.
ބަޔާނުގައި ބުނެފައިވަނީ އެ ސްކީމް ހިންގައި ޕްރޮމޯޓް ކުރާ މީހުންނަށް ގާނޫނީ ފިޔަވަޅު އެޅުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރާނެ ކަމަށެވެ.
"މި ސްކީމުގައި އާޓިފިޝަލް އިންޓެލިޖެންސް ޓެކްނޮލަޖީ ބޭނުންކޮށްގެން ކްރިޕްޓޯ ގްރިޑް ޓްރޭޑިންގް ކުރާ ކަމަށް ދެއްކި ނަމަވެސް އެއީ އޮޅުވާލުމެކެވެ،" ބަޔާނުގައިވެ އެވެ.
މިފަދަ ސްކީމެއް ރާއްޖޭގައި ހިންގޭނީ ކެޕިޓަލް މާކެޓް ޑިވަލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ)ގެ ހުއްދައާއެކު ނަމަވެސް އެ ސްކީމް ހިންގަނީ އެ އޮތޯރިޓީގެ ހުއްދައާ ނުލައި ކަމަށް އެ ފުލުހުން ބުންޏެވެ.
"ޓެކްނޮލޮޖީއާ އެކު ތައާރަފްވަމުންދާ މިފަދަ ޕިރަމިޑް ސްކީމްތަކުގައި އިންވެސްޓް ނުކުރުމަށް ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ އާއި ދިވެހި ފުލުހުންގެ ހިދުމަތުން އިލްތިމާސްކުރަމެވެ."
އެ ބަޔާނުގައި ބުނީ އާޓިފިޝަލް އިންޓެލިޖެންސް ފަދަ އެންމެންނަށް ފަރިތަ ނޫން ބަސްތައް ބޭނުންކޮށްގެން އޮޅުވާލައިގެން ހިންގާ އިންވެސްޓްމަންޓް އެޕްލިކޭޝަންތައް އިންޓަނެޓްގައި ގިނަވަމުންދާ ދުވަސްވަރެއްގައި ރަނގަޅަށް ދިރާސާނުކޮށް މިފަދަ ސްކީމްތަކަށް އިންވެސްޓްކުރުމުން، ބުރަ މަސައްކަތުން ހޯދާފައި ހުންނަ ފައިސާ ގެއްލި އިޔާދަ ނުކުރެވޭ ގެއްލުންތަކާ ވެސް މީހުންނަށް ކުރިމަތިވަމުންދާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައްމަތ
17 June 2025
މި ސްކީމަށް އަލަށް ވަންނަ މީހުން އަތުން ފައިސާނަގާފަ ޕިރަމިޑްގެ މަތީގަ ތިބޭމީހުނަށް އެފައިސާ ދެނީ. އެއްވެސް ޓުރޭޑެއް ހިނގަނީ އެއް ނޫން. މި ޕޮންޒީ ސުކީމު ހިންގާ މީހުނަށް ވާވަރަށް ލާރި ކެވުނީމަ ނޫނީ އަލަށް ވަންނަ މީހުން ނުލިބޭނފެށީމަ ދެން ކުއްލިއަކަށް މި ނެޓްވޯކް ޑައުން ކޮއްލާނީ. ދެން ހުންނާނީ ރާކަނި ކެވިފަ.
ސދފސފ
17 June 2025
ﷲގަންދީ ހުވާކޮށްފައި ބުންނަން، މިރާއްޖޭގެ އާބާދީގެ ތެރެިން 50 ހާސް މީހުން ޖަލަށް ލައިގެން ސަރުކާރަކަށް ނުބެލެހެއްޓޭނެ. މީގެތެރޭގައި ޕޮލިހުން، މނޑފ، ޕޕމ، ޕނސ، މޑޕ އަދި އެތައްބައިވަތު ރިސޯޓް ބޯއިސް ިމެނޭނެކަން ޔަގީން.
ގގގގގގގގގގ
16 June 2025
ކޮބާ މީގެ ކުރީގެ ސްކީމްތައް ހިންގި މީހުން ތިބީ ޖަލުގަތަ؟؟ ބަލާދީބަލަ
ފިރިމީހާ ގެންނަ ލާރި
16 June 2025
މަށަށްވެސް ދައުވަތު ދިން ތިޔާގަ އިންވެސްޓުކުރަން. އަސްލު ވީގޮތަކީ ކުރިން ލާރިލީ މީހަކު، ލާރި އަނބުރާ ނުލިބެނީސް ސްކީމު ނިންމާލައި ފިލާފާނޭކަން ވިސްނެންފެށި ހިސާބުން ވީހާ ގިނަ ބަޔަކު ވައްދަން އުޅުނީ. އޭރަށްތާ ކުރިން ލާރި ލީ މީހުނަށް، ފަހުން ވަންނަ މީހުންގެ ލާރިކޮޅު ބަހާލެވޭނީ. އަހަރެން ނުވަނީ އަހަރެން ޤަބޫލުކުރާ އިސްލާމީ ޝަރީޢާގައި ވިޔަފާރީގެ ހަމަތަކަށް ތިޔަ ސުކީމު ނުފެތޭތީ.
ވަކީލްް
16 June 2025
ހައްޖު ކޯޕަރޭޝަނުން ހިންގާ ސްކޭމް ފަންޑު ހުއްޓުވަބަލަ. އެމީހުން އެދަނީ ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް އުމުރުދުވަހު ކުރި މަސައްކަތުން އެއްކުރި ފައިސާ އެމީހުންގެ އެކައުންޓަށް ޖަމާކޮށްގެން. ދިހަ އަހަރުވާއިރުވެސް ހައްޖައް ދާން ފުރުސަތު ނުލިބޭ. ދެއްކި ފައިސާއިން އެމީހުން އެދަނީ ވިޔަފާރިކުރަމުން ދެއްކިމީހާގެ ހުއްދަ އަދި އެމީހާއަށް ފައިދާއެއް ނެތި. މިއަދުވެސް ތިޔަފައިސާއަށް ބަޔަކު ހިޔާނާތްތެެރި ވެއްޖެނަމަ ހަދާނެ އެއްގޮތެއްވެސް ނޯންނާނެ.
ރިޕަބްލިކް އޮފް ކަންނެތް ރާއްޖެ
16 June 2025
ކަންނެތް ރާއްޖެ. ކަންނެތް މީހުން. އެނދުގައި ތިބެގެން މުއްސަދިވާން ބޭނުންމީހުން ގައުމުގައި ތިބީ. ކޮންމެ މީހަކުވިޔަސް. ސިޔާސީ މީހުންވެސް. ޑިއުޓީއަށް ނުގޮސް މުސާރަނަގާ މީހުން އެބަތިބި. ކުއްލިއަކަށް ބައިވަރު ވެންޓިލޭޓަރު ބޭނުންވެގެން އެއެއްޗެހި ގަންނަން އެބަ ހަވާލުކުރޭ ދުވަހަކުވެސް އެކަހަލަ ވިޔަފާރި ނުކުރާ ބަޔަކާ. މިގައުމުގެ ބައެއް އޮފީސްތަކުވެރިންގެ ކަންކަން ހުންނަގޮތް. މިހެއްގެ ނޭވާ ހިފަހައްޓާލައިގެންވެސް މުއްސަދިވެވިއްޖެއްޔާ މިމީހުންނަށް އޯކޭ..
ނަގިއްޔާ
16 June 2025
ދެން ގައުމު ހިގާނީ މިކަަހަލަގޮތަކަށްދޯ...ލޯމަތިން އެހެރަ ފެންނަނީ ޕޮލިޓީޝަނުން އަޑުބާއިން ކޮރަޕްޝަން ފައިސާ ނަގަމުންދާތަން. ދެން އާދައިގެ މީހާ މަޑުންހުންނާނެތަ. ގަބޫލުނުކުރެވޭވަރު ކަންކަމުގައިވެސް ޗާންސަކަށްވެސް ފައިސާފޮއްޗެއް ލިބިއްޖެޔާ ކިހާރަގަޅު، އެހެންވީމާ މީހުންވެސް އެކަމުގައި އެއުޅެނީ. ހުރިހާއެންމެންވެސް އަނެއްހެން ބުނާނަމަ އެއްކަމެއްގައި މިއުޅެނީ. ޝޯޓްކަޓެއް ޖައްސައިގެން ވަގުތުން މުއްސަދިވާން، ޕޮލިޓީޝަނުންވެސް.... ހުސް ވަގުން.
ޖިޒްޔަތަ؟
16 June 2025
ޕެންޝަން ސްކީމް މި ކޮންކަހަލަ ކަމެއް ތޯ ؟
ނނނނނނނނނ
16 June 2025
ދުނިޔަވީ ގޮތުންނާ ދީނީ ގޮތުން އެންމެ ހަލާލު އެތި އެއީ
މީގައުމެއް
16 June 2025
ސަރުކާރަށް ކޮން ހައްގެއް އޮތީ އަހަރެންގެ ޕެންޝަން ފަންޑުގަ ހުރިި ފައިސާ ހިފަހައްޓަން. އެއީ އަހަރެން ބުރަ މަސައްކަތް ކޮށްގެން އަމިއްލަ މުސާރައިން ޖަމާވެފަ ހުރި ފައިސާ. ކިތަންމެ ބޮޑުކަމެއް ޖެހުނަސް އެ ފައިސާ އެއް ނުދޭ. އަމިއްލަ އެއްޗެއް ހޯދަން ރޮއި އާދޭސްކުރިއަސް ނުދީ ހިފާއްޓަނީ
ލޯޔަރު
16 June 2025
ޕޮލިހުން އެ ހެދީ ރަނގަޅު އެއްޗެއް.. ފައިސާ ގެއްލިގެން ދެން އެ ހޯދައިދޭތޯ ޕޮލިހަށް ރިޕޯޓުކުރަން ދެން ފަސްޖެހޭނެތާ.. ގެއްލުނީމަ އެ ހަމަ ގެއްލުނީކަން އެނގިހުރެތާ ދެން އިންވެސްޓުކުރާނީ.. އެނގިހުރެ އިންވެސްޓުކޮށްފައި ޕޮލިހުންގެ ވަގުތުތަކާ ރިސޯސަސްތައް ނަގާލާންވީ ސަބަބެއް ނެތްތާ..
ޑރ ވާންޗޯ
16 June 2025
ތީގަ ފުރަތަމަ ފައިދާލިބޭނެ ލިބުނީމަ ކޮންމެމީހަކުވެސް ބޮޑަށް އިންވެސްޓުކުރަނީ، މިގޮތަށް ފުޅާވަމުންގޮސް ހިންގާފަރާތަށް ބޮޑުއެއްޗެއް ކަޓުވާލެވޭވަރުވީމަ ސްކީމްނިމުނީ. އެތައްބަޔަކަށް ނުއުފުލޭވަރުގެ ބޮޑުގެއްލުމެއް.
ގުދުގުދާބެއްޔާ
16 June 2025
މިއަދި ކަލެއަށް ނޭގެނީ 4000ޑޮލަރ އިންވެސްޓް ކުރީމަ ދުވާލަކު 240 ޑޮލަރ ލިބޭ! މަހަކު 12000 ޑޮލަރ ދެން 120000 ޑޮލަރ ބައިނޭންސް އެކައުންޓަށް ނެގީމާ 8 ހާސް ޑޮލަރ ފައިދާވީ! ދެން ވަރިހަމަދޯ އިންވެސްޓް ކުރި 4000ޑޮލަރ ދިޔަޔަސް!.