ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ): ގުރައިދޫ މަރުކަޒަށް ވަންނަން ހުއްދަ ނުދިން މައްސަލަ ވަނީ ކޮމިޓީއަށް ހުށަހަޅާފައި --- ފޮޓޯ/މަޖިލިސް
17 ޖޫން 2025 - 15:00
ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ވަންނަން ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އަށް ހެލްތު މިނިސްޓްރީން ހުއްދަ ނުދިން ކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހަށް އެ މައްސަލަ ހުށަހަޅުއްވަން ނިންމަވައިފި އެވެ.
ގުރައިދޫ މަރުކަޒުގެ ހާލަތާ ގުޅޭ ރިޕޯޓެއް ހަދަން ބޭނުންވާތީ، އެ މަރުކަޒަށް ވަދެވަޑައިގަތުުގެ ހުއްދައަކަށް މެމްބަރު ކުޑޫ އެދިވަޑައިގަތީ މިދިޔަ އޭޕްރީލް މަހު އެވެ. ނަމަވެސް އެކަމުގެ ހުއްދައަށް އެދި، ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމަށް ކުޑޫ ފޮނުއްވި ސިޓީއަށް އެއްވެސް ޖަވާބެއް ދެއްވާފައެއް ނުވެ އެވެ.
އެހެންވެ، ކުޑޫ ވަނީ އެއީ މަޖިލީހުގެ މެންބަރެއްގެ އިމްތިޔާޒަށް އަރައިގަތުން ކަމަށް ވިދާޅުވެ، މަޖިލީހުގެ އިމްތިޔާޒު ކޮމިޓީއަށް އެ މައްސަލަ ހުށަހަޅުއްވަން މަސައްކަތް ކުރައްވައިފަ އެވެ. އެކަމަކު، އެއީ ގަރާރާއި ކުއްލި މައްސަލައިގެ ތެރެއަށް ފެތޭ ކަމަކަށް ވާތީ މަޖިލިހުގެ އިދާރީ މޭޒުން ލަފާ ދިނީ މަޖިލިހުގެ ތަޅުމަށް މައްސަލަ ހުށަހަޅާށެވެ.
ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނުގައި ބަޔާން ކޮށްފައިވާ ގޮތުން މަޖިލީހުގެ މެންބަރަކު ސަރުކާރުގެ އޮފީހަކަށް ނުވަތަ ދައުލަތުގެ މުއައްސަސާއަކަށް ޒިޔާރަތްކޮށްފި ނަމަ، އެ ތަންތަނުން އެ މެންބަރަކު އެދޭ ކަންކަމުގައި އެއްބާރުލުމާއި އެހީތެރިކަން ދޭން ވާނެ އެވެ. އަދި އެ މެންބަރަކު އެދޭ މައުލޫމާތު ފަސޭހަކަމާ އެކު ލިބޭނެ އިންތިޒާމް ހަމަޖައްސަން ޖެހޭނެ އެވެ.
ކުޑޫ ވިދާޅުވީ، މިނިސްޓަރު ނާޒިމަށް ފޮނުއްވި ސިޓީއަށް ޖަވާބެއް ނުދެއްވުމުން، މަޖިލިސްގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނަށް ތަބާނުވުން ކަމަށް ސިފަކުރެވޭ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަލީ ކުރުސީ
17 June 2025
ހިޔެއްނުވޭ މަޖްލީހުގައި ތިޔަ މަރުކަޒަށް ވަންނަން ކޮލިފައި ނުވާ މީހަކު ހުންނާނެ ހެނެއް!
ޒަމީރާ ހާރޫން
18 June 2025
މިއީ ޖޯކުޖަހާ ކަހަލަ ކަންކަމެއް ނޫން،
ގުރައިދޫ
17 June 2025
މެންބަރ ކުޑޫވެސް އެހާލަތަށް ހިނގައްޖެނަމަ މިތަނަށް ވަދެވެންޖެހޭނެ. ހީވާގޮތުން އެހުންނެވީ އެހާލަތުގަ!!!!
ކަމަނަގޯތި އާދަނު
18 June 2025
ޕީއެންސީ މީހުންނަކީ އަބަދުވެސް ނުކުޅެދޭ މީހުންނަށް މަލާމަތްކުރާ ބައެއް.
ޑރ ވާންޗޯ
17 June 2025
ތީވަރަށް ދެރަކޮށްވީކަމެއް މެންބަރެއްކަމަކު ހާއްސައެހީ ބޭނުންވެގެން ވަޑައިގެންފިއްޔާ ގުރައިދޫ މަރުކަޒަށްވަދެ ފުރިހަމަފަރުވާ ލިބިދެވެންޖެހޭނެ.
މުޙައްމަދު ޢަލީ ދާއޫދު
18 June 2025
މި ކޮމެންޓު ކުރިމީހާގެ ޖާހިލުކަމާ ގަމާރުކަން ހާދަ ބޮޑޭ
ހާމިޓް ކްރެބް
17 June 2025
އަދި ކުޑޫ އެތަނަކަށް ނުދެއެއްނު، ދޭބަލަ ނުވެއްދީމަތާ ތިމައްސަލަ ހުށަހަޅުއްވާނީ.
އަޅި އަލި
17 June 2025
ހުއްދަ ދޭކަށެއް ނުޖެހޭ! ކަލޯމެންނަށްވެސް ވަދެވެނެތަންތަން ހުންނާން! މެމަބަރަކަށް ވެވުމަކީ ގައުމު ހިތަކަށް ލިބުމެއްނޫން! މާދަމަ މަނިކްފާނު ދުރުވަން ވީނޫންތޯ އެމްއެމްއޭ ތިޖޫރިއަށް ވަންނަން!
ވާނުވާ އެގިގެން ވާހަކަ ދައްކާ
18 June 2025
ބަލަގަ އޭނާ އެތަނަށް ވަޑައިގަތުމަށް އެދުނީ މަޤާމުގެ މަސްއޫލިއްޔަތާ ގުޅޭ ކަމެއް ގައި. މާލިއްޔަތު ކޮމެޓީ މެންބަރެއްނަަމަ ތިޖޫރިއަށްވެސް ޖެހޭނީ ވައްދަން.
ކޮރަލް
17 June 2025
އުސޫލުގެ ތެރެއިން ކޮންމެ ދިވެއްސަކަށް ވެސް ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ވަދެ ވެން ވާނެ އެވެ.
ޑރ ވާންޗޯ
17 June 2025
ރަނގަޅު، އެއުސޫލުގެ ދަށުންނޭ މިހާރުވެސް ވަދެތިބިމީހުން ވަދެއެތިބީ!.
މުރާސިލް
17 June 2025
ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ވަންނަން މެންބަރު ކުޑޫއަށް ހުއްދަ ދޭކަށް ނުޖެހެއެވެ. ސަބަބަކީ ގުރައިދޫ މަރުކަޒުގެ ހާލަތާ ގުޅޭ ރިޕޯޓެއް ހަދަން ޖެހޭ ފަރާތަކީ ކުޑޫ ނޫންކަމަށްވެފައި އެކަން ކުރަން ޚާއްސަ އިދާރާތައް ޤާއިމު ކުރެވިފައިވާތީއާއި އަދި ރައްޔިތުންގެ މަޖުލީހުގެ މެންބަރުންނަކީ ވަކިވަކި މުއައްސަސާ ތަކަށްގޮސް ރިޕޯޓް ތައްޔާރުކުރަން ޖެހޭ ބަޔަކަށް ނުވުމެވެ. މެންބަރުކަން ލިބުމަކުން ފެންވަރު އޮޅޭކަށް ޖުޖެހެއެވެ.
ޙުޝާމު
17 June 2025
ސަރުކާރު ޖަވާބުދާރީ ކުރުވުމަކީ މަޖިލިސް މެންބަރުންގެ ޒިންމާއެއް
ބުރާންތިލް
17 June 2025
ޤާނޫނުން އެބާރު ކުޑޫއަށް ލިބޭ! ނޭގެންޏާ ދަސްކޮށްލާ
ޚުމާރު
17 June 2025
މަޖިލިސް މެމްބަރުންނަކީ ދިރާސާ ކުރަން ޖެހޭ ބައެއް. ބަލައި އޮޅުން ފިލުވަން ޖެހޭ ބައެއް. ވިސްނައި ފިކުރު ހިންގަން ޖެހޭ ބައެއް. އޭޖީ ހުށަހަޅާ ބިލްތަކަށް ބަޓަނަށް ފިތަން ތިބެން ޖެހޭ ބައެއް ނޫން. މި މަޖިލީހުގަ އޮއްޓަރުހުރި މަސައްކަތެއް ކުރާ މީހަކަށް ފެންނަނީ ކުޑޫ. ގައުމު ހަލާކުވަނީ ހެޔޮ ފާލަށް ކުރާ މި ކަހަލަ މަސައްކަތް ބަލައިގަންނަން ނޭނގޭ ތިޔަ ކަހަލަ ގަމާރުންނާ ހެދި.
މުރާސިލް
17 June 2025
ސަރުކާރު ޖަވާބު ދާރީކުރުވަން ގުރައިދޫގައި ހުންނަ ޚާއްސަ އެޙީއަށްބޭނުންވާ މަރުކަޒަށް ވަންނާކަށް ނުޖެހެއެވެ.
އަހަންމަދާ
17 June 2025
ރައީސްމީހާ އެތަނަށް ވަންނަން ހުއްދަ ލިބިދާނެތޯ؟