ޔުމްނު: އޭނާ ވެއްޓުނީ ކަމަށް ބޮޑަށް ބުރަވެވޭ ކަމަށް ކޮމިޝަނުން ވަނީ ކަނޑައަޅާފައި
17 ޖޫން 2025 - 18:49
މާލޭގެ އިމާރާތަކުން ވެއްޓުނު ހައްވާ ޔުމްނު ރަޝީދުގެ ވަނީ ގަސްދުގައި ވައްޓާލާފައި ކަމަށް ނޫނީ އޭނާ އަމިއްލަ އިހްތިޔާރުގައި ފުންމާލާފައިވާ ކަމަށް ކަނޑައެޅެން ނެތް ކަމަށް އެ މައްސަލަ ތަހުގީގު ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު އުފެއްދެވި ހާއްސަ ކޮމިޝަނުން ބުނެފި އެވެ.
ނަމަވެސް، ކޮމިޝަނުން ބުނި ގޮތުގައި އެ ކޮމިޝަނަށް ބުރަވެވެނީ ޔުމްނު ހ. ފެންޓެނޯއީ ގޭގެ ނުވަވަނަ ފަންގިފިލާގެ ސިޑިގޮޅީގެ ކުޑަދޮރުން ވެއްޓުނީ އެވެ.
މިދިޔަ އޭޕްރީލް މަހުގެ 18 ވަނަ ދުވަހު މާލޭގެ އިމާރާތަކުން ވެއްޓި، އަނިޔާވި ޔުމްނުގެ މައްސަލަ ތަހުގީގު ކުރުމަށް ފަހު ކޮމިޝަނުން އެކުލަވާލި ރިޕޯޓް މީގެއިރުކޮޅެއް ކުރިން ރައީސް އޮފީހުން އާންމުކޮށްފައިވާއިރު އޭގައި ބުނެފައިވަނީ ޔުމްނު ވެއްޓުނު ވަގުތުގެ ސީސީޓީވީ ފުޓޭޖް އެ ފަންގިފިލާގައި ކެމެރާ ނެތުމުގެ ސަބަބުން ލިބެން ނެތް ކަމަށެވެ. އަދި ޔުމްނުގެ ބަހެއް ހޯދަން ކޮމިޝަނުން ކުރި މަސައްކަތް ކާމިޔާބު ނުވި ކަމަށެވެ.
ރޭ ޔުމްނުއާ އެކު އުޅުނު ގ. އެރިޔަދޫ، ރައުދު އަހުމަދު ޒިލާލު އެ ރޭ ހިނގި ކަންކަން ހަނދާނުގައި ނެތް ކަމަށް ބުނެ ކޮމިޝަނަށް ބަޔާން ދިނެވެ. އެ ކަންކަމުގެ މައްޗަށް ބަލައި ކޮމިޝަނުން ބުނީ ސިޑި ގޮޅީގައިވާ ކުޑަދޮރުން ރައުދު ގަސްދުގައި ޔުމްނު ވައްޓާލީ ކަން ނުވަތަ ނޫން ކަން ކަނޑައެޅެން ކޮމިޝަނަށް ނެތް ކަމަށެވެ.
ނަމަވެސް، ކޮމިޝަނަށް ފާހަގަކުރެވުނު ކަންކަމަށް ބަލާއިރު ޔުމްނު ވައްޓާލުމުގެ ފުރުސަތު ހަނިކަމަށް ކޮމިޝަނަށް ފެންނަ ކަމަށް ރިޕޯޓްގައި ބުނެފައިވެ އެވެ. އެގޮތުން ހަތަރު ކަމެއް ރިޕޯޓްގައި ފާހަގަކުރި އެވެ؛
- ރައުދާއި ޔުމްނުއާ ދެމެދު ހަމަނުޖެހުމެއް ނުވަތަ ރުޅިވެރިކަމެއް އެ ރޭ ހިނގާފައިނެތް ކަމަށާއި ޔުމްނު ވެއްޓުނު ގޭގެ ނުވަނަ ފަންގިފިލާއަށް އެރީ ވެސް އެއްވެސް މަޖުބޫރުކަމެއް ނެތި އަމިއްލަ އިހްތިޔާރުގައި ކަން
- ޔުމްނު ވެއްޓުނު ގެއަށް އޭނާ ދިޔައީ އަމިއްލަ އިހްތިޔާރުގައި ކަމުން، އޭނާއަށް އަނިޔާއެއް ދިނުމުގެ މަގުސަދުގައި ރައުދު އެ ގެއަށް އޭނާ ގެންދިޔަކަން ފުޓޭޖުތަކުންނާއި ހެކިންގެ ހެކިބަހުން އެނގެން ނެތް ކަން
- ޔުމްނު ވެއްޓުމުން ރައުދު އޭނާ ހޯދަން މަސައްކަތްކޮށް، އެހެން މީހުންނަށް ގުޅައި ތަންތަން ތަކުރާރުކޮށް ބެލިކަން ވެސް އެނގޭ އޮންނަ ކަން
- ޔުމްނު ފުރާޅުމަތީގައި ޖެހުމާ ގުޅިގެން ނޫން ގޮތަކަށް އެހެން އަނިޔާއެއް ލިބިފައިނުވާ ކަމަށާއި މީހަކު ގަދަކަމުން ވައްޓާލުމަށް މަސައްކަތް ކުރުމުގެ އެއްވެސް ނިޝާނެއް ޔުމްނުގެ ހަށިގަނޑުން ފެންނަން އޮތް ކަން މެޑިކަލް ރިޕޯޓްތަކާއި ހެކިންގެ ހެކިބަހުން އެނގެން ނެތް ކަން
އެހެންވެ، ޔުމްނު ވެއްޓިފައިވަނީ ސިޑިގޮޅީގެ ކުޑަދޮރުން ކަމަށް ބެލެވޭ ކަމަށާއި އެކަމުގައި އެހެން މީހެއްގެ ބައިވެރިވުން އޮތް ކަމަށް ނުބެލެވޭ ކަމަށް ރިޕޯޓްގައިވެ އެވެ. އަދި ރައުދު ގަސްދުގައި ޔުމްނު ފުރާޅުމައްޗަށް ވައްޓާލިކަމަށް ވެސް ނުފެންނަ ކަމަށް ރިޕޯޓްގައި ބުންޏެވެ.
ޔުމްނުއަށް އިންސާފު ހޯދަން ގޮވާލައި ބޭއްވި އެއްވުމެއްގެ ތެރެއިން
ނަމަވެސް، ސިޑިގޮޅިން ޔުމްނު ފުންމާލީ އޭނާގެ އަމިއްލަ އިހްތިޔާރު ކަމަށް ކަނޑައެޅެން ނެތް ކަމަށް ވެސް ކޮމިޝަނުން ބުންޏެވެ. ރިޕޯޓްގައި ބުނީ ޔުމްނު އެއްވެސް ކަމަކާ ދެރަވެގެން އަމިއްލަ ނަފުސަށް އަނިޔާއެއް ދޭން އުޅޭ ކަން ސީސީޓީވީ ފުޓޭޖުތަކުންނާއި ހެކިންގެ ހެކިބަހުން އެނގެން ނެތް ކަމަށެވެ. އެހެންވެ ޔުމްނު އަމިއްލަ އިހްތިޔާރުގައި ފުންމާލީ ކަމަށް ބެލެވެން ނެތް ކަމަށެވެ.
ކޮމިޝަނުން ހިންގި ތަހުގީގަށް ފަހު އެ ކޮމިޝަނަށް ބުރަވެވެނީ ޔުމްނު ސިޑިގޮޅީގެ ކުޑަދޮރުން ވެއްޓުނީ ކަމަށް ކަން ރިޕޯޓްގައި ފާހަގަކުރި އެވެ. އެއީ، ޔުމްނު ވައްޓާލީ ކަމަށް އަދި ފުންމާލީ ކަމަށް ބެލެވެން ނެތުމުން ކަމަށާއި އެ އެރޭ ޔުމްނުގެ އަމަލުތައް ހުރި ގޮތުންނާއި އޭނާ ހުރީ މަސްތުގެ ހާލަތުގައި ކަމަށްވުމުން ކަމަށް ރިޕޯޓްގައި ބުންޏެވެ.
ކޮމިޝަނުން ބުނީ:
- ޔުމްނު އާއު ރައުދު މަސްތުގެ ހާލަތަށް އައީ އެ ދެމީހުންގެ އަމިއްލަ އިހްތިޔާރުގައި ކަމަށްވާތީ އޭގެ ސަބަބުން ދިމާވި ކަންކަމުގެ ޒިންމާ އެމީހުން އުފުލަން ޖެހޭނެ ކަމަށް
- ޔުމްނު ވެއްޓުމުގެ ކުރިން ދެމީހުންގެ ހަރަކާތްތަކަށް ބަލާއިރު އަދި އެ ރޭ ހިނގި ކަންކަން ހަނދާން ނެތް ކަމަށް ރައުދު ބުނެފައިވާތީ ޔުމްނު ވެއްޓުމުގައި ރައުދުގެ އިހުމާލު އޮތް ކަމަށް ބުރަވެވޭ ކަމަށް
ކޮމިޝަނުން މިގޮތަށް ކަނޑައެޅިއިރު ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ވަނީ އެހީއަށް ބޭނުންވެފައިވާ މީހަކަށް އެކަށީގެންވާ ސަބަބެއް ނެތި އެހީތެރިކަން ފޯރުކޮށްނުދިނުމުގެ ދައުވާ އުފުލައިފަ އެވެ. އޭނާ މިހާރު ހުރީ ބަންދުން ވެސް ދޫކޮށްލައިފަ އެވެ.
ދައުވާގެ އަސާސީ އަދަބަކީ އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ.
ރައުދަށް އެ ދައުވާކުރަނީ ޔުމްނު ވެއްޓުނުކަން އެނގި ހުރެ، އޭނާއަށް އެހީތެރިކަންދީފައި ނުވާތީ އާއި އޭނާއަށް އެހީތެރިކަން ހޯދުމަށް އެދި ކަމާ ގުޅުން ހުރި އެއްވެސް އިދާރާއަކަށް ވެސް ރިޕޯޓު ކޮށްފައި ނުވާތީ ކަމަށް ޕީޖީ އޮފީހުން ބުނެފައިވެ އެވެ.
ޔުމްނު ވެއްޓުނު މައްސަލާގައި ފުލުހުން ހިންގާ ތަހުގީގާ މެދު ސުވާލުތަކެއް އުފެދި، އިތުބާރު ގެއްލިފައިވާ މައްސަލަ ބޮޑުވުމުން ރައީސް އުފެއްދެވި ކޮމިޝަންގައި ތިއްބަވަނީ ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރާއި ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް އަހުމަދު މުހައްމަދާއި ޑރ. މޫސާ މުރާދާއި ޖަބީން މުހައްމަދާއި އައިމިނަތު އީނާސް އެވެ. ކޮމިޝަންގެ ރައީސަކީ މުނައްވަރެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މިޔަށް ރިޕޯރޓް ކިޔާތަ؟
19 June 2025
ގޭންގް ކުއްޖަކަށް ވަޅިންހަމަލާދީ މަރާލީމަ، ބުނެލަން ސަޅިދޯ އެ އޭނަ އުޅޭ ގޮތުން ވިކަމެކޭ.
އޮނަރަބްލް ބަކުރުބެ
19 June 2025
ދަންވަރު ކޮމިޝަންގެ ރިޕޯޓުގައި ގިނަކަން ކަމެއް ހަދާނެއް ނުހުންނާނެ . މި ވެސް ރިޕޯޓެއެް . ބޮލުން ނައްޓާލުން.
ކޯނީ ރިޕޯރޓް
19 June 2025
އަހަރެމެނަށްވެސް ބުރަވެވެނީ ބަޣާވާތެއް ކަމަށް.
ހަމަދު ސަލީމް
18 June 2025
ދައުލަތުން އެތައްބައިވަރު ލާރިއެއް ދުއްވާލައިގެން ހެދި ރިޕޯޓްގަ ޔުމްނު ވެއްޓުނީކަމެއް ވައްޓާލީކަމެއް، ފުންމާލީކަމެއްވެެސް ކަނޑައެޅޭކަށްނެތް. "އެއްވެސް ކަމެއް ކަނޑައެޅޭކަށް ނެތް." އެހެންވީމަ ބޮޑަށް ބުރަވެވެނީ ބަޔަކު ސަލާމަތްކުރަން ދައުލަތުން ބޭނުންވެގެން ރައީސުލްޖުމްހޫރިއްޔާ ކުޅެއްވި ޑަރާމާއެއްކަމަށް.
ދެލޯބުރޭ
19 June 2025
ރަނގަޅަށް ކައޭ ރިޕޯޓުކިޔާބާ ސަލަމު ހަމީދޫ
ހައްޖަ.
18 June 2025
ވެއްޓުނީއޭ ވައްޓާލީ އޭ ކިޔާނެކަމެއް ނެތް.ތިކަންތަކުގަ އިންސާފެއް ނުލިބޭނެ ދުވާލުގެ އިރު ފަދައިން އެގޭ ކަމެއް.މީނަ ބޮލައް ހުރިހާކަމެއް ޖަހާނެ ކަމެއް ނެއް.ކޮބާތަ ޢެކަމުގަ އުޅުން މަތް ބޭފުޅުން.ބޭފުޅުޒިޔަމް.
މައިޒާން އިއްސެ
18 June 2025
ތަޖުރިބާއިން ވާހަކަ ދައްކަމާ. ރައީސް އެކުލަވާލާ ކޮމިޝަނަކުން ނެރޭނީ އެ ރައީސަކު ބޭނުންވާ ނަތީޖާއެއް. ސިޔާސީ މީހުންގެ މައިގަނޑު އަމާޒު ހުންނާނީ ރައްޔިތުން ގުނބޯކުރުވައިގެން އެބައިމީހުންގެ ސިޔާސަތު ހިނގުމަށް. 5 އަހަރަށް ހިސާބު ޖަހައިގެން ޕާޓީ ވެރިކަން މިއަންނަނީ ރައްޔިތުންނާއި ދުރުން އަމިއްލަ އެޖެންޑާތައް ހިންގުމަށް. ރ.ނަޝީދު ނޫނީ ޔައްޔިތު ވެރިކަމެއް ކުރި މީހަކު ނެތްކަން މިހާރު އެންމެނަށް ޔަގީންވެއްޖެ.
ޑޮކްޓަރ ޝާހިދް
18 June 2025
ހަމަނުޖެހޭ ކަމަކީ ކޮމިޝަނުން ވެސް އެއްބަސް ވޭ ޕޮލިސް ތަހުގީގުގައި ބޮޑު މައްސަލަ ތަކެއް އުޅޭ ކަމައް. ފުލުހުން ގިނަ ކަން ކަމައް އިހުމާލު ވީ ކަމައް. ކަން މިހެން އޮތް އިރު ނިންމީ އަމިއްލަޔައް ވެއްޓުނީ ކަމައް.
މުޢިތް
18 June 2025
ކުރިންވެސް އިނގޭ ނުގޮތަކަށް އުޅެނިކޮން އަމިއްލައަށް ވެއްޓުނީކަން
މުޒާހަރާ
18 June 2025
ކޮބަ ދެން އާސަންދައިން ހަމަޖައްސައިދިން މެލޭޝިޔާ ދަތުރުގެ ލާރި ދައުލަތަށް އަނބުރާ ދައްކަން ގޮވާލަން މިއަންހެންމީހާގެ އާއިލާއަށް. ތިމާމެންގެ ދަރި ތިމާމެން ނުބަލާފަ ވީގެއްލުމުގެ ޒިންމާ އެޅުވީ ދިވެހި ސަރުކާރާއި ރައްޔިތުންގެ ބޮލުގަ. ކޮންމެހެން އެހީ ދިނުމަކުން މަގޭ މައްސަލައެއްނެތް. އެހީ ވާންވާނެ. އެކަމަކު ތިއާއިލާއިން އުޅުނީ ވަރަށް އެހެން ކަހަލަ ވައްތަރަކަށް.
ސޭމްސޭމް
18 June 2025
މިކޮމިޝަނުން މިހޯދުނީ ނޫސްތައް ކިޔާ މީހުންނަށް ކުރިންވެސް އެގިފައި ހުރި މިންވަރަށް. އިތުރަށް ހޯދުނު އެއްވެސް އެއްޗެއް ހާމަވެފައިވޭތޯ.