ޒީނިޔާ.-- ފޮޓޯ: ބްރޯޑްކޮމް
18 ޖޫން 2025 - 15:37
މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުން މަރިޔަމް ޒީނިޔާ ވަކިކުރި މައްސަލަ ޓްރައިބިއުނަލަށް ހުށަހަޅައިފި އެވެ.
ޒީނިޔާގެ ވަކީލް، މުހައްމަދު ފައިސަލް މިއަދު ވިދާޅުވީ މި މަހުގެ 2 ވަނަ ދުވަހު ހުށަހެޅި މައްސަލަ ޓްރައިބިއުނަލްއިން ބަލައިގަނެ، އަޑު އެހުންތައް ފަށާފައިވާ ކަމަށެވެ. އެ މައްސަލައިގެ ތެރެއިން ޒީނިޔާ ވަނީ ބްރޯޑްކޮމް އަށް ސެކްރެޓަރީ ޖެނެރަލް އެއް އައްޔަންކުރުން ހުއްޓުވައިދިނުމުގެ ވަގުތީ އަމުރަކަށް ވެސް އެދިފަ އެވެ.
ނަމަވެސް، ޓްރައިބިއުނަލްއިން މިއަދު ނިންމާފައިވަނީ އެފަދަ އަމުރެއް ނަގައިނުދެވޭނެ ކަމަށެވެ. އެހެންވެ، އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފުކުރަން ވަނީ ނިންމައިފަ އެވެ.
"ބްރޯޑްކޮމް އިން އެދުނީ އެސްޖީގެ މަގާމުގައި މީހަކު ނެތިއްޔާ ވަރަށް ދަތިވާނެ ކަމަށް. އެހެންވެ، ޓްރައިބިއުނަލް އިން ބުނީ ޒީނިޔާއާ އެއްކޮޅަށް ނިމިއްޖެ ނަމަ ބަދަލު ލިބޭނެ ކަމަށް،" ފައިސަލް ވިދާޅުވި އެވެ.
މަސައްކަތްތަކަށް ހުރަސްއެޅޭ ގޮތަށް އަމަލުކުރައްވައި އަދި ނިންމުންތައް ތަންފީޒު ކުރުމުގައި އެއްބާރުލުން ނުދެއްވާ ކަމަށް ބުނެ ތިން ދުވަހުގެ ސަސްޕެންޝަނަކަށް ފަހު. ޒީނިޔާ ބްރޯޑްކޮމް އިން ވަކިކުރެއްވީ މިދިޔަ މަހުގެ 25 ގަ އެވެ.
އޭގެ ފަހުން އެ ކޮމިޝަނުން ވަނީ އެސްޖީއެއް ހޯދަން އަންނަ ހޯމަ ދުވަހާ ހަމައަށް ފުރުސަތު ހުޅުވާލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަންދީ
18 June 2025
މ.ވ މިކަމާ ދެރަވެގެން މިރޭނުވެސްނިދޭނެ..
ބޮޑުބެގެ ބެއްޔާ
18 June 2025
ޒީނިޔާ ކޮއްކޯ ދެރަނުވޭ. އޯލެވެލް ޔޫސެޓް ލިބުނު ބައެއްގެ ދަށުގައި މަސައްކަތް ކުރުމަކީ ވަރަށް ހިތްދަތި ކަމެއް.
ފުތާބެ
18 June 2025
ޔޫ ސެޓޭ. ޒީނާމެން އަދި ކިޔެވުމުގެ ރޮގުން ސޮފާ ހިނގި މަގަކުންވެސް ނުހިނގޭނެ
ޑރ ވާންޗޯ
18 June 2025
އިބޫ ކީއްވެބާ ދެވަނަ ދައުރެއްނުދީ ވެރިކަމުން ބޭލީމަ ޓްރައިބިއުނަލްއަށް ނުދިޔައީ؟.
ސީނިޔާ
18 June 2025
ކޮންމެތަނަކަށް ލިޔަސް އުޅުނު ހުރިހާތެނެއްގަ ކަތުރު ފަނި އެޅުވިމީހަކަށް ކާމިޔާބު ވުމެއްނެތް.. އިލެކްޝަން ކޮމިޝަނުންވެސް ބޭރުކޮށްލީ ތަނުގެ މަސްލަހަތު ނަގާލާ ބައިބައި ކުރާތީވެ..