ބިދޭސީންގެ މައުލޫމާތު އެއްކުރަން މާލޭ ސަރަހައްދުގައި މިދިޔަ ޖެނުއަރީ މަހު ހިންގި އޮޕަރޭޝަނުގައި ބިދޭސީންތަކެއް މައުލޫމާތު ދޭން ކިއުގައި މަޑުކޮށްލައިގެން. ފޮޓޯ: ފަޔާޒު މޫސާ | މިހާރު
19 ޖޫން 2025 - 14:31
ބިދޭސީންގެ ބަޔޯމެޓްރިކްސް ހިއްސާކުރަން ދިން މުއްދަތު މި މަހުގެ ނިޔަލަށް އިތުރުކޮށް، އެންމެ ފަހު ފުރުސަތު މިއަދު ދީފި އެވެ.
ހޯމްލޭންޑު ސެކިއުރިޓީ މިނިސްޓްރީން މިއަދު ކުރި އިއުލާނުގައި ބުނީ އެކްސްޕެޓް ސިސްޓަމްގައި ރަޖިސްޓްރީކޮށްފައިވާ ބައެއް ފަރާތްތަކުގެ ނަން މަތީގައި ރާއްޖެ ގެނެސްފައިވާ ބައެއް ބިދޭސީންގެ ބައޯމެޓްރިކްސް އަޕްޑޭޓްނުކުރާ ކަން ފާހަގަކުރެވޭ ކަމަށެވެ.
އެހެންވެ، މި މަހުގެ 30ގެ ކުރިން އަޕްޑޭޓްނުކޮށްފި ނަމަ، އަންނަ މަހުގެ 13 ގެ ކުރިން ފިޔަވަޅު އަޅަން ފަށާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
އެ މިނިސްޓްރީން ބަޔޯމެޓްރިކްސް އަޕްޑޭޓުކުރުމަށް އެންމެ ފަހުން މުއްދަތު ދިނީ މިިދިޔަ އޭޕްރީލް 20 ވަނަ ދުވަހާ ހަމައަށެވެ. ނަމަވެސް، އަދި ވެސް ގިނަ ބަޔަކު އެދެމުންދާތީ މުއްދަތު އިތުރުކުރީ ކަމަށް މިނިސްޓްރީން ބުންޏެވެ.
- ބައޯމެޓްރިކްސް އަޕްޑޭޑްނުކޮށް، އެކްޓިވް ވޯކުޕާމިޓެއްގައި ރާއްޖޭގައި ހުރި ބިދޭސީއެއް ނަމަ، އެ ބިދޭސީއަކު ވަޒީފާގައި ގެންގުޅޭ ފަރާތަށް އެކްސްޕެޓް ސިސްޓަމްއިން ދޭ ހުރިހާ ހިދުމަތްތަކެއް މެދުކަނޑާލުން.
- ބައޯމެޓްރިކްސް އަޕްޑޭޓްނުކޮށް، އެކްޓިވް ވޯކުޕާމިޓެއްގައި 4 މަހަށް ވުރެ ގިނަ ދުވަހަށް ރާއްޖެއިން ގޮސްފައިވާ ބިދޭސީއެއް ނަމަ އެ ބިދޭސީއަކަށް ދޫކޮށްފައިވާ ވޯކް ޕާމިޓް އެކްސްޕެޓް ސިސްޓަމް ރިކޯޑްތަކަށް ބެލުމަށް ފަހު ބާތިލްކުރުން
- ބައޯމެޓްރިކްސް އަޕްޑޭޓްނުކޮށް، އެކްޓިވް ނޫން ވޯކުޕާމިޓެއްގައި ރާއްޖޭގައި ހުރެ ގާނޫނާއި ގަވާއިދުގެ ތެރެއިން ވަޒީފާދޭ ފަރާތެއް ހުރި ބިދޭސީއެއް ނަމަ ބައޯމެޓްރިކްސް އަޕްޑޭޓްކުރުމަށްފަހު ރެގިއުލަރައިޒް ކުރުމުގެ ފުރުސަތު ދިނުން
- ބައޯމެޓްރިކްސް އަޕްޑޭޓްނުކޮށް، އެކްޓިވް ނޫން ވޯކްޕާމިޓެއްގައި ރާއްޖޭގައި ހުރެ ގާނޫނާ ހިލާފަށް މަސައްކަތްކުރާ ބިދޭސީއެއް ނަމަ އެ ބިދޭސީއަކު ޑީޕޯޓްކޮށް ވޯކް ޕާމިޓް ބާތިލްކުރުން
- ބައޯމެޓްރިކްސް އަޕްޑޭޓްނުކޮށް، އެކްޓިވް ނޫން ވާކްޕަމިޓެއްގައި ރާއްޖެއިން ފުރައިގެން ގޮސްފައިވާ ބިދޭސީއެއް ނަމަ އެ ބިދޭސީއަކަށް ދޫކޮށްފައިވާ ވޯކް ޕާމިޓް ސިސްޓަމް ރެކޯޑްތައް ބެލުމަށްފަހު ބާތިލްކުރުން
- ބައޯމެޓްރިކްސް އަޕްޑޭޓްކުރުމަށް ފަހު އެކްޓިވް ވޯކް ޕާމިޓެއްގައި އެއް އަހަރަށް ވުރެ ދިގު މުއްދަތަކަށް ރާއްޖެއިން ބޭރުގައި ހުރި ބިދޭސީއެއް ނަމަ، އެ ބިދޭސީއަކަށް ދޫކޮށްފައިވާ ވޯކް ޕާމިޓް ސިސްޓަމް ރެކޯޑްތައް ބެލުމަށްފަހު ބާތިލްކުރުން
- ބައޯމެޓްރިކްސް އަޕްޑޭޓް ކޮށްފައިވާ ބިދޭސީންގެ ތެރެއިން އެކްޓިވް ނޫން ވޯކް ޕާމިޓެއްގައި ހުރި ބިދޭސީއަކަށް ވަޒީފާދޭނެ ފަރާތެއް ހުރެއްޖެނަމަ އެ މީހަކަށް ރެގިއުލަރައިޒް ވުމުގެ ފުރުސަތު ދިނުން
- ބައޯމެޓްރިކްސް އަޕްޑޭޓް ކޮށްފައިވާ ބިދޭސީންގެ ތެރެއިން އެކްޓިވް ނޫން ވޯކް ޕާމިޓެއްގައި ރާއްޖެއިން ބޭރުގައި ހަތަރު މަހަށް ވުރެ ގިނަ ދުވަސް ވެއްޖެނަމަ ސިސްޓަމް ރެކޯޑްތައް ބެލުމަށް ވޯކް ޕާމިޓް ބާތިލްކުރުން.
ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ ބައޯމެޓްރިކް މައުލޫމާތު ނަގަން "ކުރަނގި" އޮޕަރޭޝަން ފެށީ މެއި، 2024 ގަ އެވެ. އެ އޮޕަރޭޝަންގެ ދަށުން މީހުން ދިރިއުޅޭ ގިނަ ރަށްރަށާއި ސިނާއީ މަސައްކަތްކުރާ ތަންތަނުން ވަނީ މައުލޫމާތު އެއްކޮށްފަ އެވެ. އޭގެ ތެރެއިން 25،000 އަށްވުރެ ގިނަ ބިދޭސީން ރެގިއުލޭޓް ކޮށްފައިވާ ކަމަށް ސަރުކާރުން ބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އޮނަރަބްލް އަފީފު ދީދީ
20 June 2025
އިމިޤްރޭޝަން ޤާނޫނާއި ޙިލާފް ބިދޭސިން ހުއްޓުވޭނީ ފުރަތަމަ އެމީހުނަށް ނާދެވޭގޮތް ހެދުމަށްޓަކާ ޔޯރަޕިއަން ޔޫނިއަންގެ ޤައުމުތަކާއި، އިޤިރޭސިވިލާތް، ސްވިޓްޒަލެންޑް، ޖެޕާން، ކޮރެއާ، ސައުދީ، ޤަޓަރ، ކްވެއިތު، ޔޫއޭއީ، ރަޝިޔާ، ސިންގަޕޯރ، ތައިލެންޑް، މެލޭޝިޔާ، އޮސްޓްރޭލިއާ، ނިއުޒީލަންޑް، ކެނަޑާ، އެމަރިކާ، ސައުތުއެފްރިކާ ޗައިނާ، އިންޑިޔާ، އާއި ލަންކާ ނޫން ޤައުމުތަކުގެ އޯޑިނެރީ ޕާސްޕޯޓް ހޮލްޑަރުންނަށް އެޑްވާންސް ވީސާނެތި ރާއްޖެއަށް ނާދެވޭގޮތް ހަދައިގެން.
އޮނަރަބްލް އަފީފު ދީދީ
20 June 2025
ދުނިޔޭގެ އެންމެ އަގުބޮޑު ލަޤްޒަރީ ޓްއަރިޒަމް އޮތް މި ޤައުމުގެ ފަތުރުވެރި ކަމުގެ ސިނާއަތުގެ ރައްކާތެރި ކަމަށްޓަކާވެސް މިފަދަ ބިދޭސިންނަށް ހިތުހުރި ގޮތަކަށް ރާއްޖެ އެތެރެ ނުވެވޭނެ ގޮތް ހެދުމަށް ދުނިޔޭގެ ޤައުމު ތަކުންވެސް މިހާރު ކަންކުރާ ގޮތަށް ރާއްޖޭގައިވެސް ރާއްޖެ އައުމުގެ 24 ގަނޑި އިރު ކުރިން Electronic Travel Authorization (ETA) ފޯމް އޮންލައިންކޮށް ފުރައި އަންނަ މީހާގެ މުހިންމު މޢުލޫމާތު ޙިއްސާކުރަން ޖެހޭގޮތް ހެދުމަކީ ވަރަށް މުހިންމު ކަމެއް.
މަހަރާ
20 June 2025
"މީހުން ދިރިއުޅޭ ގިނަ ރަށްރަށާއި ސިނާއީ މަސައްކަތްކުރާ ތަންތަނުން ވަނީ މައުލޫމާތު އެއްކޮށްފަ އެވެ. އޭގެ ތެރެއިން 25،000 އަށްވުރެ ގިނަ ބިދޭސީން ރެގިއުލޭޓް ކޮށްފައިވާ ކަމަށް ސަރުކާރުން ބުނެއެވެ." ބެލީ ކިހިނެއްތޯ. ހަމަ ޤަބޫލު ނުކުރެވޭތީ އަހާލީ. އެއްވެސް ރަށަކުން ބޭރުމީހަކު ނުފުރޭގޮތަށް ރަށްތައް ބަންދުކޮށްލާފަ ނޫނީ ލާހިކެއްނޫން ތިކަން ހަމަ މަގަށް އަޅުވާކަށް. ބޭރުމީހުން ފޮރުވައިދޭނީވެސް ޤައުމަށް ޣައްދާރު މުއްސަނދިންނާ ދަނޑުވެރި ރަށްތަކުގައި.
ޑރ ވާންޗޯ
19 June 2025
ތިޔަމީހުންތައް މަދުނުކޮށް ގައުމުގަ ޑޮލަރގެއަގު ތިރިކުރުމަކީ އުނދަގޫކަމެއް. ކުރާނެކޮންމެ ވިޔަފާރުއެއްކުރަންވީ ހުއްދައެއް ބޭނުމެއްނުވޭ ބަލާނެބަޔަކުނެތް ކޮރަޕްސަން ބޮޑުކަމުން. ދެން އެފައިސާގަ ކޮންމެއަގެއްގަ ބްލެކްގަ ޑޮލަރހުއްޓަސް ބަންގާޅީންތައް ޑޮލަރގަނެފަ ފޮނުވަނީ. މިގައުމު މީހީވަނީ ބަންގާޅީން ގެހިތަކަށް. ދިވެހިންގެ ވިޔަފާރިތައް ބަނގުރޫޓު.
އޮނަރަބްލް އަފީފު ދީދީ
19 June 2025
މިމަހު 30 ވަނަ ދުވަހުގެ ނިޔަލަށް ބައޯމެޓްރިކްސް އަޕްޑޭޓް ނުދީފިނަމަ އަޅާނެ ފިޔަވަޅުތައް ކަމަށް ބުނެފައިވާ ފިޔަވަޅު ތަކުގެ ތެރެއިން އެންމެ ފުރަތަމަ އޮތް ފިޔަވަޅު ފިޔަވާ ދެންހުރީ މުޅިންވެސް "އޭގެ މަޤސަދު ހާސިލް ނުވާނެ" އަދި ބައޯމެޓްރިކްސް ނުދިން ފަރާތަށް އަދަބެއް ދިނުމަށް އަޅާފައިވާ ފިޔަވަޅު ތަކެއް ކަމަށް ޤަބޫލު ކުރަން ވަަރަށް ދަތި. ފުރަތަމަ ފިޔަވަޅުގައިވެސް ބިދޭސިމީހާ އަށް ވުރެން ބޮޑަށް އަދަބު ދީފައިވަނީ ދިވެހި މީހާއަށް ކަންވެސް ފާހަގަ ކުރެވޭ.
އޮނަރަބްލް އަފީފު ދީދީ
19 June 2025
އަޅާ ފިޔަވަޅުގެ 2 ވަނައަށް އޮތް ނުކުތާގައި ބުނާ ބައޯމެޓްރިކް އަޕްޑޭޓްކުރަން އަންގާފައިވަނިކޮށް އެކަން ނުކޮށް ފުރައިގެންގޮސް 4 މަސް ފަހުން ރާއްޖެ އަންނަ ބިދޭސިމީހާގެ މުއްދަތު ހަމަނުވާ ވާކްވީސާއެއް އޮތް ކަމަށް ވިޔަސް "އިތުރު ޝަރުތެއް ނެތި" އޭނާގެ ވާކްވީސާ ކެންސަލް ނުކުރާންވީ ކީއްވެ؟! ކުރިން ލުއިދިންގޮތަށް އަނެއްކާވެސް ލުއިދޭން ފަށައިފިނަމަ ކުރި ހުރިހާ މަސައްކަތެއް ބޭކާރުވެ ދައުލަތުން ކުރި ޙަރަދަކީ އިސްރާފެއް ކަމަށް ވެގެން ހިގައިދާނެ އިގޭތޯ.
އޮނަރަބްލް އަފީފު ދީދީ
19 June 2025
ތިންވަނަ ނުހުތާގައި ބުނާގޮތަށް "ބައޯމެޓްރިކްސް އަޕްޑޭޓްނުކޮށް، އެކްޓިވް ނޫން ވޯކުޕާމިޓެއްގައި ރާއްޖޭގައި ހުރިމީހާއަށް ޤާނޫނާއި ޤަވާއިދުގެ ތެރެއިން ވަޒީފާދޭ ފަރާތެއް ހުރިނަމަ ބައޯމެޓްރިކްސް އަޕްޑޭޓްކުރުމަށްފަހު ރެގިއުލަރައިޒް ކުރުމުގެ ފުރުސަތު ދިނުމަކީ އެއްގޮތަކަށްވެސް ކޮށްގެން ވާނެ ކަމެއްނޫން. މިއީ މިކަމުގައި ނާޖާއިޒު މަންފާ ނެގުމަށްޓަކާ މިކަން ކުރި ބަޔަކު ގަސްތުގައި ހިމަނާފައިއޮތް ހީލަތްތެރި ޕޮއިންޓެއް ކަމަށް ދެކެން. މިކަން ބަދަލު ކުރާންޖެހޭ.
އޮނަރަބްލް އަފީފު ދީދީ
19 June 2025
އަޅާނެ ކަމަށް ވިދާޅުވާ ފިޔަވަޅު ތަކުގެ 4 ވަނަ ނުގުތާގައިވެސް ތަރުތީބު އޮޅުވާލާފައި "ރާއްޖެއިން ޑީޕޯޓްކޮށް، ވާކްވީސާ ކެންސަލް ކުރާނެ ވާހަކަ އޮތުމުން" ކަން ބޮޑުވޭ. ޑީޕޯޓް ކުރާން ޖެހެނީ އޭނާ ރާއްޖޭގެ ޤާނޫނާއި ޤަވާއިދާއި ޙިލާފުވެފައިވާތީ ކަމަށް ވާނަމަ އޭނާ ޑީޕޯޓް ކުރުމުގެ ކުރިން ވާކްވީސާ ފަދަ އޭނައަށް ދީފައިވާ ހުރިހާ ހުއްދަ ތަކެއް ކެންސަލް ކުރާން ވާނެ ކަމަށް އަޅުގަނޑު ޤަބޫލު ކުރަނީ. ކީއްވެ މި ތަރުތީބު އޮޅުވާލާފައި ވަނީ؟! ގަސްތުގައި ކުރިކަމެއްތޯ.
އޮނަރަބްލް އަފީފު ދީދީ
19 June 2025
ބައޯމެޓްރިކްސް ނުދީ އަދި އެކްޓިވް ނޫން ވާކްޕާމިޓެއް އޮތް މީހަކު ރާއްޖެ އައި ކަމަށް ވިޔަސް އެއްވެސް ރިކޯޑަކަށް ބަލާފައި އޭނާއަށް ރާއްޖޭގައި މަސައްކަތް ކުރަން ފުރުސަތު ދެވޭގޮތަށް 5 ވަނަ ނުގުތާގައި (އަޅާނެ ފިޔަވަޅު ތަކުގެ) އޮތް އޮތުން ބަދަލު ކުރާން ޖެހޭ. ރާއްޖޭގައި މަސައްކަތް ކުރަން އަންނަ މީހާ ރާއްޖެ އަންނާންވާނީ ވެސް ޤާނޫނާއި ޤަވާއިދު ތަކުގެ ތެރެއިން ނަގާންޖެހޭ ހުއްދަތައް ނަގައިގެން ޤަވާއިދާ އެއްގޮތަށް. އެނޫން ގޮތަކަށް މިކަން އޮވެގެން ނުވާނެ.
އޮނަރަބްލް އަފީފު ދީދީ
19 June 2025
ހަވަނަ ނުކުތާގައި ބުނާ "ބައޯމެޓްރިކްސް އަޕްޑޭޓްކުރުމަށް ފަހު އެކްޓިވް ވޯކް ޕާމިޓެއްގައި 1 އަހަރަށްވުރެ ދިގުމުއްދަތަކަށް ރާއްޖެއިން ބޭރުގައިހުރި ބިދޭސީއެއް ނަމަ" ސިސްޓަމަށް ބަލާފައި ކެންސަލް ކުރާ ގޮތަށް އޮތުމުގެ ބަދަލުގައި ހަ މަސް ނުވަތަ 12 މަސް ދުވަސް ވުމާއިއެކު އޮޓަމެޓިކުމް ކެންސަލްވާނެ ކަމަށް ކަޑައަޅާ އެގޮތަށް ސިސްޓަމުގައި އެކަން ހަމަޖައްސާފައި ބޭއްވުން ރަނގަޅު. އެހެން ނޫނީ މިއީ ހަމަ ނެތް ނުކުތާ އެއް ފަދަ އެއްޗަކަށް ވެގެން ހިގައިދާނެ.