އިހަވަންދޫ ދާއިރާގެ މެމްބަރު އަހުމަދު ނަސީރު.
24 ޖޫން 2025 - 13:12
ދެހާސް ބާރަ ވަނަ އަހަރު އަމަލުކުރަން ފަށާފައިވާ، ތެލެސީމިއާ ކޮންޓްރޯލްކުރުމުގެ ގާނޫނަށް ފުރަތަމަ ފަހަރަށް އިސްލާހެއް ގެންނަން ހުށަހަޅައިފި އެވެ.
ތެލެސީމިއާ ކޮންޓްރޯލްކުރުމުގެ ގާނޫނެއް ރާއްޖޭގައި ފާސްކުރީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އޭޕްރީލް 25، 2012 ގަ އެވެ. އަދި މެއި 10، 2012 ގައި އެ އަށް އަމަލުކުރަން ފަށާފައިވާއިރު މިހާތަނަށް 13 އަހަރު ހޭދަވިއިރު އެ ގާނޫނަށް އެއްވެސް އިސްލާހެއް ގެނެސްފައެއް ނެތެވެ.
ސަރުކާރުގެ ފަރާތުން އިހަވަންދޫ ދާއިރާގެ މެމްބަރު އަހުމަދު ނަސީރު ހުށަހަޅުއްވާފައިވާ އެ ބިލުގެ ފުރަތަމަ ކިޔުން އިއްޔެ އިއްވި އެވެ.
އެ ބިލަކީ ތެލެސީމިއާ ރާއްޖޭގައި އިތުރުވަމުންދާތީ ކޮންޓްރޯލްކުރުމަށާއި ތެލެސީމިއާއަށް ފަރުވާ ދިނުމަށް ކަނޑައަޅާ ދައުލަތުގެ އެންމެ އިސްވެރިޔާގެ ޝަރުތުތައް ކަނޑައެޅުމާއި ތެލެސީމިއާއާ އެކު އުޅޭ މީހުންނަށް ބޭނުންވާ ފަރުވާ ފުރިހަމަ ގޮތުގައި ދިނުމުގެ އުސޫލުތައް ކަނޑައެޅުމާއި ތެލެސީމިއާ ކުދިން ލިބިދާނެ ކަމަށް ބެލެވޭ މީހުން ކައިވެނިކުރާ މީހުންގެ ދަފްތަރެއް ތައާރަފުކޮށް ބެލެހެއްޓުމުގެ ނިޒާމެއް ތައާރަފުކުރުމަށް ހުށަހެޅި އިސްލާހެކެވެ.
މެމްބަރު ނަސީމް ވިދާޅުވީ އެ ބިލާ އެކު ތެލެސީމިއާ ގާނޫނުގެ ދަށުން އުފައްދާފައިވާ ތެލެސީމިއާ އެންޑް ހިމަގްލޮބިން ސެންޓަރުގެ ޑިރެކްޓާ ޖެނަރަލްގެ ޝަރުތުތައް މުރާޖާކުރުމާއި މަގާމުގެ މަސްއޫލިއްުޔަތުތައް ވެސް ހިމަނާނެ ކަމަށެވެ. އަދި ތެލެސީމިއާ ކުދިން ލިބިދާނެ ކަމަށް ބެލެވޭ މީހުން ކައިވެނިކުރާނެ އުސޫލުތައް ކަނޑައެޅުމަށް ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.
އިސްލާހު ގެންނަނީ ތެލެސީމިއާ ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނުގެ 6 ވަނަ މާއްދާގެ ނ. އާއި ބ. އާއި ރ. އަދި ޅ. ގެ އިތުރުން އެ ބަޔަށް އަކުރެއް އިތުރުކުރުމާއި ނ. ގެ 3 ވަނަ މާއްސާ އިސްލާހުކުރުމާ އެކު 11 ވަނަ މާއްދާއަށެވެ.
އެ ބިލަށް ބަހުސް ކުރައްވަމުން ހުރާ ދާއިރާގެ މެމްބަރު އަނާރާ ނައީމް ވިދާޅުވީ އެއީ އިސްލާހެއް ބޭނުންވެފައިވާ ގާނޫނެއް ކަމަށާއި ތެލެސީމިއާ ބަލީގައި ވަރަށް ހިތްދަތިކޮށް އުޅޭ އާއިލާތައް އެބަ އުޅޭ ކަމަށެވެ.
އެހެންވެ، ޒުވާނުން ކައިވެނިކުރާއިރު ވަރަށް ބޮޑަށް ވިސްނުމަށް އެދިވަޑައިގަތެވެ. އަދި އާންމުން ހޭލުންތެރިކުރުމުގެ މަސައްކަތް ފުޅާކުރަންޖެހޭކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެކަމަކު ބަހުސްގެ ތެރެއިން މަޖިލީހުގެ ޖަލްސާ ނިންމާލީ އޭޝިއަން ފޯރަމް އޮފް ޕާލިމެންޓޭރިއަންސް އޮން ޕޮޕިއުލޭޝަން އެންޑް ޑިވެލޮޕްމަންޓްގެ ބައްދަލުވުމެއް ކުރިއަށް ގެންދަން ހަމަޖެހިފައިވާތީ އެވެ.
އަބްދުއްރަހީމް ވިދާޅުވީ އެ ބިލުގެ ބަހުސްގައި ބައިވެރިވުމަށް ހުރިހާ މެމްބަރުން ވެސް ބޭނުންވާނެތީ އާއި ތެެލެސީމިއާ ކަންކަމަކީ ރާއްޖޭގައި ވަރަށް ބޮޑަށް ސަމާލުކަން ދޭންޖެހޭ ކަމަކަށްވާތީ މާދަމާގެ ޖަލްސާގައި ވެސް އެ ބިލުގެ ބަހުސް ކުރިއަށް ދާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކުރޮޅި
30 June 2025
ކެރިއަރުންނަށް ނީދެވޭ ގޮތް ހަދަންވީ
ސިއްބަތް އަޒީޒް
25 June 2025
އެއްމެ ފަހުން ތެލެސީމިއާ ކުދިންގެ ކަންކަން ހަރުދަނާ ކުރާނެ ބަޔަކުވެސް މިލިބުނީ. ޝުކުރަން ވަރަށް ބޮޑަށް ޕީއެންސީގެ ސުޕަރ މެޖޯރިޓީ ސަރުކާރަށް.
އައިންތް
25 June 2025
ތެލެސީމިއާ ކުދިންނަށް އަޅާ ނުލާ އޮތް އޮތުން ނިމުމަކަށް މިގެންނަނީ އަދުގެ ސަރުކާރުން.
ލޮކްރިލޭ
25 June 2025
އޭޕްރީލް 25، 2012 ގައި ވެރިކަމުގައި ހުރީ ވަހީދު. ބަގާވާތް ކުރީ ފެބްރުއަރީ 7،ގަ
ކޮރަލް
24 June 2025
މަޖްލީހުގެ 95 ޕަސެންޓް އަކީ ސަރުކާރުން ބިލް ޑްރާފްޓް ކޮށްފަ މަޖްލީހަށް ފޮނުވީމަ ހަމަ އެކަނި ވޯޓް ދޭން އެނގޭ މީހުންނެވެ. ގާނޫނެއް ނޭނގެ އެވެ. ގިނަ މީހުންގެ ތައުލީމީ ފެންވަރު ވެސް އަސާސީ އެވެ. އެމަކު ޑިގްރީ އެއް އޮވެގެން ވެސް މިއުޅެނީ ސަރުކާރުގެ ވަޒީފާ އެއް ނުލިބިގެންނެވެ. ޑިގްރީ ފެންވަރު ނެތި މަޖްލީހަށް ކުރިމަތި ނުލެވޭ ގޮތް ހަދަން ވީ އެވެ. ރައްޔިތުން މިވާހަކަ ދައްކަން ވީ އެވެ.
އަލީ ސ
25 June 2025
މީގެ 10 އަހަރު ކުރިންވެސް ތި ވާހަކަ ދެއްކި. އޭރު ބުނީ ތިގޮތަށް ތަޢުލީމީ ޝަަރުތެއް ލުމަކީ އެބޭފުޅުންގެ އިންސާނީ ހައްޤަށް އަރައިގަތުން ކަމަށް.
މިއައު
24 June 2025
ގްރޭޑް 10 ނިމުމުގެ ކުރިން ސްކޫލް ދައުރު ތެރޭ ސަރުކާރުން ހުރިހާ ކުދިން ޓެސްޓްކޮށް ނިންމަ ބަލަ.