ނޭޓޯ ސަމިޓުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވާހަކަ ދައްކަވަނީ: އޭނާ ވިދާޅުވީ ޣައްޒާއާ ގުޅޭ އުފާވެރި ހަބަރެއް ލިބޭނެ ކަމަށް. -- ފޮޓޯ: އޭއެފްޕީ
25 ޖޫން 2025 - 15:04
ފަލަސްތީނުގެ ޣައްޒާގައި ހަމަލާތައް ހުއްޓާލުމާ ގުޅޭ މަޝްވަރާތަކުގައި ބޮޑު ކުރިއެރުމެއް ލިބިފައިވާ ކަމަށާއި ލަސްތަކެއް ނުވެ ވަރަށް އުފާވެރި ހަބަރެއް ލިބިދާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
ނެދަލެންޑްސްގައި ކުރިއަށްދާ ނޭޓޯ ސަމިޓައި ޓްރަމްޕް ވިދާޅުވީ މި ކުރިއެރުން ލިބުނީ " އީރާނަށް އެމެރިކާއިން ދިން ހަމަލާގެ ސަބަބުން ކަމަށް ވެދާނެ" ކަމަށެވެ.
"އަޅުގަނޑު އުންމީދުކުރަނީ ޣައްޒާއާ ގުޅޭ އުފާވެރި ހަބަރެއް ލިބޭނެ ކަމަށް ... އެކަން އޮތީ ވަރަށް ގާތުގައި،" ޓްރަމްޕް ވިދާޅުވި އެވެ.
ހަމާސް އިން ވެސް ވަނީ ހަމަލާތައް ހުއްޓާލުމުގެ މަޝްވަރާތައް ކުއްލި ގޮތަކަށް ހަލުވިކޮށް އިތުރުކޮށްފައިވާ ކަމަށް މިއަދު ބުނެފަ އެވެ.
"މިސްރާއި ގަތަރުގެ ބައިވެރިންނާ އެކު ކުރިއަށް ގެންދާ މަޝްވަރާތައް އެއްވެސް އިރަކު ހުއްޓުމަކަށް ނާދޭ. އެކަމަކު މިދިޔަ ގަޑިއިރުތަކުގެ ތެރޭގައި ވަނީ މަޝްވަރާތައް ވަރުގަދަކޮށްފައި،" ހަމާސްގެ އޮފިޝަލެއް ކަމަށްވާ ތާހިރު އައްނޫރު އޭއެފްޕީއަށް ވިދާޅުވި އެވެ.
ނަމަވެސް އޭނާ ވިދާޅުވީ ހަމަލާތައް ހުއްޓާލުމާއި އިޒްރޭލުގެ ރަހީނުން މިނިވަންކުރުމާ ގުޅޭ ގޮތުން އާ ހުށަހެޅުމެއް އަދި ލިބިފައި ނެތް ކަމަށެވެ.
ޓްރަމްޕް ވިދާޅުވި ގޮތުގައި މަޝްވަރާތަކުގައި ކުރިއެރުން ލިބިފައިވާ ކަމަށް، އޭނާގެ ހާއްސަ މަންދޫބު ސްޓީވް ވިކްޓޮފް ވިދާޅުވެފައިވާ ކަމަށެވެ.
އިޒްރޭލުން ޣައްޒާގައި ހަމަލާތައް ދެމުން ގެންދާތާ 21 މަސް ދުވަސް ވެފައި ވާއިރު ހަމަލާތަކުގައި މިހާތަނަށް 65،000 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
raajje
27 June 2025
.، އިރާނުކުރިމަތީގައި ބަލިވެގަތްލަދުންސަލާމަތްވެވޭތޯ ދަށްކާހުސް ކަނޑުކޮސްވާހަކަތީ! އެމެރިކާއިން އިރާނަށްދިން ހަމަލާއިން ހަމައެކަނިވީކަމަކީ އިރާނުގެއާރާބާރު ދުނިޔެއަށްހާމަވުމާ އެމެރިކާގެ ބަލިކަށިކަމާ ދަށްކާވާހަކަތަކުގައި ހަގީގަތެއްނެތްކަމާ ސުޕަޕަވަރއެއްކަމަށް ހެދިގެންއުޅޭބައެއްކަން ހާމަވެ އެމެރިކާބޭޒާރުވުން، މުޅިދުނިޔެ މިހާރު ޓުރަންޕުބަލައިގަންނަނީ މޮޔައެއްކަމަށް ހާއްސަކޮށްއެމެރިކާގެ ރައްޔިތުންދެކެނީ ޓުރަންޕަކީ ސައިކޯއެއްކަމަށް
ގުދުގުދާބެއްޔާ
25 June 2025
ޓުރަންޕު ކަމެއް ކުރަންޏާ އިޒްރޭލާ ފަލަސްތީނު ވަކިކޮއް ދެދައުލަތެއް ހަދާބަލަ އަދި އެދެމެދު އެމެރިކާވެސް ބައިވެރިވާ އަދި އިސްލާމީ ގަމުތައްވެސް ބައިވެރިވާ ބަފަރ ޒޯންނެއްލާ 24 ގަޑި އިރު ބަލަހައްޓާ ސިފައިން ތިބޭ ތަނެއް ހަދާބަލަ! އޭރުން ހުރިހާކަމެއް ނިމުނީ!
އެނަން
25 June 2025
ތިޔަބުނާ ކަންތައް ނުކުރަންވެގެންތާ އެތިބެނީ. މެދުއިރުމައްޗަށް ސުލްހަ އައިސް އަރަބި ޤައުމުތައް ކުރިއަރިގެން ގޮސްދާނެތީވެ އެމެރިކާ ބިރުގަނޭ.
އަފްރާސިޔާބު
26 June 2025
މިހާރުވެސް އެފަދަ ސަލާމަތީ ޒޯނެއް ލައިގެން އަރަބީން ތިބީ. އެއީ ފަލަސްތީނު އިނގިރޭސީންނަށް ވިއްކާލާފައި އުރުދުން އޭ ކިޔާ ގައުމެއް އުފައްދާފައި އެތާގެ ރަސްގެފާނަށް އިނގިރޭސި އަންހެންކުއްޖަކު ލިބިދީފައި އެރަސްގެފާނުގެ އިނގިރޭސި އަބިކަބަލުންނަށް ވެރިކަން ހަވާލު ކުރުން. އެހެން ކަމުން މިނިވަން ކަމަށް ފަލަސްތީނު ކުރާކަން ހުއްޓުވުމަކީ އަދި އިސްރާއީލް ހިމާޔަތް ކުރުމަކީ ވިއްކިމީހުންނާއި ގަތްމީހުންގެ ވާޖިބެއް. އެކަން ކުރެވެން އޮތީ ފަލަސްތީނު މީހުންނައްތާލައ
raajje
27 June 2025
ގުދުގުދާބެއްޔާ: އިޒުރޭލަކީ ފަލަސްތީނުގެބިމުގައި އޮންނަންޖެހޭ ތަނެއްނޫން، ހަނގުރާމަހުއްޓުނީކަމަށްހީނުކުރާތީ ހަނގުރާމައަދިއޮތީ ކުރިޔަށް، ޔެހޮވަރުގެ ހަނގުރާމައެއް ފެށުމާއެކު ރާއްޖޭގެ ޓުއަރިޒަމްވެސްހުއްޓޭނެ، ސަބަބަކީ ފުލައިޓުތަކުގެ ދަރުތުތަށް ހުއްޓާލަންޖެހޭތީ، ދިވެހިން މިކަމަށްހޭލާ ފިޔަވަޅުތައްމިހާރުންމިހާރަށް އަޅަންޖެހޭ، ކޮންފިޔަވަޅެއް؟ އާންމުދަނީލިބޭނެ ގިނަމަގުތައް ފަހިކުރުން، ޓުއަރިޒަމަށްއެކަނި ޑިޕެންޑްނުވުން
މާކޮސް
25 June 2025
ތެދެއްބުނުމަކީ މީނަ ވަރަށްކުރާ ހިތްވާކަމެއް އެހެނަސް މީނާއަށް ޖެހިފައި ހުރި ބައްޔެއްގެ ސަބަބުން ދޮގު ހެނދެނީކަމަށް ނަތަންޔާހޫ ބުނެއެެވެ.
އަފްރާސިޔާބު
26 June 2025
ނަތަންޔާހޫ އިއްވަނީ އަރަބި ވެރިންގެ ބަސް. އަރަބި ވެރިންނާއި ނަތަންޔާހޫ އަކީ އެއްމިސްރާބަށް ދެ ދިމާއަކުން ދަތުރުކުރާ ބައެއް.
އަފްރާސިޔާބު
25 June 2025
އަނެއްކާ ކަލޯ ދައްކާ އުފާވެރި ޚަބަރަކީ އީރާނަށް ދެއްކި ކަހަލަ ބިރުވެރިކަމެއްނޫންބާ؟ ގައިމުވެސް އީރާނުގެ މަސްދަރުތަކުން ލިބޭ ޚަބަރުތަކުގައި ގާޒާގެ ހަގުރާމަ އަށް ހައްލެއްގެންނަންޖެހޭ ކަމަށް ހަނގުރާމަ ހުއްޓާލުމަށް ކުރެވުނު ޝަރުޠުގެ ތެރޭގައި އޮތްނަމަވެސް އެއަށް ޓްރަމްޕް އިޙްތިރާމް ކުރާނޭ ކަމަށް ނުބެލެވޭ ކަމަށް ބުނެފައިވޭ. ސަބަބީ ޓްރަމްޕަކީ އިތުރުބާރު ނުކުރެވޭ މީހަކަށް އީރާނުގެ ރައްޔިތުން ގަބޫލުކުރާތީ.