ޚަބަރު / ތެލެސީމިއާ

ތެލަސީމިއާ ގާނޫނަށް 13 އަހަރު ފަހުން ހުށަހެޅި ފުރަތަމަ އިސްލާހުގެ ބިލް ބަލައިގެންފި

މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން --

ދެހާސް ބާރަ ވަނަ އަހަރު އަމަލުކުރަން ފަށާފައިވާ، ތެލެސީމިއާ ކޮންޓްރޯލްކުރުމުގެ ގާނޫނަށް ފުރަތަމަ ފަހަރަށް އިސްލާހެއް ގެންނަން ހުށަހެޅި ބިލް މިއަދު ރައްޔިތުންގެ މަޖިލީހުން ބަލައިގެންފި އެވެ.

ސަރުކާރުގެ ފަރާތުން އިހަވަންދޫ ދާއިރާގެ މެމްބަރު އަހުމަދު ނަސީރު ހުށަހެޅުއްވި ބިލް ބަލައިގަންނަން 49 މެންބަރުން ވޯޓު ދެއްވި އެވެ. ބިލާ ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވަ އެވެ.

ތެލެސީމިއާ ކޮންޓްރޯލްކުރުމުގެ ގާނޫނެއް ރާއްޖޭގައި ފާސްކުރީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އޭޕްރީލް 25، 2012 ގަ އެވެ. އަދި މެއި 10، 2012 ގައި އެ އަށް އަމަލުކުރަން ފަށައި މި ހޭދަވި 13 އަހަރު ތެރޭ އެ ގާނޫނަށް އެއްވެސް އިސްލާހެއް ގެނެސްފައެއް ނެތެވެ.

އަލަށް މަޖިލީހަށް ހުށަހެޅި ބިލަކީ ރާއްޖޭގައި ތެލެސީމިއާ އިތުރުވަމުންދާތީ އެކަން ކޮންޓްރޯލްކުރުމަށާއި ތެލެސީމިއާއަށް ފަރުވާ ދިނުމަށް ކަނޑައަޅާ ދައުލަތުގެ އެންމެ އިސްވެރިޔާގެ ޝަރުތުތައް ކަނޑައެޅުމާއި ތެލެސީމިއާއާ އެކު އުޅޭ މީހުންނަށް ބޭނުންވާ ފަރުވާ ފުރިހަމަ ގޮތުގައި ދިނުމުގެ އުސޫލުތައް ކަނޑައެޅުމާއި ތެލެސީމިއާ ކުދިން ލިބިދާނެ ކަމަށް ބެލެވޭ މީހުން ކައިވެނިކުރާ މީހުންގެ ދަފްތަރެއް ތައާރަފުކޮށް ބެލެހެއްޓުމުގެ ނިޒާމެއް ތައާރަފުކުރުމަށް ހުށަހެޅި އިސްލާހެކެވެ.

މެމްބަރު ނަސީމް ވިދާޅުވީ އެ ބިލާ އެކު، ތެލެސީމިއާ ގާނޫނުގެ ދަށުން އުފައްދާފައިވާ ތެލެސީމިއާ އެންޑް ހިމަގްލޮބިން ސެންޓަރުގެ ޑިރެކްޓާ ޖެނަރަލްގެ ޝަރުތުތައް މުރާޖާކުރުމާއި މަގާމުގެ މަސްއޫލިއްުޔަތުތައް ވެސް ހިމަނާނެ ކަމަށެވެ. އަދި ތެލެސީމިއާ ކުދިން ލިބިދާނެ ކަމަށް ބެލެވޭ މީހުން ކައިވެނިކުރާނެ އުސޫލުތައް ކަނޑައެޅުމަށް ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އިސްލާހު ގެންނަނީ ތެލެސީމިއާ ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނުގެ 6 ވަނަ މާއްދާގެ ނ. އާއި ބ. އާއި ރ. އަދި ޅ. ގެ އިތުރުން އެ ބަޔަށް އަކުރެއް އިތުރުކުރުމާއި ނ. ގެ 3 ވަނަ މާއްސާ އިސްލާހުކުރުމާ އެކު 11 ވަނަ މާއްދާއަށެވެ.

އެ ބިލަށް ބަހުސް ކުރައްވަމުން ހުރާ ދާއިރާގެ މެމްބަރު އަނާރާ ނައީމް ވިދާޅުވީ އެއީ އިސްލާހެއް ބޭނުންވެފައިވާ ގާނޫނެއް ކަމަށާއި ތެލެސީމިއާ ބަލީގައި ވަރަށް ހިތްދަތިކޮށް އުޅޭ އާއިލާތައް އެބަ އުޅޭ ކަމަށެވެ.

އެހެންވެ، ޒުވާނުން ކައިވެނިކުރާއިރު ވަރަށް ބޮޑަށް ވިސްނުމަށް އެދިވަޑައިގަތެވެ. އަދި އާންމުން ހޭލުންތެރިކުރުމުގެ މަސައްކަތް ފުޅާކުރަންޖެހޭކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެކަމަކު ބަހުސްގެ ތެރެއިން މަޖިލީހުގެ ޖަލްސާ ނިންމާލީ އޭޝިއަން ފޯރަމް އޮފް ޕާލިމެންޓޭރިއަންސް އޮން ޕޮޕިއުލޭޝަން އެންޑް ޑިވެލޮޕްމަންޓްގެ ބައްދަލުވުމެއް ކުރިއަށް ގެންދަން ހަމަޖެހިފައިވާތީ އެވެ.

އަބްދުއްރަހީމް ވިދާޅުވީ އެ ބިލުގެ ބަހުސްގައި ބައިވެރިވުމަށް ހުރިހާ މެމްބަރުން ވެސް ބޭނުންވާނެތީ އާއި ތެެލެސީމިއާ ކަންކަމަކީ ރާއްޖޭގައި ވަރަށް ބޮޑަށް ސަމާލުކަން ދޭންޖެހޭ ކަމަކަށްވާތީ މާދަމާގެ ޖަލްސާގައި ވެސް އެ ބިލުގެ ބަހުސް ކުރިއަށް ދާނެ ކަމަށެވެ.

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 100%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454