ތޮއްޑޫ ކައިރިން ފެނުނު މާވަހަރު ކަމަށް ބުނާ އެތި.-- ފޮޓޯ: މައިމޫން
02 ޖުލައި 2025 - 10:09
އއ. ތޮއްޑޫ ކައިރިއަށް މަހަށް ނުކުމެ އުޅުނު ޒުވާނުންތަކަކަށް މާވަހަރެއް ކަމަށް ބެލެވޭ އެއްޗެއް އިއްޔެ ފެނިއްޖެ އެވެ.
މާވަހަރުގެ އަގު ބޮޑު ވައްތަރު ކަމަށްވާ ހުދަންބަރެއް ފެނުނީ ތޮއްޑޫ ކައިރިއަށް މަހަށް ނުކުމެ އުޅުނު އެ އަތޮޅު އުކުޅަހުގެ ޒުވާނުންތަކަކަށެވެ.
ޑިންގީގައި އެ ވަގުތު ތިބި ތިން މީހުންގެ ތެރެއިން އަލީ ޝަހީމް ހަސަން "މިހާރު"އަށް ބުނީ ގްރޫޕް ހަދައިގެން ދޭތެރެއަކުން އެ މީހުން މަޖާކޮށްލަން މަހަށް ނުކުންނަ ކަމަށެވެ. އިއްޔެއަކީ ވެސް އެ ތިން މީހުންނަށް އެ ކަހަލަ ދުވަހެކެވެ.
އެ މީހުންނަށް ފެނުނީ ހުދަންބަރެއް ކަމަށް މީގެ ކުރިން މާވަހަރު ފެނުނު މީހުން، ބުނެފައިވާ ކަމަށް ވެސް ޝަހީމް ބުންޏެވެ.
އެ އެތީގެ ބަރުދަނުގައި 12-15 ކިލޯ އެބަހުއްޓެވެ.
"ޓެސްޓުކުރެވޭނެ ގޮތްތަކެއް އޮތްތޯ މި ބަލަނީ،" ޝަހީމް ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
raajje
03 July 2025
ކުޑައިރު އަތިރިމަތިން މީގެއެއްޗެހި ދެކެންބައިވަރު ހެހެ
ލޮކި
02 July 2025
އާނ.މިއަފީފު ލިޔާނެ ފަހަރަކު ހަތްދިހަ ކޮމެންޓު
ހީހީ ސުލީހް
02 July 2025
ތީގެން %30 ސަރުކާރަށް ނަގަންޖެހޭ
މަނީ ޕްރޮބްލަމް
02 July 2025
ޕާޓޭންނަށް މިކަންނޭގޭތަ? ގައިމު ރެޔާދުވާލު މީސްމީހުންގެ މަގުމަތީ ބަހައްޓަފައި ހުންނަ ކުނިކޮތަޅު ހޭވުމެ ބަދަލުގައި މިކަމުގައި އުޅޭނަމަ ކިހާރަގަޅު
ވަށޮދިޔެގެ ފީބޯޅާ
02 July 2025
އަހަރެންވެސް ތީގޭ ބޮޑުބޮޑު އެއްޗެއް އެއްފަހަރުނެގިން. ވެރިފައިވެސްކުރިން ބުނީ ބަރާބަރު މާވަހަރެކޭ. އަހަންނަކަށް ނުނިދުނު ހިޔާލުގިނަވެ އުފަލުން ފޮޅެންފަށައިފި. ލޯނުގެ ބާކީދައްކާފައި މާލެއިން 4 މިލިއަނަށް ބިމެއްގަނެ ކުދިން ބޭރަށް ކިޔަވަން ފޮނުވައި ދެއަންބަށް މީހަކަ އިދެ ހުރިހާ މުހިންމު ޚަދަކޮށް އަދިވެސް ބާކީވާނެ 2 މިލިއަން. އެކަމަކު ވީ މުޅިން އެހެންގޮތެއް. އެސޮރު، މިބުނީ މާވަހަރު ބޭރަށް ނުފޮނުވެނީ ހިނދެމުން ހިނދެމުންގެސް ހުލިވެއްޖެ. ފޭކު އެއްޗެއް!
ރަދީފްއޮފިޝަލް /
02 July 2025
އެހެންމެއި ތެ ހޮވީ ރަބަރަ ހަން ބޯޅާއް ނުނީ. ކެހެއި ދެރަ ދީ.
ލޭޒީ ބަޑީ
02 July 2025
ކޮންމެރަށެއް ވަށައި ކަންޑު އޮންނައިރު އަދި އެހާ ބޮޑަށް ވަގުތުން މުއްސަދިވާން ބޭނުން މީހުން އެހާ ގިނަ އިރު ކީއްވެބާ ކޮންމެ ދުވަހަކު މީހުން މީކަމުގައި ނޫޅެނީ. ހަމަ ކަންނެތީ ދޯ.
raajje
03 July 2025
އަޅުގަނޑުމިހާރުވެސް އަތިރިމަތީ ހިނގަންޏާ ބަލަންމީގެ އެއްޗެއްފެނޭތޯ، ކުޑައިރު ވަރަށްގިނައިން ފެންނައެއްޗެއްމީ، މިހާރަކުނުފެނޭ، ކުޑައިރު ފެނުނަކަސްނޭންގޭނުން ކޯއްޗެއްކަމެއްދޯ
ނަސީބަކީ ކަތީބު ދޭ އެއްޗެއްނުން
02 July 2025
ތީރަގަޅު އެއްޗެއްކަމަށްވާނަމަ ތިލިބުނީ ހަތަރު ފަސްމިލިއަން ރުފިޔާ. އަހަރުމެންގެ ސިޔާބޭފުޅުންވެސް ލިބޭއެއްޗަކުން ނުވާނަމަ، ކޮރަޕްޓް އަމަލުނުހިންގާ ޑިއުޓީ ނިމުނީމަ، ނޭގޭކަމަށް ހަދާފައި މޫދަށް އެރިލަބަލަ ހަމަ މިހާރު ތިއަދާކުރާ ވަޒީފާގަޑު އެއްލާލާފައި ކަމެއްނުކޮށް ހުރެވޭވަރު އެއްޗެއްވިސް ފެނިދާނެ.
ކޮބާ
02 July 2025
ޖެމްކިއު އޮތް ނަމަ.. ރަނެއް....
ކިޔުން
02 July 2025
3 ޒުވާނުންނަށް މަރުޙަބާ. ބޭންކް އަށް %30 ދޭން ޖެހިދާނެ. ވިސްނައިގެން ތިބޭތި!!!
ރަދީފްއޮފިޝަލް / މާވަހަރު
02 July 2025
3 ޒުވާނުންނަށް މަރުހަބާ.ފައިސާގެ ދަތިކަަން މިހާ ބޮޑު ދުވަސްވަރެއްގަ 3 ޒުވާނުންނަށް ތިޔަ ލިބުނީ ވަރަށް ރަނގަޅު ނަސީބެއް. ޓެސްޓްކުރާއިރު ރަބަރު ހަންބުރިއަކަށް ތިޔައެތި ނުވިއްޔާ ކިތަންމެހާވެސް ރަނގަޅު.ވ.ވެދުން