02 ޖުލައި 2025 - 21:23
ތިން ގައުމަކަށް ދިއުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެއް ދިރާގުން ފަށައިފި އެވެ.
މި އޮފާގެ ދަށުން ސްވިޒަލޭންޑަށް ދެ މީހަކަށް ދިއުމުގެ ފުރުސަތު ދިރާގުން ވަނީ ހުޅުވާލައިފަ އެވެ. ޝެންހާއި ޑިޒްނީލޭންޑަށް އޮތީ އާއިލާއާ އެކު ދެ މީހުންނާއި ދެ ކުޑަކުދިންނަށް ދިއުމުގެ ފުރުސަތެވެ. އެ ޕްރޮމޯޝަންގެ ދަށުން މެލޭޝިއާ އަށް ދެވޭނީ ދެ މީހަކަށެވެ.
މި ޕްރޮމޯޝަންގެ ނަސީބުވެރިން ހޮވާނީ ދިރާގު ޕޯސްޓްޕެއިޑް 450 އިން މަތީގެ ޕެކޭޖުތަކަށް އަޕްގްރޭޑްކުރާ ނުވަތަ "ދިރާގު ލިމިޓެއް ނެތް" ފައިބާ ޕެކޭޖަކަށް ސަބްސްކްރައިބް ކުރާ މީހުންގެ މެދުގަ އެވެ. މި ޕްރޮމޯޝަނުގައި ދިރާގުގެ މިހާރުގެ ކަސްޓަމަރުންނާއި އާ ކަސްޓަމަރުންނަށް މި މަހުގެ ނިޔަލަށް ބައިވެރިވެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
އެކި ކަސްޓަމަރުންގެ ބޭނުންތަކަށް ހާއްސަ ކޮށްގެން، ތަފާތު އެކި ޕޯސްޓްޕެއިޑް އަދި ލިމިޓެއް ނެތް ފައިބާ ޕެކޭޖްތައް ދިރާގުން އަންނަނީ ފޯރުކޮށްދެމުންނެވެ. ދިރާގަކީ ރާއްޖޭގައި ތަފާތު ގިނަ ޕްރޮމޯޝަންތައް ހިންގައި، ހެޔޮ އަގުގައި ގިނަ އޮފާތަކާއި އަގުހުރި އިނާމުތައް ކަސްޓަމަރުންނާ ހަމައަށް ގެނެސްދެމުންދާ ކުންފުންޏެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy