ޓްރީ ޓޮޕް ހޮސްޕިޓަލް. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
09 ޖުލައި 2025 - 11:51
ދުނިޔޭގެ އައިވީއެފް ދުވަހާ ގުޅުވައިގެން ޓްރީ ޓޮޕް ހޮސްޕިޓަލުން ތައާރަފްކުރި، ފާޓިލިޓީ ސްޕެޝަލިސްޓް ޑޮކްޓަރުންނަށް ހިލޭ ޑޮކްޓަރަށް ދެއްކޭ ހާއްސަ ޕްރޮގްރާމަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އެ ޕްރޮގްރާމުގެ ދަށުން 75 ފަރާތެއް ރަޖިސްޓްރީކޮށް ހިލޭ ޑޮކްޓަރަށް ދެއްކުމުގެ ފުރުސަތު ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. ޓްރީ ޓޮޕް ހޮސްޕިޓަލުގެ ފާޓިލިޓީ ކްލިނިކްގައި މަސައްކަތްކުރާ ތަޖުރިބާކާރު ތިން ކޮންސަލްޓަންޓުން ކަމަށްވާ ޑރ. ޒާކިޔާ އަހްމަދު، ޑރ. ވަރްޝާ ރެންގަރާޖް އަދި ޑރ. އަނީތާ ގޯރް އަށް އެ ޕްރޮގްރާމްގެ ދަށުން ހިލޭ ދެއްކޭނެ އެވެ. އަދި މި ފަރުވާއާ ބެހޭ މައުލޫމާތާއި، ޑޮކްޓަރުންގެ ލަފަޔާއި އިރުޝާދު ލިބޭނެ އެވެ.
މި ތިން ޑޮކްޓަރުންނަކީ ވެސް އަންހެނުންގެ ބަލިތަކާއި ދަރިމައިވުމުގެ ބަލިތަކުގެ ދާއިރާއިން ދިވެހިންގެ އިތުބާރު ހޯދައިފައިވާ ކޮންސަލްޓަންޓުންނެވެ.
މި ޕޯސްޓުގައި ހިމެނޭ ލިންކުން ރަޖިސްޓްރީ ކުރެވޭނެ.
ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނީ 2023 ވަނަ އަހަރު އެ ހޮސްޕިޓަލްގައި ހުޅުވި އައިވީއެފް ސެންޓަރުން އައިވީއެފް އަދި އައިޔޫއައި ހިދުމަތް ދޭން ފެށުމަށް ފަހު، މިހާތަނަށް 13 މީހެއްގެ ފަރުވާ ކާމިޔާބުވެ ދަރިން ލިބިފައިވާކަމަށެވެ. އޭގެ ތެރޭގައި ދެ މީހަކަށް އެއްމާބަނޑު ދެ ކުދިން ލިބިފައިވާކަން އެ ހޮސްޕިޓަލުން ފާހަގަކުރެ އެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުގެ ވިމެން އެންޑް ޗައިލްޑް ސެންޓަރުން ދަރިމައިވުމުގެ ފަރުވާގެ އިތުރުން، މާބަނޑު މީހުންގެ ފަރުވާ އަދި ކުޑަކުދިންގެ ހާއްސަ ފަރުވާވެސް ދެ އެވެ. ރާއްޖޭގައި މި ފަރުވާ ލިބެން ހުރުމުން، ބޭރަށް ދަތުރުކުރުމުގެ ހަރަދު ސަލާމަތްވެ، އާއިލާ އަދި ގާތްތިމާގެ މީހުންގެ ގާތުގައި ތިބެގެން ފަރުވާ ހޯދުމުގެ ފުރުސަތު ލިބިގެންދާކަން އެ ހޮސްޕިޓަލުން ފާހަގަކުރެ އެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުގެ އަމާޒަކީ މި ފަރުވާ ބޭނުންވެފައިވާ ދިވެހީންނަށް އަތްފޯރާ އަގެއްގައި މި ފުރުސަތު ހޯދައިދިނުން ކަމަށާއި، އެ ހޮސްޕިޓަލުގެ ފާޓިލިޓީ ސެންޓަރުން ލިބޭ ކާމިޔާބީގެ ނިސްބަތް ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްވަރުގައި ހިފެހެއްޓިފައިވާކަމަށް އެ ހޮސްޕިޓަލުން ފާހަގަކުރެ އެވެ.
ދުނިޔޭގެ އައިވީއެފް ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ޖުލައި 25 ވަނަ ދުވަހު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މީހާގެ
09 July 2025
2023 ވަނަ އަހަރު ހުޅުވީމަ މިހާރު 2 އަހަރު ވެފަ ނޫނީ 2 އަހަރު ވާން އުޅޭނީ. އެކަމަކު އެންމެ 23 ޕޮޒިޓިވް. އެހެން ވީމަ ޕޮޒިޓިވް ރޭޓް ހާދަ ދަށޭ ދޯ.
ޢަނިތާ
13 July 2025
ޥަރަށް މުހިއްމު ސުވާލެެއް. ކިތައް ޕަސެންޓް ތޯ ސަކްސަސް ރޭޓަކީ؟