ދިވެހި ރުއްތަކުގައި އަޅާ ޕެސްޓް ކޮންޓްރޯލް ކުރުމުގެ އެެއްބަސްވުމުގައި މިނިސްޓަރު ޑރ. މަރްޔަމް މާރިޔާ އަދި ޗައިނާ ސަފީރު ކޮންގް ޝިއަންހުއާ ސޮއިކުރައްވަނީ. -- ފޮޓޯ: މިނިސްޓްރީ
16 ޖުލައި 2025 - 15:28
ރާއްޖޭގެ ރުއްތަކަަށް ސޫތްޕަކުން ޖެހޭ ބައްޔެއް ކޮންޓްރޯލް ކުރަން އެހީތެރިކަންފޯރުކޮށް ދިނުމުގެ އެއްބަސްވުމެއްގައި އެގްރިކަލްޗަ މިނިސްޓްރީން ޗައިނާއާ އެކު އިއްޔެ ސޮއިކޮށްފި އެވެ.
ކާށި ލިބުން މަދުވާ މައްސަލައާ ގުޅުން ހުރި މި ޕެސްޓް ކޮންޓްރޯލް ކުރުމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރު ޑރ. މަރްޔަމް މާރިޔާ އެވެ. ޗައިނާއިން ސޮއިކުރެއްވީ ސަފީރު ކޮންގް ޝިއަންހުއާ އެވެ.
ދިވެހި ރުއްތަކުގައި އަޅާ ޕެސްޓް ކޮންޓްރޯލް ކުރުމުގެ އެެއްބަސްވުމުގައި މިނިސްޓަރު ޑރ. މަރްޔަމް މާރިޔާ އަދި ޗައިނާ ސަފީރު ކޮންގް ޝިއަންހުއާ ސޮއިކުރެއްވުމަށް ފަހު ފޮޓޯއަށް ހުއްޓިގެން. -- ފޮޓޯ: މިނިސްޓްރީ
ދެ އަހަރު ދުވަހުގެ މި ޕްރޮޖެކްޓުގެ އަމާޒަކީ ރާއްޖޭގެ ފުޑް ސެކިއުރިޓީއަށާއި އެގްރިބިޒްނަސް ކުރިއެރުވުމަށް ވެސް މުހިންމު ބާވަތެއްކަމުގައި ކަނޑައަޅާފައިވާ ދިވެހި ރުއް ހިމާޔަތްކުރުމެވެ. ބޭރުން ރާއްޖެއަށް އެތެރެކޮށްފައިވާ ރުކާއި ރުކުގެ ބައިތަކަށް ގެއްލުންދޭ ޕެސްޓު މި ޕްރޮގްރާމްގެ ދަށުން ކޮންޓްރޯލްކުރަން މަސައްކަތްކުރާނެ އެވެ.
ރާއްޖޭގެ ރުއްތަކަށް ޖެހޭ އެ ބަލި ފެތުރެނީ ދިރޭ ސޫތްޕެއްގެ ސަބަބުންނެވެ. އެ ސޫފި ރުކުގެ ފަނާއި ގަހުގެ ފެހި ބައިތަކަށް ހަމަލާދިނުމުން ސޫޓީމޯލްޑް ކިޔާ ކަޅުކުލައިގެ ފަންގަސްއެއް (ކަޅުކޫޑި ބަލި) ފެތުރި، ގަސްތައް ނިކަމެތިވެ ބައެއް ގަސްތައް މަރު ވެސް ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އެނިމަލް ވެލްނަސް
17 July 2025
ރުކު މަޑި އާއި އެކީ ދިރި އުޅެން ދަސްކުރަންޖެހޭ
ދިއްދާ
17 July 2025
ރުއްތަކަށް ގެއްލުންދެނީ މިސަރުކާރުން. ފާޑެއްގެ ކަދުރު ރުއްތަކެއް އެތެރެކޮށް ކަޓު ނެގުން ކަމަކީ. ދިވެހިންގެ ރަމްޒު ވިއްޔާ
މަޒީ
17 July 2025
ކޮން ސޫތްޕެކޭ ތި ކިޔަނީ. ކޮބާ ރުކުމަޑި ކޮންޓްރޯލް ވާހަކަ. ރުއްތައް ހެއްދުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ރުކުމަޑިއެވެ. ތިޔަ މަޝްރުޢު ނިމޭ އިރުވެސް އެކަމަށް ލިބޭނެ ހައްލެއް ނެތްތާއެވެ.
ބުރަނދަ
17 July 2025
ރުކައް އެންމެބޮޑު ގެއްލުންދެނީ އިންސާނުން.
ރަންވަރަން
17 July 2025
ސޫފިތަށް މަރަންވީކީ ނޫން. ރައީސް ގެ ދުރުވިސްނުމާ އިރުޝާދުގެ ދަށުން އެޅި ބުޅާ ފެސިލިޓީތަކަށް ބުޅާ ބަދަލުކުރި ބީދާއިން ތިޔަ ސޫފިތަކަށް ރައީސްގެ ދުރުވިސްނުމާއި އިރުޝާދުގެ ދަށުން ސޫފި ފެސިލިޓީއެއް އަޅާފަ އެތަނަށް ސޫފިތަށް ބަދަލު ކޮށްބަލަ.
އަލީމްގ
17 July 2025
ތި ކަންތައް ފެށުމުގެ ރަސްމިއްޔާތައް ހަވާ އަރުވާ ޑްރޯން ޝޯއެއްވެސް ބާއްވަންވާނެ
ހަލީމް.
17 July 2025
ކޮންމެ ސަރުކާރަކުންވެސް ކަންކުރީ ތިބީދައިން…ތި ގުއިރޯރުނުގަ ޖެހޭބަޔަކުވެސް ތިބޭ.
ކޮންތާކު
17 July 2025
ރުކާ ނުލާ އުޅޭ ދުވަސްވަރެއްގައި ތީ ކޮންކަމެއް؟
ގގގގގގގ
17 July 2025
ލަވަ ހަދާބަލަ
ޢަބްޑޫޅް +
17 July 2025
ޙޫމް. ކޮންމެޔަކަސް، ދޫނުސޫފާސޫތްޕާއި، މަސްމަހާމެހި، އަދި ފަނިފަކުސައިގެ ސަބަބުން، ގަސްގަހާގެއްސަށް ބަރުދާސްތުކުރަންޖެހޭ އުނދަގޫ ވަރަށް ވެސް ބޮޑުވެއްޖެ.
ހަމްދާ
17 July 2025
އިންސާނުންނަށް ގެއްލުންދޭ ކަންކަން ބެލިއްޔާ މާރަނގަޅު ނޫންތޯ.