ފަރުމަހާއި މިޔަރާއި މަޑީގެ ސާވޭއަށް ބޭނުންކުރި ބީއާރުޔޫވީއެސް ކަނޑަށް ބާލަނީ.-- ފޮޓޯ: އެމްއެމްއާރުއައި
18 ޖުލައި 2025 - 19:41
ފަރުމަހާއި މިޔަރާއި މަޑީގެ އާބާދީ ދެނެގަތުމަށް މާލެ އަތޮޅުގައި މޯލްޑިވްސް މެރިން ރިސާޗު އިންސްޓިޓިއުޓް (އެމްއެމްއާރުއައި) އިން ހާއްސަ ސާވޭއެއް ކޮށްފި އެވެ.
ފިޝަރީޒް މިނިސްޓްރީން އިއްޔެ ބުނީ އެ މިނިސްޓްރީގެ ދަށުން ހިންގާ އެމްއެމްއާރުއައި އިން އެ ސާވޭގެ މަސައްކަތްކޮށްފައި ވަނީ މި މަހު ތިން ވަނަ ދުވަހުން ފަށައިގެން މިދިޔަ ބުދަ ދުވަހުގެ ނިޔަލަށް ކަމަށެވެ.
އެ ސާވޭއަކީ ގްލޯބަލް ފިންޕްރިންޓް ޕްރޮޖެކްޓްގެ ދަށުން އެމްއެމްއާރުއައި އާއި މޯޓޭ މެރިން ލެބް ގުޅިގެން ކުރިއަށް ގެންދިޔަ ސާވޭއެއް ކަމަށް މިނިސްޓްރީން ބުންޏެވެ.
Our amazing field team wrapped up another arduous yet incredibly exciting survey in North & South Malé Atolls today!
— Maldives Marine Research Institute (@MMRI_Maldives) July 16, 2025
From rough seas to blazing sunshine, they deployed Baited Remote Underwater Video Systems (BRUVS) to monitor reef fish communities and elasmobranch abundance. pic.twitter.com/L1yceDTqPX
މިނިސްޓްރީން ބުނި ގޮތުގައި، އެ ސާވޭގެ މައިގަނޑު ބޭނުމަކީ މާލެ އަތޮޅުގައި އުޅޭ ފަރުމަހާއި މިޔަރާއި މަޑީގެ އަބާދީ ދެނެގަތުމެވެ. އަދި އެ ސާވޭގައި ބެއިޓްޑް ރިމޯޓް އަންޑަވޯޓާ ވީޑިއޯ ސިސްޓަމްސް (ބީއާރުޔޫވީއެސް) ވެސް ބޭނުންކޮށްފައިވެ އެވެ.
ބީއާރުޔޫވީއެސްއަކީ މެރިން ބަޔޮލޮޖީ ރިސާޗުގެ ކަންކަމުގައި ކަނޑުގެ ދިރުންތަކުގެ މައުލޫމާތު އެއްކުރުމަށް ބޭނުންކުރާ އެކަމަށް ހާއްސަކޮށްފައިވާ ސިސްޓަމެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ވާނުވާ.
20 July 2025
މިޔަރާ މަޑީގެ ބޯހިމެނުން!
ހަސަންދި
19 July 2025
އަނެއް ޖޯކް............!!!
ޢެޑްމުންޑޯ
19 July 2025
ތިސާރވޭ އަށްވުރެ މާރަގަޅުވާނެ މިރަާއްޖޭގައި ، މިއަދު ކައވެނި ކޮއްފައި މާދަމާ ވަރިކުރަންޖެހޭ ސަބަބު ދެނެގަތުމަށް ސާރވޭ އެއް ހެދިއްޔާ ، ނޫސްތަކުގައި އެހުރީ 400 ކައިވެނި 200 ވަރި ، ސާރވޭކޮށް ވަރީގެ ދިރާސާއެއް ހަދަން ނުޖެހޭތަ ؟
ބަރުބާދު.
18 July 2025
ސްކޭމަރުންނާއި ވަގުންނާއި ޕާޓޭންގެ އާބާދީ ދެނެގަތުމެއްވެސް ސާވޭ އަަށްް ހަދަންފެނޭ
ظوحن
18 July 2025
ނޭފަރުގަ ހަވާ އަރުވާދެން
ކަތިއްބޭ
18 July 2025
ދިރާސާ ކުރިޔަސް ނުކުރިޔަސް ލޮލަށް ފެންނަ މަންޒަރުތަކުން އެނގެނީ މިޔަރާ މަޑި ގިނަވަމުންދާކަން.
ޓީމް މިޔަރު
18 July 2025
އުފާވެރި ހަބަރެއް
މިޔަރު
18 July 2025
އޮޅުވެލިފުއްޓަށްވެސްދާތި