19 ޖުލައި 2025 - 13:33
ރައީސް ޑރ. މުހައްމަދު މުއިއްޒު، އިނގިރޭސިވިލާތަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައި މިއަދު ރާއްޖެ ވަޑައިގެންފި އެވެ.
މަތީ ފަންތީގެ ބައްދަލުވުންތަކަކާއި ހަރަކާތްތަކެއްގައި ބައިވެރިވެވަޑައިގަތުމަށް އެ މަނިކުފާނު އިނގިރޭސިވިލާތަށް ފުރާވަޑައިގަތީ މިދިޔަ އަންގާރަ ދުވަހެވެ.
ތިން ދުވަހުގެ ރަސްމީ ދަތުރުފުޅުގެ ތެރޭގައި ރައީސް ވަނީ އެ ގައުމުގެ އިސް އޮފިޝަލުންނާ ބައްދަލުކުރައްވައިފަ އެވެ. އޭގެ ތެރޭގައި އިނގިރޭސި ރަސްގެފާނު ޗާލްސް ހިމެނިވަޑައިގަންނަވަ އެވެ.
ރައީސް އޮފީހުން ބުނީ ވިންޑްސާ ކާސަލްގައި ބޭއްވި އެ ބައްދަލުވުމަކީ ދެ ގައުމުގެ 60 އަހަރުވީ ގުޅުން އިތުރަށް ހަރުދަނާކުރުމަށް އިސްކަންދޭ މިންވަރު ކަށަވަރުކޮށްދިން ކަމެއް ކަމަށެވެ.
އޭގެ އިތުރުން ހައުސް އޮފް ކޮމަންސްގެ ސްޕީކާ ލިންޑްސޭ ހޮއިލް އަދި ސެކްރެޓަރީ އޮފް ސްޓޭޓް ފޯ ފޮރިން، ކޮމަންވެލްތު އެންޑް ޑިވެލޮޕްމެންޓް އެފެއާޒް، ޑޭވިޑް ލެމީއާ ވެސް ރައީސް ވަނީ ބައްދަލުކުރައްވައިފަ އެވެ.
އެ ބޭފުޅުންނާ އެކު ކުރެއްވި މަޝްވަރާތަކުގެ ތެރޭގައި، މޫސުމީ ބަދަލުތަކަށް އަހުލުވެރިވުމާއި ތައުލީމާއި ސްކޮލަޝިޕްގެ ފުރުސަތުތަކާއި ދެމެހެއްޓެނިވި މަސްވެރިކަމާއި ޓޫރިޒަމް އަދި އަދުލު އިންސާފުގެ ނިޒާމީ އިސްލާހުތަކަށް އެ ގައުމުން އެއްބާރުލުން ދިނުން ހިމެނެ އެވެ.
ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް، އަޔޯކޯ ބޮޗްވޭއާ ބައްދަލުކުރައްވައި ރާއްޖެ އާއި ކޮމަންވެލްތުން މަސްލަހަތު ހިއްސާކުރާ ދާއިރާތަކުގައި އެއްބާރުލުންދޭ ވަރު އިތުރުކުރުމާ މެދު ރައީސް މަޝްވަރާކުރެއްވި އެވެ.
ވިޔަފާރީގެ ދާއިރާއިން ގުޅުން ބަދަހިކުރުމާއި ރާއްޖޭގައި ހުރި ފުރުސަތުތައް ކިޔައިދިނުމަށް "މޯލްޑިވްސް-ޔޫކޭ ބިޒްނަސް ފޯރަމް"ގެ ނަމުގައި ހަރަކާތެއް ވެސް ބޭއްވި އެވެ. އެ ފޯރަމްގެ ތެރޭގައި ވަނީ ޕްރިމިއަމް އެކްސްޕޯޓް ޕްރޮޑަކްޓެއްގެ ގޮތުގައި ދުނިޔޭގެ ބާޒާރުގައި ދިވެހި ސީފުޑް ޕްރޮމޯޓްކުރުމަށް "ފްރޮމް މޯލްޑިވްސް" އިފްތިތާހުކޮށްފަ އެވެ. އޭގެ އިތުރުން ދެ ގައުމުގެ ވިޔަފާރީގެ ގުޅުން އިތުރަށް ހަރުދަނާކުރަން ވެސްޓް ލަންޑަން ޗެމްބާސް އޮފް ކޮމާސް އަދި އިކޮނޮމިކް މިނިސްޓްރީން އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަބްޑޫލް +
20 July 2025
އިގިރޭސި ވިލާތަކީ ދޮންކެޔޮ ޖުމްހޫރިއްޔަތެއް ނޫން. ޗާލުސް ރަސްގެފާނަކީ އިގިރޭސި ދައުލަތުގެ އިސް އޮފިޝަލެއް ނޫން. މާތްވެގެންވާ އިގިރޭސި ދައުލަތަކީ ރަސްގެފާނުގެ މިލްކެއް. އެ ދައުލަތުގެ އޮފީޝަލުންނަކީ ރަސްގެފާނުގެ ނޯކަރުން. އިގިރޭސި ބަހުންނަމަ "ހިޒް މެޖެސްޓީޒް ސަރވަންޓްސް". ރަސްގެފާނަކީ، އިސް ވެސް، އަދި ފަސް ވެސް އޮފިޝަލެއް ނޫން. ދޮންކެޔޮ ޖުމްހޫރީ ރައީސުންނަކީ ރައްޔިތުންގެ ޚާދިމުން. އިގިރޭސިވިލާތުގައި، ރައްޔިތުންނަކީ ރަސްގެފާނުގެ ޚާދިމުން. ދަނެއު.
ހާސަރު
19 July 2025
ރައީސް ދަތުރުތަކުގައި ބޮޓެތި ޓީމްތައްގޮވައިގެން ގޮސް މިހާތަނަށް ބޭއްވި ބިޒިނަސް ފޯރަމްތަކުން ގައުމަށް އައި އެއްވެސް އިންވެސްޓްމަންޓެއްނުފެނޭ! ކުރިޚަރަދު ހޯދާނެ ނޫސްވެރިއަކު ނެތްތަ!؟
ޓީވީއެން
19 July 2025
ޑޮލަރު މާރުކުރަން މަޖުބޫރުކުރާތީ އަންނާނެ ބަޔަކު ނުވި.
ާއުނިމާ
19 July 2025
މީ ހަމަ ދައުލަތުގެ ޚަރަދުތައް ބޮޑުކުރަން ނޫނީ ދެން ކޮށްކަމެއްބާ؟ ޔޫކޭއަށް ކަނޑައަޅުއްވާފަހުރި އެންބެސެޑަރއަށް ނުދެއްކޭނެ ވާހަކައެއްނެތް، ދެން ޝޯޝަލް މީޑިއާއާއި އީމެއިލްގެ ގެޒަަމާން..އަދި މިނިސްޓަރުންގެ ޓީމެއްވެސް ގެންދެވި، މީ ކިތައްވަނަ ދަތުރުބާ؟
ޝަޒީން
19 July 2025
މިހާރު މިދިވެހި ރާއްޖޭގައި ބޭނުން ކުރަމުންދާ ފެހި ޤާނޫނު އަސާސީގައި ތިން ބާރު ވަކިކޮށްފައި އޮތްއިރު އެ ތިން ބާރު ބޭނުން ކުރަމުންދާ ގޮތާއި، މިރާއްޖޭގައި މިހާރު ޝަރުޢީ ނިޒާމް ކުރިއަށް ދާގޮތާއި، އަދި މިހާރުގެ ޤާނޫނު އަސާސީގައި ދިވެހި ރައްޔިތުންނަށް އެކަށީގެންވާ ރަނގަޅު މިންވަރަށް މިނިވަންކަން ދީފައިވާއިރު ރައްޔިތުންގެ އެމިނިވަންކަމަށް އަރައިގަންނަމުންދާ މިންވަރު އިނގިރޭސިންނަށްވެސް އެނގޭނެ ކަމަށް ޤަބޫލު ކުރެވޭ.
ހައްޖަ.
19 July 2025
ރަންބޮނޑި އެއް ލިބުންތަ؟
ފަހުދު.
19 July 2025
އަހަރުމެންގެ އަތުން ކިހާ ވަރެެއް ދިޔަ؟
އައްލާ ބެއްޔާ
19 July 2025
މިވީހާތަނަށް ގައުމުތަކުގެ ރައީސުން އެހެން ގައުމުތަކަށް ރަސްމީދަތުރުފުޅުތަކުގައި ވަޑައިގެން ބައްދަލުވުން ބާއްވަނީ އެގަމުގެ ރައީސް ނޫނީ ބޮޑުވަޒީރާ. ޜަސްގެފާނު ފަދަ ރަމްޒީ މަގާމުތަކުގައި ތިއްްބަވާ ބޭފުޅުންނަށް އެއްވެސް ކަމެއް ކޮށެއް ނުދެވޭނެ. ވީމާ ތި ދަތުރުން ދިވެހިންނަށް މާބޮޑު ފައިދާއެއް ވީހެނެއް ހިއެއް ނުވޭ ބަޔަކަށް ޔޫކޭ އަށް ދެވުން ފިޔަވާ.