ބޮޑުތަކުރުފާނު މަގު.-- ފޮޓޯ: ނިޝާން އަލީ | މިހާރު
19 ޖުލައި 2025 - 18:38
މާލޭގައި މީހަކަށް ތޫނު އެއްޗަކުން މީހަކަށް ބިރު ދައްކައި، ތަނަކަށް ވެއްދުމަށްފަހު އެކައުންޓުގައި ހުރި 200ރ. ރޭ ފޭރިއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ހެންވެއިރު، ލޮނުޒިޔާރަތްމަގުގައި ހާދިސާއެއް ހިނގައިގެން އުޅޭ ކަމުގެ ރިޕޯޓެއް ރޭ 11:57 ހާއިރު ލިބުނު ކަމަށެވެ. އެހެންވެ، އެ ސަރަހައްދަށް ދިޔައިރު، ފޭރުނު ކަމަށް ތުހުމަތުކުރެވޭ މީހުން އެ ސަރަހައްދުގެ ގެއެއްގައި ތިބި ކަމުގެ މައުލޫމާތު ލިބުމުން، އެ ގެއަށް ފުލުހުން ވަންނަން އުޅުމުން ފުލުހުންނާ ކުރިމަތިލައި މާރާމާރީ ހިންގާފައިވާ ކަމަށް ބުންޏެވެ.
އެހެންވެ، ފުލުހުންނަށް ހަމަލާދީ މާރާމާރީ ހިންގައި ފުލުހުންގެ ދައުރު އަދާކުރަން ހުރަސްއެޅިކަމުގެ ތުހުމަތުގައި، ބާރުގެ ބޭނުންކޮށްގެން ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ބުންޏެވެ.
އެ މައްސަލާގައި ހައްޔަރުކޮށްފައިވަނީ ނ. ވެލިދޫ، ފަރީސާ މަންޒިލް، ހަސަން ލުޖެއިން މުހައްމަދު، 23، އަދި ހ. ކަނޑުފިނިގެ، މުހައްމަދު ޝަފީއު، 55، އެވެ.
އޮފިޝަލް ވިދާޅުވީ އެ މީހުން ހައްޔަރުކުރަން އުޅުމުގެ ތެރޭގައި އަނިޔާވެފައިވާ ކަމަށާއި އަދި ފުލުހަކަށް ވެސް އެކި ވަރުގެ އަނިޔާވެފައިވާ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ފަސް ދުވަހަށް ބަންދުކުރަން ވަނީ އަމުރުކޮށްފަ އެވެ. ފުލުހުން އަންނަނީ ފޭރުނު މައްސަލަ އާއި ފުލުހުންގެ ވާޖިބަށް ހުރަސްއެޅި މައްސަލަ، ވަކި ދެ މައްސަލައެއްގެ ގޮތުގައި ބަލަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަގީގަތް މީ
20 July 2025
200 އޭ ކޯޗެއް! އހަރެމެން އަތުން އެއްލައްކަ ފޭރިފަ އެބަހުރި! ޕޮލިހަކަށް ނާނަގަން!
ރަދީފްއޮފިޝަލް / 200 ފޭރުން
20 July 2025
އެކައުންޓްގަ ރިޒާވްގަ އިން 200 ފޭރުނުއިރު ލަދު ކޮބާ؟؟
ސަމްސު
19 July 2025
05 ދުވަހޭ.އެކަމު ޗޮކްލެޓް ވަގަށްނަގާ މީހާގެ ބަންދަށް 15 ދުވަސް.ކިހާ ރީތި
ރަދީފްއޮފިޝަލް /
19 July 2025
55 ވީމަ ވެސް އިސްލާހް ވުން އެއީ ނެތް ކަމެއް. " ޅެމުގަ ބުނާހެން އިސްލާހްވާން އެދޭނަމަ ފުރުސަތު ނަގާނުލާށޭ"
raajje
19 July 2025
ޕަރސަނަލްސޭފުޓީގެ ގާނޫނާއި ގަވައިދުތައްހަދާ، ލައިސަންސްގެ ދަށުން އަމިއްލަރައްކާތެރިކަމަށް ބޭނުންކުރާނެ ހަތިޔާރުގެންގުޅުމުގެ ހުއްދަރާްއްޖޭގައި މިހާރު ދޫކުރަންފެނޭ، މިސާލަކަށް ޝޮކުގަން، ޕޭޕަރސުޕުރޭ، މާނައަކީ ހަމަކޮންމެކޮންމެ މީހަކަށްމިތަކެތިގެންގުޅެންހުއްދަ ދޭށެކޭނޫން، ނަމަވެސް ޒިންމާދާރުކަމާއެކު މިތަކެތިބޭނުންކުރެވޭނެ އެކަމަށް ކޮލިފައިޑުވާމީހުނަށް ލައިސަންސުގެދަށުން މިފުރުސަތުނުދޭންވީސަބަބެއްނެތް
ޕިސް
20 July 2025
ޕޭޕަރ ސުޕުރޭ އިން ނުކުންނަނީ ކޮންތަ؟؟