ފްލެޓު ލިބުނު މީހަކާއެކު އެފްޑީސީން އެގްރިމެންޓުގައި ސޮއިކުރަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
21 ޖުލައި 2025 - 21:39
ހުޅުމާލެ 2 ގައި ފަހިދިރިއުޅުން ކޯޕަރޭޝަނުން އިމާރާތްކޮށްފައިވާ 4،000 ފްލެޓަށް، އެ މަހެއްގެ 10 ގެ ކުރިން ކުލި ދައްކައިފިނަމަ ސަބްސިޑީގެ މަންފާ ލިބޭނެ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.
އިންޑިއާގެ ދެ ކުންފުންޏަކާ ހަވާލުކޮށްގެން ހަދަމުން އަންނަ ފްލެޓުތައް ލިބޭ މީހުންނާއެކު އެފްޑީސީން މިއަދު ވަނީ އެގްރިމެންޓުގައި ސޮއިކުރަން ފަށައިފަ އެވެ. ނަމަވެސް، ތަޅުދަނޑި ހަވާލުކުރަން ނިންމާފައިވަނީ ޑައުންޕޭމަންޓު ދެއްކުމުންނެވެ.
އެފްޑީސީން ނެރުނު ބަޔާނުގައި ބުނީ އެޕާޓްމަންޓުތައް ލިބޭ މީހުންނާއެކު ހަދާފައިވަނީ އިސްލާމީ ޝަރީއާގެ ހަމަތަކަށް ފެތޭ އެގްރިމެންޓަކަށް ވާތީ، އެ އެއްބަސްވުމުގެ ދަށުން ދައްކަންޖެހޭ މަހު ކުއްޔާއި މެއިންޓަނެންސް ފީ، އެ މަހެއްގެ 10 ގެ ކުރިން ދައްކައިފިނަމަ އެ މީހަކަށް ސަބްސިޑީގެ 100 ޕަސެންޓު މަންފާ ލިބޭނެ ކަމަށެވެ.
އެ މުއްދަތުގެ ފަހުން ކުލި ދައްކާ މީހުންނަށް ލިބޭ ސަބްސިޑީގެ ޕަސެންޓޭޖަށް ބަދަލުތައް އަންނާނެ ކަމަށް ވެސް ބުންޏެވެ.
- މަހުގެ 16 ވަނަ ދުވަހުގެ ކުރިން އެ މަހެއްގެ ކުލި ދައްކައިފިނަމަ ސަބްސިޑީގެ 75 ޕަސެންޓު މަންފާ
- މަހުގެ 21 ވަނަ ދުވަހުގެ ކުރިން އެ މަހެއްގެ ކުލި ދައްކައިފިނަމަ ސަބްސިޑީގެ 50 ޕަސެންޓު މަންފާ
- މަހުގެ 26 ވަނަ ދުވަހުގެ ކުރިން އެ މަހެއްގެ ކުލި ދައްކައިފިނަމަ 25 ޕަސެންޓު މަންފާ
- މަހުގެ 26 ވަނަ ދުވަހުގެ ފަހުން އެ މަހެއްގެ ކުލި ދައްކާނަމަ، ދައްކަންޖެހޭނީ ސަބްސިޑީގެ މަންފާ ނުހިމަނާ
ބަޔާނުގައި ބުނީ އެއްބަސްވުމުގެ ދަށުގެ ކުއްޔާއި މެއިންޓެނަންސް ފީ ނުދައްކައިފިނަމަ، އެ ފައިސާ ދެއްކުމަށް އެދި އެފްޑީސީން 30 ދުވަހުގެ ނޯޓިހެއް ފޮނުވުމުގެ އިހުތިޔާރު އޮންނާނެ ކަމަށެވެ. ނަމަވެސް، އެއާ އެއްގޮތަށް ކުލި ނުދައްކާނަމަ އަޅާނެ ފިޔަވަޅެއް ނުބުނެ އެވެ.
ދެ ކޮޓަރީގެ އެޕާޓްމަންޓުތައް ދޫކުރަނީ 7،000ރ. އަށެވެ. އެ ތަންތަނުގެ މެއިންޓެނަންސް ފީގެ ގޮތުގައި 1،000ރ. އަދި ސެކިއުރިޓީ ޑިޕޮސިޓުގެ ގޮތުގައި ދައްކަން ހަމަޖައްސާފައިވަނީ 15،000ރ. އަށެވެ.
ތިން ކޮޓަރީގެ ތަންތަން ދޫކުރަން ނިންމާފައިވަނީ 9،500ރ. އަށެވެ. އެއީ މެއިންޓެނަންސް ފީގެ ގޮތުގައި 1،500ރ. އަދި ސެކިއުރިޓީ ޑިޕޮސިޓަށް 25،000ރ. އެވެ. އެފްޑީސީން ބުނީ ޑިޕޮސިޓް ފައިސާ ދައްކަންޖެހޭނީ އެއްފަހަރާ ކަމަށެވެ.
ސަރުކާރުން 4،000 ފްލެޓު ހަވާލު ކުރަނީ ފިނިޝިންގެ މަސައްކަތްތައް އެއްކޮށް ނިންމައިފަ އެވެ. އެގޮތުން ފަންކާ އާއި ކުޑަދޮރާއި ދޮރު ހަރުކޮށް ޓައިލްސް ޖަހާފައި ހުންނާނެ ކަމަށް ބުންޏެވެ. އޭގެ އިތުރުން މުޅި ފްލެޓުގައި ކުލަލައި، ފާހަނާތައްޓާއި މޫނު ދޮންނަ ތަށި ވެސް ހުންނާނީ ހަރުކޮށްފައި ކަމަށް އެ ކުންފުނިން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮރަލް
22 July 2025
އެހެން ބަޔަކަށް ކުއްޔަށް ދޭނަމަ އަޅާނެ ހަރުކަށި ފިޔަވަޅު ގެ ވާހަކަ ވެސް އެގްރީމަންޓޤ ގަ އޮންނަން ވާނެ އެވެ. ގިނަ ބަޔަކު ކުއްޔަށް ދެނީ އެވެ. ރާއްޖެ އިން ބޭރުގަ ދިރި އުޅޭ ގިނަ ބަޔަކަށް ވެސް ފްލެޓް ތައް ލިބިފަ އެބަ ހުއްޓެވެ. ކުއްޔަށް ދެނީ އެވެ.
މަބުނީ
22 July 2025
3 ކޮޓަރިގެ ކުއްޔަކީ 13ހާސް. 4ހާސް ސަބްސިޑީ ދިނީމަ ދައްކަންޖެހެނީ 9 ހާސް. 9 ހާސް ދެއްކޭނީ ކޮންމެމަހެއްގެ 10ގެ ކުރިން ދައްކާމީހުންނަށް.
އެފް.ޑީ،ސީ
22 July 2025
ރަނގަޅު. ޤަވާޢިދުން ދައްކާ މީހުންނަށް ކުޑަ ކުލީގައި ދައްކާލަ ދައްކާލަ ތިބެވޭނެ. އަދި ކޮބާ ތިޔަ 9 ހާސް ނުވާނެ އެކައްޗަކަށްވެސް އިންފުލޭޝަނާއި އެކީ. އެއްބަސްވި މާއްދާތަކަށް ހުރުމަތްތެރިކޮށް ހިތާ މީހުންނަށް ގެއްލުމެއް ނެތް. މިއީ ރައްޔިތުން އެދޭގޮތް.
ލުގުމާން
22 July 2025
ބަރާބަރަށް ކުލި ދައްކަންޔާ 100% ސަބްސިޑީ ލިބެނީއޭ؟ ކީއްކުރާ ސަބްސިޑީއެއް ހޭ. އަޖައިބުވެއްޖެ. ކުއްޔަށް އެއްމެލާރި އެއް ނުދެއްކިއްޔާ ކުރެވޭނެ ކަމެއް އެބައޮތްތަ؟ ކުލި ނުދެއްކީމަ އެއްކޮށް ސެވް ވާނެނުން
އެފް.ޑީ.ސީ
22 July 2025
ލުގުމާން އަށް ދަންނަވަން. އިން ޝާ ﷲ، މިފަހަރު ކުލި ނުދައްކާ މީހުން އެތަނުގައި ދިރިއެއް ނޫޅޭނެ. ތަން މިލްކު މިކުރެވެނީ ދައްކަންޖެހޭ ކުލި ބަރާބަރަށް ދެއްކުމުން. އެހެންނޫނީ އެއީ ކުއްޔަށް އުޅުނީތީ ދެއްކިހާ ފައިސާ. ސަބްސިޑީގެ ވާހަކައަކީ ސަރުކާރުން އަގު ކުޑަކުރުމުން އައި ވާހަކައެއް. އަސްލު އެނގޭތަ 3 ކޮޓަރީގެ ކޮންސްޓުރަކްޝަން އަގު އަރާ މަހަކަށް 20 ހާހަށްވުރެ ގިނައިން ބިމުގެ އަގު ހިމަނައިފިއްޔާ، އެވެސް އެވަނީ މަޢާފު ކޮށްފައި.
×ޒ
22 July 2025
ކުލި އަދި ވެސް ކުޑަ ކޮއްލާފަ ބަރާބަރަށް ދައްކަން އަންގަންވީނު.
އާފާގް ސައީދު
22 July 2025
ލަސްވެސްވެއްޖެ މިހެން މިކަން ކުރަން. އެހެން ނޫން ނަމަ އަދިވެސް އޮންނާނީ މިކަން މިހެން. ކުލި ނުދައްކާ ފަރާތްތައް ގިނަވާނީ.
މުސްނިދު
22 July 2025
ވަރަށް ރަނގަޅު ނިންމުމެއް. މިހެން މިކަން ހަދައިގެން ނޫން ގޮތަކަށް މިމީހުން ކުލި ނުދައްކާނެ.
ސާބްސިޑީ
22 July 2025
ކުލި ދައްކާ މީހުންނަށް ސަބްސިޑީ ދޭ ގޮތަކީ ކޮބާ؟ ކުލިން ބައެއް މާފުވަނީތަ؟ މިފުލެޓުތަކަށް ގަވާއިދުން މަހު ކުލިދައްކާތީ ސަބްސިޑީ ލިބެއްޏާ، ވިނަރެސްއާ ހިޔާ އަށް ވެސް ސަބު ސިޑި ލިބެންވާނެ
އެފް.ޑީ.ސީ
22 July 2025
އާދެ، ފުލެޓުގެ އަސްލު އަގަކީ ވަރަށް ބޮޑު. ކޮސްޓިންގު ހަދާލީމަ އެނގޭނީ. އޮޑިޓަރުން މެދުވެރިކޮށް އެކަން ސާފުކުރުމުގެ ފުރުޞަތުވެސް ދެވިދާނެ. ދެން އޮތީ ސަރުކާރުން ކަނޑައަޅާފައިވާ ކުލި. އެއީ ވަރަށް ކުޑަ އަގެއް. އެއީ އަސްލު ނުއަގުގައި ދިނުން. ދެމެހެއްޓޭ އަގެއް ނޫން. މިހާ ކުޑަކޮށްދޭ އިރުވެސް ގިނަ މީހުން ނުދައްކާ. އެހެންކަމުން މިފަހަރު މިނިންމީ ސަރުކާރުންދޭ ސަބްސިޑައިޒްޑް ކުޑަ އަގު ލިބޭނީ ބަރާބަރަށް ދައްކާ މީހުންނަށް
ސާހިބްސީޑީ
22 July 2025
ވިނަރެހާ ހިޔަޔަށް ލިބޭ ސަބުސިޑީ މިހާރުވެސް ޝާއިއުކުރަމުން ދެޔޭ އެކޮއި. އެއީ ވަރަށް ބޮޑު އެއްޗެއް. 18، 19 ހާހުގައި ހުރި ކުލި ހުރީ 9 ހާހަށް ވައްޓާލާފަ ސަބުސިޑީ އަކާ ޖެހިގެން.
އިބޫ އިއުލާނު ކުރީ އެތައް ހާސްމީހުން ކުލި ނުދައްކަޔޭ.. ދެން އެހިސާބުން ބާކީތިމި މީހުންވެސް ނުދައްކަންފެށި.. އިބޫ ކުރިޔޭޓެޑް ދިސް.
22 July 2025
ބިން ކުޑަ މާލެޔެކޭ ދެން އުޅެންޖެހެނީ ދުނިޔޭގެ އެހެން ތަންތާވެސް އުޅޭގޮތަށް ފުލެޓުތަކުގަ ނޫނީ ބިން ގަނެވޭމީހަކު ބިންގަނެގެެން ކަމަށް ނިންމާ އަންނިޔާ ޔާމީނު އެމަގަށް ފުލެޓުއަޅާ ބަރާބަރަށް ޕުރޮގުރާމު ހިންގަމުން ދަނިކޮއް ވޯޓުކޮޅެއްގެ ދަހިވެތިކަމުގަ ކުއްލިޔަކަށް މިލިޔަނުން އަގު ހުރި އެތަށް ހާސް ބިމެއް މޭލޭމީހުންނަށް މުޅިން ތާއަބަދަށް ހިލޭކޮއްލާ މަހުޖަނު ކޮއްލަދިނީ އިބޫ...ފުޓު ކޮންސެޕްޓުގެ ތިބިމީހުންނަށް ބޮޑު ލަންޑެއްދިނީ.
ކަނބުރުގެ
22 July 2025
މިތާނގަ ވާއެއްޗަކީ އަދި ނުވާ އެއްޗަކީ ކޮބާ؟ ސަބްސިޑީ އަކީ ކޮބައިކަން އެނގިގެން ދޯ ސަބްސިޑީގެ މަންފާ އެނގޭނީ؟ އެހެންނޫނީ އިސްލާމީ ޝަރިއާގެ ތެރެއިން ކުރާ ކަމެކޭ ބުނެ ތިކުރަނީ ރިބާގެ މުއާމަލާތެއް.
އެފް.ޑީ.ސީ
22 July 2025
އެއްބަސްވުމުގައި ބަޔާންކޮށްފައި އޮންނާނެ ސަބްސިޑީގެ ޢަދަދުތައް. ދައުލަތުން ސަބްސިޑީ ދީފަ ކުޑަ އަގެއް ކަނޑައަޅަންޏާ ބަރާބަރަށް ދައްކަން ވާނެ. އެހެން ނޫނީ އަސްލު އަގު ދައްކަންޖެހޭނީ
މހއމ
22 July 2025
އެގްރިމަންޓްގައި ހުރިހާ އެއްޗެއް ބަޔާންކޮށްފައި އޮއްވާ ކީއްކުރަންތަ ނޫހުގަ ޖެހީ؟ ނޫހުގަ ޖަހަންޔާ ނޫސް ކިޔާ ބަޔަކަށްވެސް އެނގެންޖެހޭނެ ސަބްސިޑީ އަކީ ކޮބާކަން.
ހުސެންބެއްޔާ
22 July 2025
ކަނޑައެޅިފައިވާ ތާރީޚަށް ކުލި ދެއްކުމަކީ ކުރަންޖެހޭ ކަމެއް. އެކަން ނުކުރާނަމަ ޖޫރިމަނާ ކުރަންވީ. އެކަމަކު މީގަ މައްސަލައަކީ ތިޔަ ހުރިހާ ވާހަކައެއް ދައްކާފަ ކޮންމެ ފަސް އަހަރަކުން ނުދައްކާ ކުލިތައް މައާފުވާނެތީ. އެހެންވީމާ އަހަރެމެން މި ބުނަނީ ހަމަ ރަގަޅީ ބަރުލަމާނީ ނިޒާމޭ
އެފް.ޑީ.ސީ
22 July 2025
އެފް.ޑީ.ސީގެ އުއްމީދުކުރަނީ ފަހި ޔުނިއަން މެދުވެރިކޮށް ގަދަބާރުން ރައީސް އޮފީހަށް އަންގައި ވޯޓު ނުދޭނަމޭ ކިޔަގެއް މަޖުބޫރުން ރައީސް ލައްވައި ލުއިގޮތްތައް ހޯދުމުގެ ބޭނުމުގައި އެފް.ޑީ.ސީގެ ނިންމުންތައް ބަދަލު ކުރަން ނޫޅުން. ގަވާއިދުން ކުލި ދައްކާ މީހުންނަށް ކުޑަ އަގުގައި ފުލެޓު މިލްކު ކުރެވޭނެ. އިން ޝާ ﷲ
މހއމ
22 July 2025
ނިޒާމާ ކުއްޔާ ކޮން ގުޅުމެއް އޮތީ؟