ހައި ކޯޓު: އެ ކޯޓުން ވަނީ މީގެ 25 އަހަރު ކުރީގެ މައްސަލައެއް އިސްތިއުނާފަށް ބަލައިގެންފައި. -- ފޮޓޯ: މިހާރު
22 ޖުލައި 2025 - 16:48
މީގެ 25 އަހަރު ކުރިން އައްޑޫ ހިތަދޫ ކޯޓުން ނިންމި މައްސަލައެއް ހައި ކޯޓުގައި އިސްތިއުނާފުކުރުމުގެ ހުއްދަ ދީފި އެވެ.
ހިތަދޫ ކޯޓުން 2000 ވަނަ އަހަރު ނިންމި އެ މައްސަލަ އަކީ ގެއެއް ބެހުމުގެ މައްސަލައެއް ކަމަށް އެނގިފައިވެ އެވެ. އަދި މިއީ ފަހުގެ ތާރީހެއްގައި މިހާ ގިނަ ދުވަސް ފަހުން މައްސަލައެއް އިސްތިއުނާފުކުރުމުގެ ހުއްދަ ދިން ފަހަރެވެ.
ހައި ކޯޓުގައި މައްސަލައެއް އިސްތިއުނާފުކުރުމަށް އާންމު އުސޫލުން ލިބެނީ 60 ދުވަހުގެ މުއްދަތެކެވެ. ނަމަވެސް ވަކި ހާލަތްތަކެއްގައި، މި މުއްދަތުގެ ފަހުން މައްސަލަ ބަލައިގަތުމުގެ ހުއްދަ ދިނުމުގެ އިހްތިޔާރު ލިބިގެންވެ އެވެ.
ނަމަވެސް މި މުއްދަތުގައި އެ މައްސަލަ ހުށަނޭޅުނީ، އިސްތިއުނާފުކުރާ އަންހެން މީހާ އަކީ ބުއްދީގެ ނުކުޅެދުންތެރިކަން ހުންނަ މީހެއް ކަމަށްވެފައި، އެ ހާލަތު އަދިވެސް އެހެން އޮތުމުގެ ފުރުސަތު އޮތުމުން ކަމަށް، މައްސަލަ ހުށަހެޅުމުގެ ހުއްދަ ހައި ކޯޓުން ދީ އެކަމާ މެދު ނިންމި ނިންމުމުގައިވެ އެވެ.
އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި ކޯޓަށް ހުށަހަޅާފައިވާ ހުށަހެޅުމުގައިވާ ގޮތުން ހިތަދޫ ކޯޓުން މައްސަލަ ނިންމާފައިވަނީ ވެސް، މައްސަލަ އިސްތިއުނާފަށް ހުށަހެޅި ފަރާތުގެ ޣައިރު ހާޒިރުގަ އެވެ.
މި މަހުގެ 16 ވަނަ ދުވަހު މި ހުއްދަ ދެއްވީ ފަނޑިޔާރު ހުސައިން މަޒީދު، ފަނޑިޔާރު ހުޒައިފާ މުހައްމަދު އަދި ދީބާނާޒް ފަހްމީގެ އިއްތިފާގުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ރާވެރިބެ
23 July 2025
ދައުވާ ލިބޭމީހާ ދުނިޔޭގަ އެބަހުރިބާ؟ މިހެން އަހާލީ އިހަކަށް ދުވަހު ސިވިލްކޯޓުގަ ތާވަލް ކުރި މައްސަލައެއްގަ ދައުވާ ލިބޭ މީހާ މާކުރިން ނިޔާވެފަ އޮތްވާހަކަ އެއް މިނޫހުގަ އޮތީމަ.
އަބްދުالله ހަސަން
22 July 2025
މާލޭ މުނިސިޕަލްޓީ ޒަމާނުގައި މާލޭގެ ގެދޮރުގެކަންކަން ނުއަތުން އަނބުރާލާފަހުރީ ވަކިސުމާރެއް ނުބަލާ. ތަރިކަމުދަލައް ވަރައް ގޮތްގޮތް ހަދާލައިގެން އެތިބީ.ކަލޭމެންވެސް މަރުވާނެ އިނގޭ.
ކޮރަލް
22 July 2025
މައުމޫން ވެރިކަން ކުރި ދުވަސް ވަރުގަ ތިޔަ ކަަހަލަ ވ ގިނަ މައްސަލަ އުޅޭނެ އެވެ. އޭރު ބާރު ހުރި ބައެއް ފަރާތް ތަކުން ވަނީ ނަހަމަ ގޮތުގަ ބާރުގެ ބޭޏުން ކޮށް ގޭގޭގެ މައްސަލަ ަތައް އެމީހުން ބޭޏނުން ވާ ގޮތަށް އަނބުރާލާފަ އެވެ. އަލުން ބަލަން ރަނގަޅު މައްސަލަ ވެސް އެބަ ހުއްޓެވެ.
ކަހެރުވައް
22 July 2025
ތީގަ އަނެއްހެން މައްސަލައެއް ނެތެންނު ދޯ؟ ރާއްޖޭގަ އައު ކަމަކަށް ވިޔަސް ދުނިޔޭގެ އެތަންމިތަނުގަ 25 އަހަރަށް ޝަރީއަތްތައް ދިގު ދެމިގެންގޮސްފަ ވެސް އެބަހުރި. މުހިއްމީ މައްސަލަ އަވަސް ކުރުމެއްނޫން. އަދުލުވެރިކަން ގާއިމްވުން މުހިއްމީ.
ބަހެރުވައް
22 July 2025
ކޮންތާކު.ރާއްޖޭގަ އެކަނި ޝަރީއަތްތައް ލަސްކޮށްދަބީ.ތަރައްގީވެފައި ހުރި ގިނަ ގައުމުތަކުގަ ސްޕީޑް ރަނގަޅު.އިސްތިއުނާފް ނިމި ތަންފީޒުނުވެ ގިނަ ދުވަސްވުން ނެތް ވާހަކައެއް ނޫން.
ވރަގަޅު
22 July 2025
ރަގަޅު