ޣައްޒާގައި ހައިހޫނުކަމުގެ ސަބަބުން ބަލިވެފައިވާ ކުދިން ފޮޓޯތަކާ އެކު އިޒްރޭލުގެ އެކްޓިވިސްޓުން އިއްޔެ ތެލް އަވީވުގައި ހަނގުރާމައާ ދެކޮޅު ހަދައި ހިނގާލުމެއް ބާއްވަނީ. -- ފޮޓޯ: އޭއެފްޕީ
23 ޖުލައި 2025 - 07:12
ފަލަސްތީނުގެ ޣައްޒާގެ ހުރިހާ ހިސާބެއްގައި ވެސް ހައިހޫނުކަން އާންމުވަމުންދާ ކަމުގެ އިންޒާރު އެހީގެ 100 އަށް ވުރެ ޖަމިއްޔާއިން ދީފި އެވެ.
އެ ޖަމިއްޔާތަކުން ނެރުނު ގުޅިފައިވާ ބަޔާނެއްގައި ބުނީ ކާބޯތަކެތި ލިބުން އިންތިހާއަށް ދަތިވުމެ އެ ޖަމިއްޔާތަކުގެ މެންބަރުންނަށް ވެސް އެ ދަތިކަމާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
އިޒްރޭލުން، ދެ މިލިއަނަށްވުރެ ބޮޑު އާބާދީއެއް އޮންނަ ޣައްޒާގައި ހަމަލާދެމުން ގެންދާތާ 21 މަސް ދުވަސް ވެފައި ވާއިރު އެ ސަރަހައްދަށް ކުރިމަތިކޮށްފައިވާ އިންސާނީ މުސީބާތާ ހެދި ބައިނަލްއަގުވާމީ ޕްރެޝަރު ވަނީ ވަރަށް ބޮޑުވެފަ އެވެ.
އިޒްރޭލުން ޣައްޒާ ހިސާރުކޮށް ކާނާ އާއި ބޭސް ފަދަ އަސާސީ އެއްވެސް އެއްޗެއް އެތެރެކުރުން މަނާކޮށްފައި އޮންނަތާ ދެ މަސް ފަހުން މިދިޔަ މެއި މަދު ދޫތަކެއް ދިން ނަމަވެސް އެކަށީގެންވާ ވަރާ ގާތަށް ވެސް ކާނާއެއް ނުލިބެ އެވެ. އަދި އިޒްރޭލުން ބުނާ ގޮތަށް އެހީގެ ސާމާނު ބަހާ ޖަމިއްޔާގެ ސެންޓަރުތަކުގެ ކައިރިއަށް ޖަމާވާ އެތައް ހާސް ބަޔަކަށް އަމާޒުކޮށް ހަމަލާދީ ކޮންމެ ދުވަހަކުގެން ގެންދަނީ މީހުން ޝަހީދުކުރަމުންނެވެ.
ޑޮކްޓާސް ވިތައުޓް ބޯޑާސް (އެމްއެސްއެފް) އާއި ސޭވް ދަ ޗިލްޑްރަން އަދި އޮކްސްފާމް ހިމެނޭ ގޮތަށް 111 ޖަމިއްޔާއަކުން ނެރުނު ބަޔާނެއްގައި ބުނީ "އަޅުގަނޑުމެންގެ ބައިވެރިންނާއި އަޅުގަނޑުމެންގެ އެހީ ލިބޭ މީހުންގެ ހާލަތު ދަނީ ދަށްވަމުން" ކަމަށެވެ.
ޣައްޒާއަށް ކުރިމަތިކޮށްފައިވާ ހައިހޫނުކަމާ ދެކޮޅަށް އިޒްރޭލުގެ އެކްޓިވިސްޓުން އިއްޔެ ތެލް އަވީވްގައި ނުރުހުން ފާޅުކޮށް ބޭއްވި ހިނގާލުމެއްގައި "އަހަރެމެންގެ ނަމުގައި ކުރާ ކަމެއްގެ ޒިންމާ އަހަރެމެން ނަގަންޖެހޭނެ ކަމަށް" ލިޔެފައިވާ ބޯޑެއް ހިފައިގެން. -- ފޮޓޯ: އޭއެފްޕީ
"އިޒްރޭލު ސަރުކާރުގެ ހިސާރުގެ ސަބަބުން ޣައްޒާގެ އާންމުން ހައިހޫނުކަމުގެ ތެރެއަށް ހިނގައްޖެ. އަދި ހަމަ އެ މީހުންނާ އެއް ހާލަތަކަށް މި ޖަމިއްޔާތަކުގެ މެންބަރުން ވެސް ވެއްޓި، އާއިލާތަކަށް ކާން ހޯދަން އުޅުމުގެ ތެރޭގައި އިޒްރޭލުގެ ހަމަލާތަކުގެ އަމާޒަކަށް ވުމުގެ ބިރު ބޮޑުވެއްޖެ،" ބަޔާނުގައިވެ އެވެ.
އެ ޖަމިއްޔާތަކުން ވަނީ ހަމަލާތައް ހުއްޓާލުމަށާއި އެއްގަމު މަގުން އެހީގެ ސާމާނު ވެއްދޭ ހުރިހާ މަގުތަކެއް ވަގުތުން ހުޅުވާލައި އދ.ގެ ބެލުމުގެ ދަށުން އެހީގެ މަސައްކަތް ވަގުތުން ފެށޭނެ އިންތިޒާމު ހަމަޖައްސަން ގޮވާލައިފަ އެވެ.
އެމެރިކާ އާއި އިޒްރޭލުގެ އިންތިޒާމެއްގެ ދަށުން ޣައްޒާ ހިއުމެނިޓޭރިއަން ފައުންޑޭޝަން (ޖީއެޗްއެފް) އިން މެއި މަހުގެ ފަހުކޮޅު އެހީގެ އޮޕަރޭޝަންތައް ފެށި ފަހުން އެ ޖަމިއްޔާގެ އެހީ ހޯދަން އުޅުނު ފަލަސްތީނުގެ 1،000 އަށް ވުރެ ގިނަ މީހުން އިޒްރޭލުގެ ހަމަލާތަކުގައި ޝަހީދުކޮށްލާފައިވާ ކަމަށް އދ. އިން އިއްޔެ ވަނީ ބުނެފަ އެވެ.
ކާބޯތަކެތި ހުސްވެ ހާލުގައިޖެހިފައިވާ ފަލަސްތީނުގެ ޣައްޒާގައި، ރަނގަޅު ކާނާ ނުލިބިގެންނާއި ހައިހޫނު ކަމުގެ ސަބަބުން 21 ކުޑަކުދިން މަރުވިކަން ޣައްޒާގެ އައް ޝިފާ މެޑިކަލް ކޮމްޕްލެކްސްގެ ވެރިޔާ މުހައްމަދު އަބޫ ސަލްމިއާ އިއްޔެ ވަނީ ވިދާޅުވެފަ އެވެ.
އެކަމަކު އިޒްރޭލުން ބުނަނީ ޣައްޒާއަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުރުސަތު ދެމުން އަންނަ ކަމަށާއި އާންމުން ބަނޑަށް ޖެހެނީ ހަމާސް އިން އެހީގެ ސާމާނު ލޫޓުވައި ހަމަލާދީ އެހީގެ ތަކެތި ބޮޑު އަގުގައި ވިއްކައި ނާޖާއިޒް ފައިދާ ނަގާތީ ކަމަށެވެ. -- އޭއެފްޕީ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
2025
24 July 2025
އިޒްރޭލުތެރޭ މިވަރުއަރުވާއިރު ކޮބާ މުސްލިމްބައިގަޑު....ބޮއިހަލަކި
ވިސްނާށޭ
23 July 2025
ރިޒްގް ދެއްވަނީ މާތް ﷲ އެކަލާންގެ އަޅުތަކުންނަށް ނުއުފުލޭވަރުގެ ބުރައެއް ނުޖައްސަވާނެ އެކަލާންގެއީ އޯގާވަންތަ ރަސްކަލާންގެ ދީލަތިވަންތަ ގަދަފަދަ ވަންތަ ރަސްކަލާންގެ އެކަލާންގެއަށް ދުއާ ދަންނަވާ އަޅުންގެ ދުއާ އިޖާބަރުރައްވާ އެކަލާންގެ މަގުގަ ޖިހާދުކުރާ މުޖާހިދުންނަށް ނަސްރުދެއްވާ ރަސްކަލާންގެ
ދީން
23 July 2025
ޝަހީދުވެ ދިޔަ މީހުން އެބައި މީހުންގެ ވެރި އިލާހު ހަޟްރަތުގައި އަހަރެމެން މުސްލިމުންގެ ޝަކުވާ އެ ދުވަހަކުން ދަންނަވާ އިރު ތިބާ ދޭން އޮތީ ކޮން ޖަވާބެއް؟. ދީން އަންގައިދީފަ އޮތީ މުސްލިމުން ވަނީ އަޚުންތަކެއް ކަމުގައެވެ.
ވެންގަބޯ
23 July 2025
ސައުދީ، މިސްރު، ޖޯޑަން، ތުރުކީގެ މިގައުތަކުގެ ވެރިންނަކީ މުސްލިމުން ތޯ ބަލަންޖެހޭއެބަ ދިރިހުރުމުގެ ހައްގު ކޮންމެ މީހަކަށްވެސް ލިބިގެންވެއެވެ އަހަރެން ދެކޭގޮތުގައި ފަލަސްތީނު ނަސްލުނައްތާ ލާތަން ބަލަން ތިބޭނީ ޔަހޫދީންނާއި އެއްބައިވާތީ ކަމައް އަހަރެންގެ ދެކެނީ މުސްލިމު ގައުމަކަށް ފަލަސްތީނުގެ މައްސަލަ ހައްލުކުރެވެން ވާނެއެވެ ހާއްސަކޮށް ސައުދީ ސަރުކާރުން އިސްނަގަން ޖެހޭނީ ހުރިހާ މުސްލިމު ގައުމު ތަކުގެ މަންމައަކީ ސައުދީ ކަމަށްވާތީއެވެ
މިއައު
23 July 2025
ބަނޑަށް ޖެހުނީ ކީ ނޫން. ބަނޑަށް ޖެއްސީ. ސައުދީ، މިސްރު، ޖޯޑަން، ތުރުކީ ދެންވެސް މިކިޔާ ވަށައިން ތިބި އިސްލާމީ ވެރިން އިސްރޭލާ އެމެރިކާއާ ގުޅިގެން ކުރާ ކަމެއްތީ. ބަނޑަށް ޖެއްސީއޭ ކިޔާ