މަޖީދިއްޔާ ސްކޫލަށް 75 އަހަރުފުރުން ފާހަގަކުރަން ބޭއްވި އަލިމަސް ކާނިލުގައި ކުދިންތަކެއް ކުޅެނީ.-- ފޮޓޯ: ހަވީރު
24 ޖުލައި 2025 - 20:03
މާލޭގައި ބީޗު ވޮލީ ކުޅޭ ސަރަހައްދުގެ އިރުމައްޗަށް އޮތް ހުސްބިމުގައި، މުނިފޫހިފިލުވުމުގެ ހަރަކާތްތައް ހިންގާ ގޮތަށް ކާނިވަލެއް ހަދައިދޭނެ ބަޔަކު ހޯދަން ސިޓީ ކައުންސިލުން މިއަދު އިއުލާންކޮށްފި އެވެ.
އެ އިއުލާނުގައި ބުނީ އަމިއްލަ ހަރަދުގައި ކާނިވަލެއް ހަދައި، ދިގު މުއްދަތަކަށް އެ އެތަން ބަލަހައްޓަން ޝައުގުވެރިވާ ފަރާތްތަކުން މައުލޫމާތު ސާފުކުރުން އަންނަ މަހުގެ 7 ވަނަ ދުވަހު އޮންނާނެ ކަމަށެވެ.
އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ އަންނަ މަހުގެ 14 ވަނަ ދުވަހު އެވެ.
މާލޭގައި ކާނިވަލެއް ހެދުމަކީ މޭޔަރު އާދަމް އާޒިމްގެ ވައުދެކެވެ.
އަލިމަސް ކާނިވަލުގެ ގޮތުގައި މިހާރު މަޝްހޫރު ސްޓޭޖު ސަރަހައްދަކީ މަޖީދިއްޔާ ސްކޫލަށް 75 އަހަރު ފުރުން ފާހަގަކުރަން 2004 ވަނަ އަހަރު ހުޅުވި ތަނެކެވެ. އޭރު އެ ތަނުގައި ތަފާތު ކުޅިވަރުތައް ކުޅެވުނެވެ.
ސިޓީ ކައުންސިލުން ކާނިވަލެއް ހަދަނީ އެ ކޮންސެޕްޓަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
2025
27 July 2025
ހުޅުމާލެ ފޭސް 3 ގަ ހަދާ...... ބޮއިހަލަކި
ސަމަރޭ
25 July 2025
ތަފާތު ކުޅިވަރުތަކާ މުނިފޫހި ފިލުވުމާ ކެއިންބުއިމުގެ ހިދުމަތާއެކު ތިޔަ ފަދަ ތަނެއް އެބަޖެހޭ އޮންނަން. މި ކޮންކުރީޓު ޖަންގަލީގައި އުޅޭއިރު ބޯހަމަ ޖައްސާލާ ކުދިވެރިންނާ އެކު ނިކުމެ ރަނގަޅު ވަގުތުކޮޅެއް ހޭދަކޮށްލަން ޖެހޭ.. އެކަމަަކު ތިޔަ ބުނާ ސަރަހައްދަކީ އެ ޒާތުގެ ކަމެއް ކުރެވޭ ވަރަށްވުރެ މާ ބޮޑަށްވެސް ކުޑަ ތަނެއް. ހުޅުމާލޭގެ ބިން ބޮޑު ސަރަހައްދެއްގައި ޓްރެފިކްއަށް ދަތި ނުވާނެހެން ވަކި އެންޓްރީއަކުން ވަދެ ނިކުމެ ހެދޭ ގޮތަށް ކާނިވާ ހެދުން މާ ރަނގަޅު.
ދޮހޮއްބެ
24 July 2025
ކުޑަ ބިންކޮޅެއްގަ ކޮންސަކަރާތެއްތޭ … އެއްވެސް ޕުލޭނެއް ނެތް ..
ޖޯކް
24 July 2025
މިގައުމުގެ އުޅޭ ބަންގާޅުންނާ އިންޑިޔާ ދިވެހިރައްޔިތުންނަށް ދޯ. ގުރޫޕު ހަދާފަ ބޮޑެތި ފިރިހެނުންވަންނަން ހުޅުވާލާ.