ދުނިޔެ / ގާޒާ

ޣައްޒާގައި ހިންގަނީ ނަސްލު ނައްތާލުމުގެ އަމަލު ކަމަށް އިޒްރޭލުގެ ބޮޑު ދެ ޖަމިއްޔާއަކުން ވެސް ބުނެފި

އިޒްރޭލުގެ ހިސާރުގެ ސަބަބުން ޣައްޒާ ބަނޑަށްޖެހި ކުޑަކުދިން މަރުވަމުންދާ މައްސަލައިގައި އިޒްރޭލުގެ އާންމުން ތެލް އަވީވްގައި މިދިޔަ ހަފްތާގައި މުޒާހަރާކުރަނީ. -- ފޮޓޯ: އޭއެފްޕީ

29 ޖުލައި 2025 - 05:51

1 comments

އިޒްރޭލުން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުންދާ ޖަރީމާތަކަކީ ނަސްލު ނައްތާލުމުގެ އަމަލުތަކުގެ ގޮތުގައި ބެލޭނެ ކަމަށް، ހައްގުތަކަށް މަސައްކަތްކުރާ އިޒްރޭލުގެ ބޮޑު ދެ ޖަމާއަތަކުން ވެސް ބުނެފި އެވެ.

ބީތުސަލަމް އާއި ފިޒީޝަންސް ފޯ ހިއުމަން ރައިޓްސް އިޒްރޭލުން އިއްޔެ ވަކިވަކިން ނެރުނު ދެ ރިޕޯޓްގައި މިގޮތަށް ބުނެފައި ވާއިރު މިއީ އިޒްރޭލުގެ އެންޖީއޯއަކުން މިގޮތަށް ކަނޑައަޅައި އިއުލާނުކުރި ފުރަތަމަ ފަހަރެވެ.

މިއީ އާންމުކޮށް އިޒްރޭލު ސަރުކާރާ ދެކޮޅަށް ބަޔާން ނެރޭ ދެ ޖަމިއްޔާ ކަމަށް ވިޔަސް މިހާ ހަރުކަށި އިބާރާތްތަކާ އެކު މިހާ ފާޅުކަން ބޮޑުކޮށް ސަރުކާރު ކުށްވެރިކޮށް މީގެ ކުރިން ވާހަކައެއް ނުދައްކަ އެވެ.

"ތިމާ އަކީ ނަސްލު ނައްތާލުމުގެ އަމަލު ހިންގާ މުޖުތަމައެއްގައި ހިމެނޭ މީހެއްކަން އެނގުމަކީ އެއްވެސް މީހަކަށް ލަފާކޮށްލަން ވެސް އެނގޭނެ ކަމެއް ނޫން. މިއީ ވަރަށް ވޭންދެނިވި ވަގުތެއް،" ބީތުސަލަމްގެ އެގްޒެކެޓިވް ޑިރެކްޓަރު ޔޫލީ ނޮވާކް، މި ދެ ރިޕޯޓް ނެރުމުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ބުންޏެވެ.

"އިޒްރޭލާއި ފަލަސްތީނު ރައްޔިތުން މި ހަގީގަތް ކޮންމެ ދުވަހަކު ތަޖުރިބާކުރަން ޖެހިފައި ވާއިރު އޮތް ޒިންމާ އަކީ މިކަން ހަގީގަތަށް ހާމަކޮށް އަޑު އުފުލުން،" އޭނާ ބުންޏެވެ.

"އިޒްރޭލުން އެ ހިންގަނީ ފަލަސްތީނުގެ ނަސްލު ނައްތާލުމުގެ އަމަލެއް."

އިޒްރޭލުގެ ބޮޑުވަޒީރުގެ އޮފީހުގެ އޮފިޝަލެއް ކަމަށްވާ ޑޭވިޑް މެންސާ ވަނީ އެ ތުހުމަތު ދޮގުކޮށްފަ އެވެ.

"އިޒްރޭލުގައި ޚިޔާލުފާޅުކުރުމުގެ މިނިވަންކަން އެބައޮތް. ނަމަވެސް މި ތުހުމަތަށް ކަނޑައެޅިގެން އިންކާރުކުރަން،" އޭނާ ބުންޏެވެ.

އިޒްރޭލުގެ ދެ ޖަމިއްޔާގެ ރިޕޯޓާ އެކު އިޒްރޭލުގެ އާންމު ބަސްމަގު ތަކުރާރުކުރަމުން އޭނާ ބުނީ އިޒްރޭލުން ހަމަލާދެނީ "ޓެރަރިސްޓުންނަށް" ކަމަށާއި ޣައްޒާގައި އޮތް ހާލަތުގެ ޒިންމާ ނަގަންޖެހޭނީ ހަމާސް ޖަމާއަތުން ކަމަށެވެ.

ދެކުނު އެފްރިކާއިން ހުށަހެޅި މައްސަލައަކާ ގުޅިގެން މިދިޔަ އަހަރުގެ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް އިން ނެރުނު ވަގުތީ އަމުރެއްގައި ވެސް އިޒްރޭލުގެ އަމަލުތައް އދ.ގެ ޖެނޯސައިޑް މުއާހަދާއާ ހިލާފު ކަމަށް ބެލެވޭ ސަބަބުތައް ހުރި ކަމަށް ބުނެފައިވެ އެވެ. އެކަމަކު އިޒްރޭލާއި އިޒްރޭލުގެ މަދަދުވެރި އެމެރިކާއިން މި ތުހުމަތަށް އިންކާރުކުރެ އެވެ.

އިޒްރޭލުން މިފަހަރު ޣައްޒާއަށް ހަމަލާދޭން ފެށީ އޮކްޓޫބަރު 7، 2023 ގައި ހަމާސް އިން އިޒްރޭލަށް ހަމަލާދީ ހާހަކަށްވުރެ ގިނަ މީހުން މަރާލުމުން، ހަމާސް ނައްތާލަން ކަމަށް ބުނެ އެވެ. ނަމަވެސް އިޒްރޭލުގެ ހަމަލާތަކަށް 21 މަސް ދުވަސް ވީއިރު ޝަހީދުވި މީހުންގެ އަދަދު 60،000 އަށް އަރާފައި ވާއިރު އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.

1 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ފެނޭބާ

29 July 2025

އިޒްރޭލޭ ކިޔައިގެން އުޅޭ ބައިގަނޑުގެ މީހުންގެ ތެރެއިން، އެމީހުންގެ މީހުން އެމީހުންނަކީ އަނިޔާވެރިންކަމަށް ބުނާއިރު، ވަށައިގެން އެތިބަ އިސްލާމުން ކިޔައިގެން އުޅޭ އަރަބި ވެރިންނަށް އިޒްރޭލާ ދެކޮޅަށް ޗުއްޕުވެސް ބުނެލަން ނުކެރެ. ތިމާމެން ތިބީ އިޒްރޭލާއި އެމެރިކާއަށް އެކި ގޮތްގޮތުން ވިކި ހުސްވެފަ. ތިމާމެންގެ ވެރިކަމުގެ ޖާހުގެ ދިފާއުގައި ތިބީ އުއްމަތުގެ ކަރާމަތާއި އާރަައި ބާރު ވިއްކާލައިގެން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454