މާލޭގެ ރައްޔިތުންނާ އެކު ރޭ ބޭއްވި ބައްދަލުވުމުގައި މޭޔަރު އާދަމް އާޒިމް ވާހަކަ ދައްކަވަނީ.-- ފޮޓޯ: މާލެ ސިޓީ ކައުންސިލް
30 ޖުލައި 2025 - 11:20
މާލެ އިން ކުއްޔަށް ދޫކޮށްފައިވާ ހުރިހާ ބިންތަކެއްގެ ތަފުސީލު ކުރިއަށް އޮތް ދެ މަސް ތެރޭގައި އާންމުކުރާނެ ކަމަށް މާލޭގެ މޭޔަރު އާދަމް އާޒިމް ރޭ ވިދާޅުވެއްޖެ އެވެ.
މާލޭގެ ރައްޔިތުންނާ އެކު ބޭއްވި ބައްދަލުވުމުގައި އާޒިމް ވިދާޅުވީ ކައުންސިލް އުފެދުނު ފަހުން ހޭދަވީ 15 އަހަރު ތެރޭގައި ކުއްޔަށް ދޫކުރި ބިންތަކުގެ އޮޑިޓެއް ނުވަތަ ދަފްތަރެއް އެކުލަވާލާފައި ނުވާ ކަމަށެވެ. އެ މަސައްކަތް ކައުންސިލުން މިހާރު ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
އާޒިމް ވިދާޅުވި ގޮތުގައި، މާލެ އިން ކުއްޔަށް ދީފައި ހުރި ހުރިހާ ބިންތަކެއްގެ ތަފްސީލް ކުރިއަށް އޮތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި އާއްމުކުރެވޭނެ އެވެ.
މާލެ ސިޓީ ރައްޔިތުންނާ އެކު މޭޔަރު އާދަމް އާޒިމް ރޭ ބޭއްވި ބައްދަލުވުން.-- ފޮޓޯ: މާލެ ސިޓީ ކައުންސިލް
"ކުރިއަށް އޮތް ދެ މަސް ދުވަހުގެ ތެރޭގައި، މާލޭން ކުއްޔަށް ދޫކޮށްފައި ހުރި ހުރިހާ ބިންތަކެއް ކުއްޔަށް ދޫކޮށްފައި ހުރީ ކޮން ބަޔަކަށްތޯ، ކޮން ބޭނުމަކު ތޯ، ކޮން ކުއްޔަކަށް ތޯ، ކިހާ މުއްދަތަކަށް ތޯ، އެތާ ސީއެސްއާރު ކޮމްޕޯނަންޓު ހިމެނިފައިވޭތޯ އާއި މިހުރިހާ ކަމެއް، އޭގެ އިތުރުން ވެސް ހުރި ކަމެއް ވެއްޖިއްޔާ ތި ހުރިހާ ލޮބުވެތި ރައްޔިތުންނަށް ތިބޭފުޅުންގެ ބިންތަކުގެ ހުރިހާ ތަފުސީލެއް އަޅުގަނޑު ހާމަކޮށްދޭނަން،" އާޒިމް ވިދާޅުވި އެވެ.
ބިންތަކުގެ ތަފްސީލު ހާމަކުރަން މި ނިންމީ ކައުންސިލުން ކުއްޔަށް ދޭ ތަންތަނާއި އެ ތަންތަން ކުއްޔަށް ނަގާ މީހުންގެ މައުލޫމާތު އާއްމުނުކުރާ މައްސަލާގައި ގަލޮޅު އުތުރު ދާއިރާގެ ކައުންސިލް މެމްބަރު ސައިފް ފާތިހް (އައިކޮ) ވަނީ ކަންބޮޑުވުންފާޅުކުރައްވާފައި ވަނިކޮށެވެ.
އާޒިމް ވިދާޅުވީ ކުއްޔަށް ދޫކޮށްފައިވާ ބައެއް ތަންތަނުގެ ކުލި ނުދައްކާތާ 10 އަހަރު ވެފައިވާ ކަމަށެވެ. ބައެއް ތަންތަނުގެ ކަރަންޓާއި ފެން ބިލްތަކަށް ނުދައްކާ ހުރި އަދަދު 2.5 މިލިއަނަށް އަރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މާލެ ސިޓީ ކައުންސިލުން ކުއްޔަށް ދޫކޮށްފައި ހުރި ބިންތަކުގެ މުއްދަތު ހަމަވުމުން މީގެ ކުރިން އަމަލުކުރަމުން އައި ގޮތް މިހާރު ވަނީ ބަދަލު ކޮށްފަ އެވެ.
އާޒިމް ވިދާޅުވީ، އެއްބަސްވުމުގެ މުއްދަތު ހަމަވުމުން ނުވަތަ ހަމަވާން ކައިރިވުމުން ދެ ފަރާތުން ވާހަކަ ދައްކައިގެން މީގެ ކުރިން މުއްދަތު އިތުރުކުރަނީ ކަމަށެވެ. ނަމަވެސް މިހާރު ކޮންޓްރެކްޓެއް ހަމަވުމުން އިއުލާނު ކުރުމަށް ފަހު ކައުންސިލަށް އެންމެ ފައިދާވާ ޕްރޮޕޯސަލާ އެއްކޮށް ކުރިއަށް ދާން ނިންމާފައިވާ ކަމަށް މޭޔަރު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ރަދީފްއޮފިޝަލް / ވަލް ބިލް
30 July 2025
"ބައެއް ތަންތަނުގެ ކަރަންޓާއި ފެން ބިލްތަކަށް ނުދައްކާ ހުރި އަދަދު 2.5 މިލިއަނަށް އަރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ."ނިކަމެތި ރައްޔަތު މީހާ ބިލް ނުދެއްކި 1 ދުވަސްވާއިރަށް މި ދެތަނުން އިންޒާރުގެ މެސެޖާއި (ކަލޭގެ ފެން / ކަރަންޓް މިއަދު ކަނޑާނަން) ބިރުދެއްކުމުގެ މެސެޖް ފޮނުވާނެ.ނަމަވެސް ބައެއް ކޮމާޝަލް ކެޓަގަރީގެ ތަންތަނުން ބިލްގެ ޖުމްލަ ލައްކައިގަ.މެސެޖެއް ނުފޮނުވާ.ކޮބާ އެއްކަލަ ހަމަހަމަ ކަން.ލަދު ކޮބާ؟؟ ވ.ވެދުން
އަލިބެ544
30 July 2025
މިހިރީ މިގައުމުގެ ހާލަތު
ކޮރަލް
30 July 2025
ގިނަ ކޮމެންޓް ތައް ލިޔެފަ އޮތް ހަބަރަ ކާ ނުގުޅެ އެވެ.
ޑރ ވާންޗޯ
30 July 2025
ތިޔައީ ޖަމަލު ފޮޑިއަކަށްވުން ވަރަށްގާތް ވާހަކައެއް. އަނެއްކާ އެއްވެސް ޕާޓީ ކެމްޕޭންއެއް ދެމަސްތެރެއަށް އަންނަނީތޯ؟.
އިސްމާލު
30 July 2025
ވިއްކާގޮތަށް ... 50 ނުވަތަ 100 އަހަރަށް , ބިޔަ 6 ޕާކިންގ ބިލްޑިގް އަޅާ , ސައިކަލުވެސް ކާރުވެސް މަގުމަތީ ޕާކު ކުރުމުގެ އާދަ ނިމުމަކަށްގެނެސްދީ
ދޮން
30 July 2025
ސަހަރާތައް ހުސްކޮށް ރަގަޅު ގޮތުގައި ބޭނުން ނުކުރެވޭ ، ހަމަ ސައިކަލްތައް ޖެހެނީ ކުރިން ގޮތައް މަގުމަތީ ބަހައްޓަށް ހުސްކުރި ބައިގައި ޕާކް ރާނާ ބޯގަންވިލާ އިންދާފަ ، ޒަމާނީ ޕާކިން ބިލްޑިންގް ތަކެއް ހަދާލިނަމަ ލުޔެއް ލިބުނީސް މޮޅުވިސްނުމާއި ޤާބިލްކަމެއް ނުފެނޭ ،
ސަޅިބެއްޔާ
30 July 2025
ވަރަށް ރަގަޅު ނިއްމުމެއް. އެއްވެސް ކަމެއް ފޮރުވާނެކަމެއްނެތް.
ކަޅޭމާ
30 July 2025
ހިލޭ ދިންބިންތައްް ކޮބާ
ކާރު
30 July 2025
މަގުމަތީގައި ހުރި ޕާކިން ސްލޮޓްތަކުގއ ތަފްސީލްވެސް ނެރެބަލަ، ޤައިމު އެކަކަށް ދެތިން ހަތަރުތަން ދީފައިހުރިކަން އިނގޭނެ.
ފޮނިޓައްޕު ހަސަނު
30 July 2025
މާލެއާއި ހުޅުމާލެއިން ބޮޑެތި ބިންތަކެއް ނަގައިގެން ރެސްޓޯރެންޓް ހިންގަމުންދާ މަހުޖަނު ތިޔަ ލުސްޓު އާއްމުކޮށްފި ނަމަ ވަރަށް ލަދުގަންނާނެ.