ސްރީ ލަންކާގެ ރައީސް އަނޫރާ ކުމާރަ ޑިސެނަޔަކަށް މި ހަފްތާގައި ރާއްޖެ ވަޑައިގެންނެވި މަތިންދާބޯޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި އޮތް އިރު ބޯޓުގައި ލަންކާގެ ދިދަ ނަގާފައި: ރާއްޖެ އާއި ލަންކާއިން ވަނީ އެއް ގައުމުން އަނެއް ގައުމަށް ވިސާގެ ކަންމުގައި ލުއިތައް ދީފައި. -- ފޮޓޯ: ނިޝާން އަލީ/މިހާރު
31 ޖުލައި 2025 - 00:10
ރާއްޖެއަށް އަންނަ ސްރީ ލަންކާ މީހުންނަށް ވެސް 90 ދުވަހުގެ އޮން އެރައިވަލް ވިސާ ދޭން ފަށައިފި އެވެ.
އިމިގްރޭޝަނުން ބުނީ މިއީ ސްރީ ލަންކާގެ ރައީސް އަނޫރާ ކުމާރަ ޑިސެނަޔަކަ ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުއާ އެކު ކުރެއްވި މަޝްވަރާތަކަށް ފަހު ނިންމި ނިންމުމެއް ކަމަށެވެ.
"ލަންކާއަށް ދާ ދިވެހިންނަށް މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އަންނަނީ 90 ދުވަހުގެ އޮން އެރައިވަލް ވިސާ ދެމުން. މި ނިންމުންތަކުން ދައްކުވައިދެނީ ދެ ގައުމުގެ ގާތް ގުޅުން،" އިމިގްރޭޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.
އިމިގްރޭޝަނުން ބުނީ ޖުލައި 30 ވަނަ ދުވަހުން ފެށިގެން ލަންކާ މީހުންނަށް ރާއްޖެއިން ވެސް 90 ދުވަހުގެ އޮން އެރައިވަލް ވިސާ މިހާރު ލިބޭނެ ކަމަށެވެ.
ރާއްޖެއިން ލަންކާ މީހުންނަށް ވިސާގެ މުއްދަތު އިތުރުކޮށްދީފައި ވާއިރު ލަންކާގައި ވަޒީފާ އަދާކުރާ ނުވަތަ މަތީ ތައުލީމް ހާސިލްކުރާ ދިވެހިންގެ އަނބިން/ފިރިންނަށް ވެސް އެއް އަހަރުގެ ވިސާ ލިބޭ ގޮތް ވަނީ ހަމަޖައްސައިފަ އެވެ. އަދި މީގެ އިތުރުން އަންނަ މަހުން ފެށިގެން ދިވެހިންނަށް އެއް އަހަރުގެ ވިސާ ދޭން ލަންކާއިން ފަށާނެ ކަމަށް އެ ގައުމުން ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސަމްސް
01 August 2025
ތި ހުރިހާ ލަންކާ މީހުން މަގުމަތީ ވިޔަފާރިކުރާނީ އަދި އޮންލައިން ވިޔަފާރިކުރާނީ ދިވެހިންނަށް ލަންކާގައި ކުރެވޭނެ ކަމެއް ނޯވޭ.
އެމްސް
01 August 2025
ރާއްޖެއަކީ ބޭރުމީހުނަށް ސުވަރުގެއެވެ! ވަޒީފާއެއްގަވެސް އުޅޭ ބޭރުމީހަކަށް ވިއްޔާ ދިވެއްސަކަށް ނުދޭ ހާސް ޢިނާޔަތްް އޮވެއެވެ!
ރާވެރިބެ
31 July 2025
މަގޭ ޚިޔާލަކީ ދިވެިހިންނާ ސްރީލަންކާ މީހުންނަށް އެއްގައުމުން އަނެއްގައުމަށް ދަތުރު ކުރަން އެއްވެސް ވިސާއެއް ބޭނުން ނުވުން. އަދި 5 އަހަރު ވަންދެން ކޮންމެ ގައުމެއްގަ ހުރެވޭ ގޮތްވުން. 5އަހަރުން 5 އަހަރުން ހުއްދަ އާކުރެވޭ ގޮތަށް. އަދި ދެ ގައުމުގެ ރައްޔިތުން އަނެއް ގައުމުގަ ވަޒީފާ ހޯދުމަށް އެއްވެސް ހުރަހެއް ނެތުން. ހަމަ އެފަދައިން ވިޔަފާރި ކޮށް އިންވެސްޓް ކުރުމަށް ހުރަހެއް ނެތުން. ހުއްދަތަށް ނަގަން ޖެހޭނެ. ގާނޫނާ ޚިލާފުނުވެ އުޅެންވީ. ވަރަށް ފައިދާވާނެ
ކޮރަލް
31 July 2025
ބިޒްނަސް ވިސާގަ އައިސް ވޯކް ޕާމިޓް ހަދާ ހެދުން ހުއްޓުވާ ދީބަލާށެވެ. ކޮންމެ މަހަކު އެތައް ހާސް ބަޔަކު ބިޒްނަސް ވިސާގަ މާލެ އައިސް ވަޒީފާ ހޯދާފަ ވޯކް ޕާމިޓް އެބަ ހަދަ އެވެ. ކުރީން އޮންނަ ގޮތުން ބިޒްނަސް ވިސާގަ އަންނަ މީހުންނަށް ރާއްޖެ އިްނ ބޭރު ވެ ނޫނީ ވޯކް ޕާމިޓް ނުހެދެ އެވެ. މިހާރު ބިދޭސީން މާލެ ފުރާލައިފި އެވެ. އެއްވެސް ވިޔަފާރިއަކުން ދިވެއްސަކަށް ވަޒީފާ އެއް ނުދެ އެވެ.
ޖުއްބާ
31 July 2025
ދިވެހިންނައް ބާކީހުރި ވަޒީފާކޮޅުވެސް "ގުޑް ބައި"!!!!!!!!!!!!!!
ނިއުމަތް މުހައްމަދު
31 July 2025
މީގެ ސަބަބުން މުއިއްޒްގެ ހާރިޖީ ސިޔާސަތު ވަރުގަދަ ކަން ބޭރުގެ މީހުން ބަލައިގެންފިކަން މި ސާފްވީ. މަރުހަބާ ދިވެހިން
ސާރިދޯޅު
31 July 2025
ހާދަވަރަކަށް ވައިޖެހޭ ދޯ!!! އަންނަ މަހުން ފެށިގެން އެކަށީގެންވާ ހެޔޮވަރު މަޤާމެއް ލިބޭނެ. ކުރިންވެސް 3 މަހުގެ އޮން އެރައިވަލް ވިސާ ލިބޭ. މީއަލަށް ވީ ކަމެއް ނޫނޭ
މިމްރާހް
31 July 2025
ރަނގަޅު ހާރިޖީ ސިޔާސަތެއް ގެންގުޅުމުގެ ނަފާ މިއީ. ދެކޮޅަށްވެސް ފައިދާ
އެމްސް
01 August 2025
ޑޮލަރު ރޭޓް 40 އަށް ނާރައިފިއްޔާ ރަގަނޅު އެވެ!
ޖަނާބު
31 July 2025
ދިވެހި މީހާއަކީ މަސައްކަތްތެރި، ހިއްވަރުގަދަ މީހަކަށް ހަދަން ސިޔާސަތު ބައްޓަން ނުކުރެވޭ! މުޅިންވެސް ސިޔާސީ ގޭސްގަޑެއް ނޫނީ ޑީލެއްގަ! ވިސްނުމެއް އަމާޒެއް ނެތް!
ކުރެދިފަރު
31 July 2025
އެއީ ކޮންމެހެން ގާތްގުޅުމަކުން ވާކަމެއްނޫން އޮންއެރައިވަލް ވިސާގެ މުއްދަތު އިތުރު ކޮށްލަނީ ދެގައުމުންވެސް އިޤްތިސާދީ މަންފާއަކަށް ގިނަ ދުވަހު ތިބޭކަމަށްވަނީނަމަ ކޮންމެ ގައުމަކަށްވެސް އެބަޔަކު ކުރާ ހޭދަ އިތުރުވެ ގައުމުގެ ޖީބު ބަރުވާނެ އެއީ އެހަދާއެއްޗަކީ
އެމްސް
01 August 2025
މިޤައުމަށް ޖީބު ހުސްކުރާ ބޭރުމީހުނަށްވުރެ ގިނައީ މިޤައުމުން ޖީބު ފުރާ ބޭރުމީހުންނެވެ! ޑޮލަރުގެ ޑިމާންޑް އުފެދޭ 1 ސަބަބަކީވެސް %90 ވަޒީފާތައް ބޭރުމީހުނަށް ޚާއްސަވުމެވެ! އޭސީދަށުގަ، އެންމެ އަރާމުގަވެސް ގިނައިން ތިބީ ބޭރުމީހުންނެވެ!
އާދަމް ކުރޮޅި
31 July 2025
ސާރކު ޤައުމުތައް، އެއްޤައުމުން އަނެއް ޤައުމަށް ކުރާ ދަތުރުތަކުގައި 3 މަހުގެ ވިސާ ލިބޭގޮތަށް ހަމަޖެހުނުތާ މިހާރު ޒަމާންތަކެއް ވެއްޖެ. ދެން މިޔޯ