ހެލްތު ސެންޓަރެއްގެ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށްފަހު ފޮޓޯއަކަށް ހުއްޓިލައިގެން.
31 ޖުލައި 2025 - 19:25
ހަ ރަށެއްގެ ސިއްހީ މަރުކަޒު މަރާމާތުކުރަން ހެލްތު މިނިސްޓްރީން މިއަދު ހަވާލުކޮށްފި އެވެ.
އެ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ހއ. ތުރާކުނު، ހއ. ވަށަފަރު، ށ. ޅައިމަގު، ނ. މަގޫދޫ، ފ. ބިލެއްދޫ އަދި ފ. ދަރަނބޫދޫގެ ހެލްތު ސެންޓަރުގެ މަސައްކަތްތައް 23.5 މިލިއަން ރުފިޔާއަށް ހަވާލުކުރީ ތިން ކުންފުންޏަކާ އެވެ.
ވަށަފަރާއި ތުރާކުނުގެ ސިއްހީ މަރުކަޒުގެ މަސައްކަތް ހަވާލުކުރީ ޕާފެކްޓް މަލަފެހި މޯލްޑިވްސް ކުންފުންޏާ އެވެ. އެ ތަނުގައި ވޯޑަކާއި ޕްރައިވެޓް ރޫމާއި ލެބޯޓްރީ އާއި ނާސް ސްޓޭޝަނާއި ޕްރޮސީޖާ ރޫމާއި ގަރާޖް އަދި ގުދަނެއް ހަދަން ދިނީ 4.8 މިލިއަން ރުފިޔާއަށެވެ. އެއީ 210 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.
ނ. މަގޫދޫ، ފ. ބިލެއްދޫ އަދި ފ. ދަރަނބޫދޫ ޞިއްޙީމަރުކަޒު އަޕްގްރޭޑްކުރުމަށް އެއްބަސްވުމުގައި ސޮއިކުރެއްވުން pic.twitter.com/V4rGCJ11Nv
— Ministry of Health (@MoHmv) July 31, 2025
ތުރާކުނުގެ ސިއްހީ މަރުކަޒުގެ އޮފީހާއި މީޓިން ހޯލާއި ޕަބްލިކް ހެލްތު އޮފީހާއި ސްޓޯރު އަދި ލޯންޑްރީ ޖާގަ އިތުރުކުރަން ދިނީ 180 ދުވަހެވެ. އެ މަސައްކަތް ހަވާލުކުރީ 3.4 މިލިއަން ރުފިޔާއަށެވެ.
މިނިސްޓްރީން ބުނީ ޅައިމަގުގައި ވެސް ވޯޑަކާއި ޕްރައިވެޓް ރޫމާއި ލެބޯޓްރީއާ ނާސް ސްޓޭޝަނާއި ޕްރޮސީޖާ ރޫމާއި ގަރާޖް އަދި ސްޓޯ ރޫމް އިތުރުކުރަން ހަވާލުކުރީ އީކޮން މޯލްޑިވްސް ކުންފުންޏަށް ކަމަށެވެ. އެ ކުންފުންޏާ ހަވާލުކުރީ 4.8 މިލިއަން ރުފިޔާއަށް 180 ދުވަހުގެ ތެރޭގަ އެވެ.
މަގޫދޫ އާއި ބިލެއްދޫ އަދި ދަރަނބޫދޫގެ ސިއްހީ މަރުކަޒުގައި ވޯޑަކާއި ލެބޯޓްރީ އާއި ނާސް ސްޓޭޝަނާއި ޕްރޮސީޖާ ރޫމާއި ލޯންޑްރީ އަދި ސްޓޯ ރޫމް އިތުރުކުރަން ދިނީ ސަމާލު ކޮންސްޓްރަކްޝަން ކުންފުންޏާ އެވެ. ދަރަނބޫދޫ ފިޔަވައި އެ އިން ކޮންމެ ރަށެއްގައި މަސައްކަތްތައް ނިންމަން ދިނީ 180 ދުވަހެވެ. ދަރަނބޫދޫގެ މަސައްކަތްތައް ނިންމަން ދިނީ 4.8 މިލިއަން ރުފިޔާ އަށް 210 ދުވަހެވެ. މަގޫދޫގެ މަސައްކަތްތައް 4.8 މިލިއަން ރުފިޔާއަށް އަދި ބިލެއްދޫގެ މަސައްކަތްތައް 4.3 މިލިއަން ރުފިޔާއަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ބިރުގަނޭ
01 August 2025
މިއީ ރައްޔިތުންގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކޮށް އިސްރާފު ކުރުން. މިނޫނަސް ދުވަހެއް އެބަ އާދޭ.
ޢަރުތަ
02 August 2025
ލޯކަލްކައުންސިލް އިންތިޚާބް އަންނަނީ ލައްކަ ފައިސާ ބޭނުންވާނެ، އަގުތައް އަދިވެސް ތަންކޮޅެއް ތިރީގަ ތިހިރީ، ތިވަރަކުން ނުވާނެ.
ކޮރަޕްޓު
01 August 2025
ތިޔަ ބުނެފަވާ އެއްވެސްތަނަކަށް ތިމަސައްކަތް އެންމެ ރަގަޅު ފެންވަރުގަ ކުރަންވެސް އެއްމިލިއަން ވެސް ޚަރަދު ނުވާނެ. ތިޔަ ކޮރަޕޓު މީހުނަށް ތެދުމަގު ދައްކަވާ ހަލާލު ގޮތުގައި ފައިސާ ހޯދުމުގެ ހެޔޮވިސްނުން ދެއްވާށި. އާމީން.
އެމްސް
01 August 2025
ސިއްޙީ ނިޒާމް ކުރި ނާރާއިގެން އުޅެނީ ޢިމާރާތްތައް މަދުވެގެނެއް ނޫނެވެ. ޑޮކްޓަރުންގެ ޢަދަދު މަދުކަމުންނެވެ! މިއަދުވެސް ބައެއްކަހަލަ ޑޮކްޓަރުންނަަށް ދައްކަން އަހަރަކާއި ގާތްކުރާ ވަގުތެއް އެބަ ނަގައެވެ!
ކުޑަ ސައިހު
31 July 2025
ތިއީ ކުދިކުދި ތަންތަން ތިތަން މަރާމަތުކުރަން ތަނަކައް ތިންމިލިއަން އަރަނީ ކީއްވެރޯ ތިތަންތާ ތިންމިލިއަންގެ މަރާމާތެއް ނުހުންނާނެ