މެޝިން ބޭނުން ކޮށްގެން ޑޮލަރުތަކެއް ގުނަނީ: ބޭރަށް ޑޮލަރު ފޮނުވުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ފުލުހުން ބުނޭ-- ފޮޓޯ: ނިޝާން އަލީ/މިހާރު
01 އޯގަސްޓް 2025 - 12:16
ބޭސްފަރުވާއަށް ރާއްޖޭން ބޭރަށްދާ މީހުންނަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ވިއްކާ ޑޮލަރުގެ އަދަދު މިއަދުން ފެށިގެން އިތުރުކޮށްފި އެވެ.
މިއަދު ގެނައި ބަދަލާ އެކު، އެ މީހަކީ ބޭސްފަރުވާ އަށް ދާ މީހެއް ނަމަ ކުރިއަށް ވުރެ އިތުރަށް ޑޮލަރު ލިބޭނެ އެވެ. މިހާރު ހަމަޖައްސާފައިވަނީ؛
▪ އާސަންދައިގެ ދަށުން ބޭހަށްދާ މީހަކަށް ނަމަ 2،000 ޑޮލަރު.
▪ އެންސްޕާގެ އެހީ ލިބިގެންދާ މީހަކަށް ނަމަ އެންސްޕާއިން ކަނޑައަޅާ އަދަދަކަށް (ގިނަވެގެން 2،000 ޑޮލަރު)
▪ އާސަންދަ އަދި އެންސްޕާގެ އެހީ ނެތި ދާ މީހެއް ނަމަ 1،000 ޑޮލަރު
📌 Increased USD support for overseas medical travel.
— Bank of Maldives (@bankofmaldives) August 1, 2025
Submit your requests through Internet or Mobile Banking App with supporting documents.
View details: https://t.co/ZgDUisZDMN pic.twitter.com/ucKRu4m0kn
ބޭސްފަރުވާއަށް ދާ މީހުންނަށް ޑޮލަރު ގަންނަން ލިބޭނީ އިންޓަނެޓް ނުވަތަ މޯބައިލް ބޭންކިން އެޕް މެދުވެރިކޮށް އެކަމާ ގުޅޭ ލިޔެކިޔުންތައް ހުށަހަޅައިގެންނެވެ. އާސަންދައިގެ ދަށުން ބޭހަށްދާ މީހެއް ނަމަ ބަލިމީހާ އަދި އެހީތެރިޔާގެ ޓިކެޓް އަދި ޕާސްޕޯޓް ކޮޕީގެ އިތުރުން އާސަންދަ އެޕްރޫވަލް ނުވަތަ ރިކޮމެންޑޭޝަން ލެޓާ ހުށަހަޅަން ޖެހޭނެ އެވެ.
އެންސްޕާގެ އެހީ ލިބިގެންދާ މީހުން ޑޮލަރު ގަންނަން އެންސްޕާއިން އެހީ ހަމަޖެހުނު ކަމުގެ ލިޔުން، ބަލިމީހާ އާއި އެހީތެރިޔާގެ ޓިކެޓާއި ޕާސްޕޯޓް ކޮޕީ ހުށަހަޅަންޖެހޭނެ އެވެ.
އެއްވެސް އެހީއެއް ނުލިބި އަމިއްލަ ހަރަދުގައި ބޭހަށްދާ މީހަކު ނަމަ ރާއްޖެއިން ބޭރުން ފަރުވާ ހޯދަންޖެހޭ ކަމަށް ބަޔާންކޮށް ޑޮކްޓަރު ދީފައިވާ ލިޔުން އަދި މި ލިޔުމުގައި ބައްޔާއި ބަލީގެ ހިސްޓްރީ އެނގެން ނެތް ނަމަ އެކަން އެނގޭނެ ވަކި ލިޔުމެއް، ޑޮކްޓަރުގެ ނުވަތަ ފަރުވާގެ އެޕޮއިންޓްމެންޓް ހަމަޖެހިފައިވާ ކަމުގެ ލިޔުން، ބަލިމީހާގެ ޓިކެޓާއި ޕާސްޕޯޓް ކޮޕީ ބޭނުންވާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޖޫންޖުލައި
03 August 2025
2026 ގެ އިންތިޚާބުގެ ކެމްޕެއިންގަ މީގެ ކިތަންމެ ކަމެއް ފެންނާނެ. 2،000 ޑޮލަރު ލިބޭ ގޮތް ހެދިއިރު ޑޮލަރު ހުރީ 20 ރުފިޔާއަށް. އިބޫ ސަރުކާރުގަ 18ރ އަށް ޑޮލަރު އަރައިގެން 2023 ގެ ކެމްޕޭނުގައި ބުނީ 2024 ގެ މަޖުލިސް ލިބުނީމަ 3 މަސްތެރޭ ޑޮލަރު ރޭޓް 15 އަށް ކުޑަކުރާނަމޭ. 20 ރ އަށް ޑޮލަރުގަނެގެން ވިޔަފާރިވެރިން ގަނެގެން ވިއްކާ މުދާ %30 އަގުބޮޑުވެއްޖެ. ދެން ޢާންމު މީހާ ބަލިވީމާ 2000 ޑޮލަރު ގަންނަނީ ކޮންތާކުން ހޯދާ ފައިސާޔަކުންތޯ؟
މުއްބެ
02 August 2025
ރައީސް ޑރ މުއިޒު ވަރެއް ނެތް ހަމަ.
އިއްޒަތު
02 August 2025
ދިވެހިންނަކީ އެހާހޭލުންތެރިބައެއްނޫންކަމަށް ސަރުކާރުން ދެކުނަސް މިވާއެއްޗެއް މިވާގޮތެއް ނިކަން ވިސްނާލީމާ އެބައެގޭ މީގެކުރިން އާސަންދަ ނުވަތަ އެންސްޕާއިން ބޭސްފަރުވާއަށްދާ މީހުންނަށް ގަންނަން 2000 ޑޮލަރަށްވުރެ ގިނައިންލިބޭ މީ މިސަރުކާރުންދޭ އެއްޗެއްގެ ގޮތުގައި ދެއްކުން ނޫންކަމެއް މިކަމުގައިނެތް ދެން އެހީ ނުލިބި ދާމީހުންނަށް ކުރިން ލިބެމުންއައި 500 ޑޮލަރުވެސް ދެން ހޯދުން އެހާ ފަސޭހައެއްނުވާނެ މިވެސްދެން ލިބޭނީ މަރުފޯރމް ހުށަހަޅައިގެން.
ރަމަ
02 August 2025
މީގެކުރިންވެސް އާސަންދަ ނުވަތަ އެންސްޕާގެ ޚަރަދުގައި ބޭސްފަރުވާއަށް ރާއްޖެއިންބޭރަށްދާނަމަ އެހީ ހަމަޖެހިފައިވާ ކަމުގެ ލިޔުން އޮވެއްޖެނަމަ ބޭންކުން 2000 ޑޮލަރު ގަންނަން ލިބޭ މީއަލަށް ކޮށްގެންއުޅޭކަމެއްނޫން. ނަމަވެސް އަމިއްލަގޮތުންދާމީހުންނަށް ލިބެނީ 500 ޑޮލަރ އާޤަވާޢިދުގެ ދަށުން 1000 ޑޮލަރު ލިބޭކަމަށް ހާމަކޮށްފައިއޮތަށް މިކީ ފަސޭހައިން ލިބޭނެ އެއްޗެއްނޫން އެއްހާސް ޑޮލަރު ހޯދާނަމަ ބަލިމީހާ ޖެހޭނީ އެއްމަސްދުވަހު ކިޔޫގައިހުރެގެން މިލިޔުންތައްހޯދަން.
ޑޮނާސް
02 August 2025
ދިވެހިން ވަރަށް ގަޅި ވާނެ. ޢަހަރެން މީގެ ދެ މަސް ކުރިން ބޭހަށްދާން ބޭންކުން 2000 ޑޮލަރާ 3500 ޔޫރޯ ދިން. ޢެ ފަރުވާ ކުރިއަށް ގެންދަން މިފަހަރު ޑޮލަރަށް އެދުމުން ބުނީ މިހާރު ދެނީ 2000 ޑޮލަރޭ. އަސްލު ކުރިކަމަކީ ކުރިން ދޭ މިންވަރު ބޮޑު ތަނުން ދަށްކުރީ
ބްރޯސް
02 August 2025
ތިދަނީ ބޭހައްބާ އަނެއްކާ؟
ކަލެޔާ މަށާ
02 August 2025
މާތްކަލާކޯ ދިވެހިންނަށް ހެޔޮ އެއްގޮތެއްވެސް ނޯންނާނެ…
މައިޒާން އަލިމަނިކު
02 August 2025
ވިޔަފާރިވެރިންނަށް ބޭނުންވާ ވަރަށް ޓީޓީ ހެދޭ ކިޔަވާ ދަރިވަރުންގެ ކާޑު ލިމިޓް ބޮޑު ވެއްޖެ ޙައްޖާއި އުމްރާއަށް ދާ މީހުންގެ ޑޮލަރު ލިމިޓް ބޮޑުވެއްޖެ ބޭސް ފަރުވާއަށް ދާ މީހުންނަށް ދޫކުރާ ޑޮލަރުގެ އަދަދު އިތުރުވެއްޖެ ޢަސާސީ ބޭނުންތަކަށް ކޮންމެ ރައްޔިތެއްގެ ކާޑަށް 500 ޑޮލަރުގެ ލިކިޓެއް ދެން ސިޔާސީ ބޭނުމަށް ޑޮލަރެއް ނުލިބެއޭ ކަޅުބާޒާރުންނޭ ޑޮލަރު ގަންނަންޖެހޭނީ ކިޔައި ފިތުނަ އުފައްދާކަށް ނުޖެހޭ. ސަރުކާރު ދަނީ ހަމަ މަގުން ބާރަށް ކުރިއަށް
ރ އަލީ
01 August 2025
މިހިރަ ފެންނަނީ ޑޮލަރު މާރުކުރުމަށް މި ގެނައި ބަދަލުގެ ހެޔޮ އަސަރު. ޝުކުރިއްޔާ އަދުގެ ރައީސް.
ލޮލްޒ
01 August 2025
މި ފަހުން އެންމެ ދެރަވީ މަންމަ އާއި ބައްޕަ ހައްޖައް ފުރިއިރު ހަދިޔާއަކަށް ދޭން 200 ޑޮލަރުވެސް ގަންނަން ނުލިބުނީމަ. އެއްވެސް އެކްސްޗޭންޖަކުން ޑޮލަރެއް ނުލިބުނު. ވިއްކާކަށް ޑޮލަރެއް ނެތޭ ބުނަނީ. ހުރިހާ ޑޮލަރެއް ސަރުކާރުގެ ބޭނުމަށް ނަގާ ހުސްކޮށްފި.
ރާއްޖެ
02 August 2025
ހައްޖަށް ފުރިއިރު 4000 ޑޮލަރުގެ ލިމިޓެއް އެދެމީހުންގެ ވިސާ ކާޑަށް ހަމަޖައްސާފަ ހުންނާނެ. ކަލޭ ޑޮލަރު ފަހާ ދުވާކަށް ނުޖެހޭ ހެން ހީވަނީ.
އެމްސް
01 August 2025
ބޭރަށް ބޭހަށް ދާން ނުޖެހޭވަރަށް ހޮސްޕިޓާތައް ކުރިއެރުވުން މާމުހިއްމުއެވެ!
ބްރޯސް
02 August 2025
ބޭރަށް ދަނީ ކޮންމެހެން ބޭހަކައް އެކަންޏެއްނޫން. މަޖަލާ ޝޮޕިންގާވެސް އެކީ. އެކަމު ބޭހަށޭ ބުނީމާ އެހެން މީހުންނަށް ހަޖަމް ކުރަން ފަސޭހަވާނެ.