ހުޅުމާލެ ފޭސް 1 ގައި ހުޅުވި އެސްޓީއޯގެ އާ ފާމަސީ. --ފޮޓޯ: އެސްޓީއޯ
06 އޯގަސްޓް 2025 - 18:50
އެސްޓީއޯއިން ހުޅުމާލޭގައި އަލަށް ހުޅުވި ފާމަސީ "އެސްޓީއޯ ފާމަސީ ސެންޓްރަލް" ގެ ހިދުމަތް އިއްޔެ ފޯރުކޮށްދޭން ފަށައިފި އެވެ.
މި ފާމަސީއަކީ އެސްޓީއޯގެ އެމްޑީ ޝިމާދު އިބްރާހިމް 2024 ވަނަ އަހަރުގެ އާންމު ޖަލްސާގައި ހާމަކުރައްވާފައި ފަދައިން، ކުރިން އެސްޓީއޯ ސްމާޓް ސްޓޯ ހިންގަމުން އައި ތަނުގައި ގާއިމްކުރި ފާމަސީއެކެވެ.
އެސްޓީއޯއިން ބުނީ، މި ފާމަސީ ހުޅުވުމުގެ މައިގަނޑު މަގުސަދަކީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް އެ ކުންފުނީގެ ސިއްހީ ޚިދުމަތްތައް ފަސޭހަކަމާއެކު ލިބޭނެ މަގު ތަނަވަސްކޮށްދިނުމެވެ.
ހުޅުމާލެ ފޭސް 1 ގައި ހުޅުވި އެސްޓީއޯގެ އާ ފާމަސީ. --ފޮޓޯ: އެސްޓީއޯ
އެސްޓީއޯގެ އެހެނިހެން ފާމަސީތަކެކޭ އެއްފަދައިން، ހުޅުމާލެ 1 ގެ މި ފާމަސީން ބޭސް އަދި މެޑިކަލް ކޮންސިއުމަބަލްސްގެ އިތުރުން، ނެޕީ، ކޮސްމެޓިކްސް އަދި ނެބިއުލައިޒާ ފަދަ ތަކެތި ލިބެން ހުންނާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
މި ފާމަސީ ކޮންމެ ދުވަހަކު ހެނދުނު 8:00 އިން ފެށިގެން މެންދަމު 12:00 އާ ހަމައަށް ހުޅުވިފައި ހުންނާނެ އެވެ.
އަދި ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ހިދުމަތް ލިބިގަތުމަށްޓަކައި ނަގުދު ފައިސާގެ އިތުރުން ކާޑުން ފައިސާ ދެއްކުމުގެ ހިދުމަތާއި، އާސަންދަ އަދި އެހެނިހެން އިންޝުއަރެންސް ޕްލޭންތަކުގެ ހިދުމަތްވެސް ލިބެން ހުންނާނެ ކަމަށް އެސްޓީއޯއިން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކަޅު ހިޔަލަ
07 August 2025
އަޅެ މިއޮއްފަދަ ޒަމާނުގަ އޮންލައިންކޮށް އެސްޓީއޯ މެޑިކަލް ސާމާނު (ބޭހުގެ އިތުރުން ނެބިއުލައިޒާ ކަހަލަ ސާމާނުވެސް) ގަނެވޭނެ ގޮތެއް ނުހެދޭނެތަ؟ ބޭސް ހުރިތޯ ވެސް އެއިރުން ބެލޭނެތާ މުޅި މާލޭ ސަރަހައްދުގަ ނުދުއްވާ...
ބެއްަޔާގެ ދަރި
07 August 2025
ހަމަ ތިދާ ކުރިމަތިން ކުޑަ ތަންކޮޅަކަށް ހިނގާލާ އިރު ހުޅުމާލޭ ހޮސްޕިޓަލްގައި ވެސް ހުރޭ އެސްޓީއޯ ފާމަސީއެއް. އެ ތަނަކުން ވެސް ގިނަ ފަހަރަށް ބޭސްތަކެއް ނުލިބޭ. ހަކުރު ބަލީގެ ބޭހެއް ޕްރެސަރު ބޭހެއް ނެތް. ދެން އަނެއްކާ ހަމަ އެ ތާ ކުރިމަތީ ބޮޑު ތަނެއް ހުޅުބިއްޔޭ ކިޔާފައި ކޮބައިތަ ފައިދާއެއް. އެ އަށް ވުރެ މާރަނގަޅުވީސް ރައްޔިތުންނަށް ހެޔޮ އަގެއްގައި އާންމު މުދާ ލިބޭނެހެން ޕީޕަލް ޝޮއިސްގެ ފިހާރައެއް ހުޅުވި ނަމަ
ޔަސްފާ
07 August 2025
ހޮސްޕިޓަލްގައި ހުންނަ ފާމަސީގެ ޖާގާގެ ދަތިކަން އެބަހުރި ދެމީހަކު ވަންނައިރަށް ފުރޭ.
ޓަކިބެ
07 August 2025
އައީޖީއެމް އެޗް ގަ ބޭހެއް ނުހުރޭ. ދަރުމަވަންތަ ވެސް ހަމަ އެވަރު. ޑޮކްޓަރ ޖެހެނީ އަބަދު ބޭސް ބަދަލުކުރަން. އެންޓިބައޮޓިކް ޑޯސް ހަމަ ނުވަނީސް ބޭސް ހުސްވެގެން އެއްވެސް ތާކުން ނުލިބިގެން ޖެހޭނީ އެހެންބޭހަކަށް ބަދަލު ކުރަން.
ސަމްހީދު
06 August 2025
ފޭސް 2 ގައި ފާމަސީ އެއް އަޅައިދީ، އާބާދީވެސް މާބޮޑުވާނެ
ހައްވަ ް
07 August 2025
ހިޔާ ފްލެޓްގައި މިވަޤުތު ވެސް އެސްޓީއޯގެ ފާރމަސީ އެއް ހުރޭ
ބެއްޔާގެ ދަރި
07 August 2025
ހައްވާ. ނާހަމަ ތެދެއްތަ؟ ކޮން ޓަވަރެއްގައި.