ރައީސް ޑރ. މުހައްމަދު މުއިއްޒު ބ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި އެ އަތޮޅު ކަމަދޫއަށް ވަޑައިގެން ރައްޔިތުންނާ ވާހަކަ ދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް
11 އޯގަސްޓް 2025 - 12:40
ގެސްޓް ހައުސްތައް ގިނަ، ލޯކަލް ޓޫރިޒަމްގައި ކުރިއަރަމުން އަންނަ ރަށްތަކުގައި ތާރު އަޅައިގެން ނުވަތަ ގާ އަތުރައިގެން މަގު ހެދުމަކީ އެމަނިކުފާނު ވެސް ތާއީދު ކުރައްވާ ކަމެއް ނޫން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ބ. އަތޮޅުގެ 13 ރަށަކަށް ރައީސް މިއަދު ފެއްޓެވި ދަތުރުފުޅުގައި، ކަމަދުއަށް ވަޑައިގެން ރައްޔިތުންނާ އެކު ބޭއްވެވި ބައްދަލުވުމުގައި ރައީސް ވިދާޅުވީ ޓޫރިޒަމް ފުޅާވަމުން އަންނަ ރަށްތަކުގައި ގުދުރަތީ ރީތިކަން ދަމަހައްޓަން ޖެހޭ ކަަމަށެވެ. މަގުތައް ރަނގަޅު ފެންވަރަކަށް ހަދާއިރު ވެސް، ގުދުރަތީ ރީތިކަން ނުގެއްލޭނެ ގޮތަށް ޕްލޭންކުރަން ޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި ހުރިހާ ރަށެއްގެ މަގުތައް ތާރު އަޅައިގެން ނޫނީ ގާ އަތުރައިގެން ހެދުމަކީ އެމަނިކުފާނު ތާއީދުކުރައްވާ ކަމެއް ނޫނެވެ. އަދި އެއީ، ހުރިހާ ރަށެއްގައި ރައްޔިތުން އެދޭނެ ގޮތެއް ވެސް ނޫން ކަމަށް ވިދާޅުވި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ބ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި އެ އަތޮޅު ކަމަދޫއަށް ވަޑައިގެން.-- ފޮޓޯ: ރައީސް އޮފީސް
"ގުދުރަތީ ރީތިކަން ބެލެހެއްޓޭ ގޮތަކަށް، ނޫނިއްޔާ ނެތިގެން ނުދާނެ ގޮތަކަށް މަގުތައް ހަދަން ޖެހޭ. [އެ ރަށެއްގެ] ރައްޔިތުން ބޭނުންވާ ގޮތަކަށް އަޅުގަނޑުމެން ކުރިއަށް ގެންދާނީ،" ރައީސް ވިދާޅުވި އެވެ.
"ކޮންމެހެން މާ ހާޑު ސާފޭސްއެއް ގޮތަށް ތާރު އެޅުން، ގާ އަތުރައިގެން ކޮންމެހެން މަގުތައް ހެދުމަކީ މާ މުހިންމު ކަމެއް ނޫން. އެހާ ރަނގަޅު ކަމެއް ވެސް ނޫން. ހާއްސަކޮށް ލޯކަލް ޓޫރިޒަމް ކުރިއަރަމުން އަންނަ ރަށްރަށުގައި."
ރައީސް ވިދާޅުވި ގޮތުގައި މަގުތައް ހަދާއިރު އިގްތިސާދީ ގޮތުން އެ ރަށަކަށް ފައިދާ ވާނެ ގޮތްތަކަށް ބަލާނެ އެވެ.
ގުދުރަތީ ރީތިކަން ނުގެއްލޭނެ ގޮތަށް މަގުތައް ހަދަން ތާއީދުކުރައްވާ ކަމަށް ރައީސް މި ވިދާޅުވީ، މި ފަހުން ބައެއް ރަށްތަކުގެ މަގުހަދަން އިއުލާންކުރިއިރު، ކުދި ރަށްތަކުގައި ތާރު އަޅަން ނުޖެހޭ ކަމަށް ސޯޝަލް މީޑިއާގައި ބައެއް މީހުން ހިޔާލުފާޅުކޮށްފައި ވަނިކޮށެެވެ. އާބާދީ މަދު، ބ. ކުޑަރިކިލުގައި ގާ އަތުރައިގެން ނުވަތަ ތާރުއަޅައިގެން މަގުތައް ހަދަން ބޭނުން ނުވާ ކަމަށް ބުނެ ބައެއް މީހުން ވަނީ ކަންބޮޑުވުންފާޅުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މޫސާ ހަމީދު
12 August 2025
މީ ވަރަށް ރަނގަޅު ސިޔާސަތެއް. މީގެ ސަބަބުން ކުދި އަދި އެހެންވެސް ރައްތަކުގައި ޓޫރިޒަމް ފައްކާވެ މިގައުމުގެ ނެޗުރަލް ބިއުޓީ ދެމެހެއްޓޭނެ
ރިފާއު އައްބާސް
12 August 2025
ރައީސް ތިދެއްވީ ނިކަން ރަނގަޅު ވާހަކައެއް. މިހެން މިކަން ކޮށްގެން ލޯކަލް ޓޫރިޒަމް ކުރިއަރާނީ
ޖައިޝަމް ސލޑ
11 August 2025
ގަދަ ތަފާތު ދެވަނަ އެއް ނުވާ އެއްވަނަ ރައީސް ތީ ހަމަ ފުރިހަމަ ނަމޫނާއެެއް
ވަތުއޮޑި
11 August 2025
ކ.ހުޅުމާލެއަކީ ރާއްޖޭގައި އެންމެބޮޑަށް ލޯކަލް ޓޫރިޒަމް އޮތް ރަށްކަމަށްވެފައި، އެރަށުގާ ލޯނުގެ ޒަރިއްޔާއިން ބިން ހިއްކާފަ ތާރު އަޅާފަ އަދި މެދުތެރެއިންވެސް އެތަންމިތާ ބުރިޖުތައް އަޅާފަ ދަށުން ކޮނެ ކޯރު ހަދައިގެން އެތިބީ. މިހާރުވެސް ހިކިފަސްތާ އެއްގަމުގަ ބުރިޖު އަޅަމުން ދަށުން ކޯރު ހަދަމުން ދަނީ. ދެން އެހެން ރަށްރަށުގަ ކީކޭ މިކިއަނީ.
އައްލާބެއްްޔާ
11 August 2025
ރަގަޅު ވާހަކައެއް. މަގުގައި ތާރު އެޅުން ބޭކާރު. ގެވެސް އަޅަން ވީ ދަނޑިފަނުން. ނިދަން ވީ ބޮނޑު އަށި މަތީގައި. ކިޔަވަން ފޮނުވަން ވީ އެދުރުގެއަށް. ކާން ވީ ފަލަމަޑި. ކައްކަންވީ ދަރު އުދުނުން. ރޭގަނޑު އަލިކުރަން ވީ ފުޅިބައްތިން. މިގޮތަށް ރަށްފުށު މީހުން އުޅުނީމަ އެމަންޒަރުބަލަން ފަތުރުވެރިން އައިސް ބޯކޮށް ގައުމަށް ޑޮލަރު ލިބޭނެ. ޢެ ޑޮލަރުން މާލެ ސަރަހައްދު ތަރައްގީކޮށް ހަވާއެރުވޭނެ.
އޮނޮރަބަލް އަފީފާ
11 August 2025
އޮނޮރަބަލް އަފީފު ދީދީއަށް ޖެހިފައި އެވާ އިންތިހާ ޒާތީވުމާއި ހިތުގައި އަނދަމުންދާ އަލިފާނުގެ ނަފްސާނީ ބޮޑު ބަލިމަޑުކަމަށް އޮތް ހަމައެކަނި ޝިފާއަކީ މާލޭ ސަރަހައްދުން ބިމެއް ދިނުން ކަމަށް ޤަބޫލުކުރެވޭ.
އަފީފާ މުންނާ.
11 August 2025
އޭނާ އަކީ މިހާރުވެސް މާލޭގެ އެތައް ބިމެއް ދިގު މުއްތަތަކަށް ނަގައިގެން އެތަންތަނުގައި ރިއަކްއެސްޓޭޓް ވިޔަފާރި ހިންގާ މަހުޖަނެއް. ރަނގަޅަށް ވިއްޔާ އަމިއްލަ ބިންތައް ވެސް ހުންނާނެ.
ކަބްޑު
11 August 2025
ކަލެއަށް ނޭނގެނީތޯ މާލޭ ސަރަހައްދުން ބިން ދެނީ ވަކި ގަބީލާއެއްގެ މީހުނަށްކަން.
ބާސެލޯ.
11 August 2025
ނަސަންދުރަ ހުރި ބިން ދޭންވީނު އަފިފު އަށް ؟
އަހުމަދު އަތީގު
13 August 2025
ތިބާ އަކީ އަފީފު ދީދީ ކިޔާ އެއްޗެއް ފަހުމު ވާ ވަރަށް ވުރެ މާބޮޑައްވެސް ސިކުނޑީގެ ގޮތުން ތަނަވަސް ކަން ކުޑަ ބޭފުޅެއް ކަމަށް ލަފާ ކުރެވޭ
މުޑަހަންޖާ
11 August 2025
ދެތިންހާހެއްހާ މީހުންއުޅޭ ކ.އަތޮޅުގައި އޮންނަ ވިލިނގިއްޔަކީ އިންޖީނު އުޅަނދު ދުއްވުން މަނާރަށެއްނޫންތޯ، އެކަމަކު މުޅިރަށުގެ ގާއަތުރައިގެން މަގުތައް ހެދިއިރު ރާއްޖޭ އެހެން ރަށެއްގެ ބޮޑުމަގެއްގައި ގާބުރިއެއްވެސް އަޅާދިންތޯ. މިހާރު އަނެއްކާ ހުރިހާ މަގެއް ހަދަން ހަވާލުކޮށްފަނޫންތޯ. އެރަށުގެ މަގުތަކާއި ރާއްޖޭ އެހެން ރަށްރަށު މަގުތަކާ ތަފާތުވަނީ ކިހިނެއްވެގެންތޯ.
އަފްރާސިޔާބު
11 August 2025
ތަފާތުވާނެ. އެރަށު މަގުތަކުގައި ބޮޑެތި ބިޔަ ގަސްތައް ހެދި ތިމާވެށި ރަނގަޅު. ރާއްޖެތެރޭގައި ހުސްބިން އޮތީ. އެހެންވީމާ ތާރު އެޅުމާއި ގާއެތުރުން އޮންނަންނުޖެހެނީ. ވެލީގައި އުޅެގެން ދޯ ތިމާވެށި ރަގަޅުވާނީވެސް.
ޖަންކަރީ
11 August 2025
ރާއްޖޭގެ ތިމާވެއްޓާ އެންމެ ބީރަށްޓެހި ރައީސް މިހެން މި ވިދާޅުވަނީ.. މާލެ އަމީނީ މަގުގަ ހެދިފަ ހުރި އެތައް އަހަރެއްވެފަ ހުރި ބިޔަ ބޮޑެތި ގަސްތަށް ކަންޑާ އެތަނަށް ކޮންކުރީޓު އެޅީ މިރައީސްގެ އިރުޝާދުގެ ދަށުން.
އަފްރާސިޔާބު
11 August 2025
ތިޔަ ބުނަނީ މާކުރީގައި ވެއްޓިފައި ހުރިގަސްތަކުގެ ވާހަކަ. މިހާރު މާލޭގައިވެސް ތާރެއް ނާޅާނެ.
އަހުގާފު
11 August 2025
އަންޑަރވޯޓަރ ޓަނެލްގައިމިހާރުހުރި ކަޅުބިއްލޫރި ނޫކުލަޔަށް ބަދަލުވެއްޖެނަމަ ކަޑުގެދިރުންތަކަށް ފައިދާވާނެ.
ނޫސަންގު
11 August 2025
ނޫނޭ ރަށެއް އޮތިއްޔާ ތާރު އަޅާ. ފަޅެއް އޮތިއްޔާ ހިއްކާ. ރަށެއް އޮތިއްޔާ ރިސޯޓް ހަދާ. ދިވެހިންގެ ލައިވްލިހުޑް އޮތީ މޫދާ ގުދްރަތީ ރިވެތި ކަމާ ގުޅިފައި. އެހެން ހުރި ހުރިހާ ކަމެއް ނައްތާލާ. މާލޭގެ މަގުތަށް ޕްރަައިވެޓް ޕާކިންގއަށް ކުއްޔަށް ދެއްވި ބޭފުޅެއް.