ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް: މި އަހަރުގެ ދެވަނަ ދައުރު ހަފުތާއަކަށް ވަނީ ދަންމާލާފައި --
12 އޯގަސްޓް 2025 - 12:23
ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރު އިތުރު އެއް ހަފުތާއަށް ދަންމާލަން މިއަދު ފާސްކޮށްފި އެވެ.
މަޖިލީހުގެ ގަވައިދުގައި އޮންނަ ގޮތުން އަހަރުގެ ދެވަނަ ދައުރު އޯގަސްޓް 15 އަށް ހަމަވާނެ އެވެ. ނަމަވެސް، މަޖިލީހުން މިއަދު ފާސްކުރީ، މި މަހުގެ 21 ވަނަ ދުވަހާ ހަމައަށް ދައުރު ދަންމާލާށެވެ.
އެގޮތަށް ފެންނަ ކަމަށް 59 މެންބަރުން ވޯޓު ދެއްވިއިރު، ނުފެންނަ ކަމަށް 10 މެންބަރަކު ވޯޓު ދެއްވި އެވެ.
މަޖިލީހުގެ ދައުރު ދަންމާލުމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ދައުރު ދަންމާލަނީ މުހިންމު މަސައްކަތްތަކެއް ނިންމަން ކަމަށާއި އެއީ ރައްޔިތުންނާ ގުޅުންހުރި ކަންތައްތަކެއް ކަމަށެވެ.
ދައުރު ދަންމާލަނީ އަވަސް އަރުވާލައިގެން ބިލްތަކެއް ފާސްކުރަން ނޫން ކަމަށާއި ނަމަވެސް، ރައްޔިތުންނަށް ލިބޭ ހިދުމަތްތައް އަވަސް ކުރުމުގެ މަގުސަދުގައި ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރައްޔިތުންގެ މަޖިލީހަކީ ރައްޔިތުންނާ ގުޅޭ ތަނަކަށް ވާތީ، މެންބަރުން ޗުއްޓީއަށް ވަޑައިގަންނަވަން ޖެހޭނީ ރައްޔިތުންނާ ގުޅުންހުރި މަސައްކަތްތައް ނިންމުމަށް ފަހު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ފޮނިޓައްޕު ހަސަނު
12 August 2025
ކޮން ދައުރެއް ދައުރެއް. މަޖްލިސްގެ ހިންގާގަވާއިދަށް ބަދަލު ގެންނަންވީ މަޖިލިހުގެ ދަރުރަކީ ޑިސެމްބަރު 1 އިން އިން ފެށިގެން ނޮވެމްބަރު 1 ހަމައަށް. މަސްޖްލިސް މެމްބަރުންނަށް 1 މަސްދުވަހުގެ ޗުއްޓީއެއް ދޭންވީ 1 ނޮވެމްބަރުން 30 ނޮވެމްބަރަށް. މަޖްލިސް މެމްބަރުން ޚާޒިރު ނުވާ ދުވަސްތަކުގައި މުސާރަ ނުހިގާގޮތަށް އޮންނަން ޖެހޭނީ.
ސިދުގީ
12 August 2025
ހަސަނާ ކަލެއަށް މަޖިލީހަށް ދެވޭނޭއެއްގޮތެއްވެސް ނެތީދޯ. އެއީ އާދައިގެ ވަޒީފާއެއްގަ ތިބި ބައެއްނޫން. އެއީ މިރާއްޖޭގަ ޤާނޫނުހަދާ މަޖިލިސް. ދިވެހި ރައްޔިތުންގެ މަންދޫބުން. އަވަށު އޮފީހެއްގެ ހިންގާގަވާއިދު މަޖިލީހަކަށް ނުހިގާނެ. އެތާގެ ކަންކަން ތަފާތުވާނެ. އެވަރު ކަލެއަށް ނޭގޭނަމަ ކޮމެންޓް ނުކުރޭ!