ސައުދީގެ ވެރިރަށް ރިޔާދުގައި ހުންނަ ފައިނޭންޝަލް ޑިސްޓްރިކްޓް. --ފޮޓޯ: އޭއެފްޕީ
17 އޯގަސްޓް 2025 - 11:53
ބޭރުގެ ގައުމުތަކުގެ މީހުންނަށް ސައުދީ އަރަބިއްޔާގެ ރިއަލް އެސްޓޭޓް ޕްރޮޕަޓީތަކުގެ މިލްކުވެރިކަން ލިބޭ ގޮތަށް ގާނޫނު އިސްލާހުކޮށްފި އެވެ.
ސައުދީގެ ވަޒީރުންގެ މަޖިލީހަށް ގާނޫނަށް ގެނައި އިސްލާހުގެ ދަށުން، ބޭރުގެ ވަކިވަކި ފަރުދުންނާއި، ކުންފުނިތައް އަދި އެންޖީއޯ ފަދަ ޖަމިއްޔާތަކަށް، ވަޒީރުންގެ މަޖިލީހުން ކަނޑައަޅާ ވަކި ސަރަހައްދުތަކެއްގައި ރިއަލް އެސްޓޭޓް ޕްރޮޕަޓީތަކުގެ މިލްކުވެރިކަން ލިބޭނެ އެވެ.
ނަމަވެސް، މައްކާ އާއި މަދީނާ ފަދަ ބައެއް ހާއްސަ ސަރަހައްދުތަކުން ރިއަލް އެސްޓޭޓް ޕްރޮޕަޓީތަކުގެ މިލްކުވެރިކަން ބޭރު މީހުންނަށް ދިނުމުގައި ވަކި ޝަރުތުތަކެއް އާ އިސްލާހުގައި ވަނީ ހިމަނައިފަ އެވެ. އޭގެ ތެރެއިން އެންމެ މުހިންމު ޝަރުތަކީ މައްކާ އާއި މަދީނާގައި ރިއަލް އެސްޓޭޓް ޕްރޮޕަޓީތަކުގެ މިލްކުވެރިކަން ހަމައެކަނި މުސްލިމުންނަށް ލިބޭ ގޮތަށް ހެދުމެވެ.
މިފަދަ މުއާމަލާތްތައް ހިންގާނީ ސައުދީގެ ޖެނެރަލް ރިއަލް އެސްޓޭޓް އޮތޯރިޓީގެ ދަށުންކަމަށް ވަނީ ބަޔާންކޮށްފަ އެވެ.
މީގެ ހަ މަސް ދުވަސް ފަހުން އަމަލުކުރަން ފަށާ މި އިސްލާހުގެ މައިގަނޑު ބޭނުމަކީ ސައުދީގައި އިންވެސްޓުކުރަން ބޭނުންވާ ބޭރުގެ ފަރާތްތަކަށް މިހާރަށް ވުރެ ފަހި މާހައުލެއް ގާއިމުކޮށްދިނުން ކަމަށް އެ ގައުމުގެ ސަރުކާރުން ވަނީ ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަވަހަށް
18 August 2025
ވަތިވެރިކަން. ޘަވާބު. ދަރުމަ، އެކަކާ އެއްލައްކައާ އެއްވަރު. އަވަސް އަވަސް.
ތަރުހީބު1
18 August 2025
މިއީ ސައުދީއަށް ދިިރިއުޅުން ބަދަލުކޮށް، ވީހާވެސް ގިނަ ޘަވާބު ހޯދަން ވަރަށް ރަނގަޅު ފުރުސަތެއް. ހަފްތާއަކު އުމްރާއެއް ކޮށްލެވޭނެ. ދިވެހިންގެ ފަރާތުން މިކަމަށް ވަރަށް ބޮޑު ތަރުޙީބެއް ލިބޭނެ.
ލޯބިރު
17 August 2025
ދިއްދޫގަށް ފުޅާ ދާއިރާގަށް މަސްވެރިކަން ކުރުއްވާ ޖަމިއްޓޭ ވަނީ، މިހާރު ސައުދީ އިން ބިމެއް ގަންނަން ސައުދީޔަ ވަޑައިގެންފައި. ޖަމިއްޓޭ ބޭނުންވަނީ ، ރާބުޅާ، ބުރަނދު ، ދޮންތެލަބަނޑި މަސް ސައުދީޔަށް ބޭރުކުރުމަށް ތައްޔާރު ވެފަށް.
ކޮރަލް
17 August 2025
ސައުދީ އިން ތެޔޮ ނަގާ ތާ 85 އަހަރު ވެއްޖެ އެވެ. އެ ތެޔޮ ގަތް ގައުމުތައް މިހާރު ދުނިޔޭގެ އެންމެ މުއްސަނދި ގައުމު ތަކެވެ. އެ ތެޔޮ ވިއްކި ސައުދީ އެރެބިއާ މިއަދު ވަނީ ހާލުގަ ޖެހިފަ އެވެ. ތެޔޮ ވިއްކައިގެން ލިބުނު ފައިސާ އަށް ވީ ގޮތެއް ނޭނގެ އެވެ.
މާކޮސް
18 August 2025
ހެއި ބުއްދި ފިލައިދާ ހުޅަނގުގެ ގައުމުތަކުގައި ހުންނަ ތަންތަނަށް ދުވަހެއްގެ ކޮޅުންވެސް ނުލިބޭގޮތަށް އިންވެސްޓް ކޮށްފައި
ޑެބީ
17 August 2025
ޑެބީ ނުގަންނާނަން. ޑެބީ ގަންނާނީ އަދިވެސް ހަމަ ޔޫރަޕުން.
އަލީބަލީނާ
17 August 2025
ތިޔައީ ގްރޭޓަރ އިޒްރާއީލް ހަދަން ޔަހޫދީނަށް ކޮށާލަދެވޭ މަގެއް. ދުނިޔޭގައި ތިބި ބަޔަކަށް ފެންނާނެ.
ގައުމީ ދޫ
17 August 2025
ރާއްޖޭގެ ޒަކާތު ފަންޑުން މައްކާއާއި މަދީނާގައި އިންވެސްޓްކުރަން ފެނޭ
ކޮއްކޮބެ
17 August 2025
އަދި ހަމަ އެފަންޑުން މާފުށީގަ ގެސްޓު ހައުސެއްވެސް އެޅިދާނެ.
ސަކީނާއްތަ
17 August 2025
އެ ފަންޑުން ޖަންގިޔާވެސް ފެހިދާނެ.
ޓޯޕޭ
17 August 2025
ހައްޖު ކޯޕަރޭޝަން އިން މާފުށީގަ ހަލާލު ގެސްޓް ހައުސް ހަދާ ޕްރޮޖެކްޓްގެ ބަދަލުގަ ސައުދީ އިން ބިން ގަނެ ރާއްޖޭގެ ހައްޖާޖީންނާއި އުމުރާ ވެރިން ގޮސް ތިބެން ތަނެއް ހެދިއްޔާ މާ ރަނގަޅެއްނު. ދުރު މުސްތަޤްބަލްގަ ސަރުކާރަށް ފައިދާވެ ރައްޔިތުންނަށް ވެސް ލުޔަކަށް ވާނެ ކަމަށް ފެނޭ.
ހަަސަން
17 August 2025
އެކަމަށް އެދި ސައުދީ ސަރުކާރުގައި ބިމަކަށް އެދި ވަނީ ސިޓީ ފޮނުވާފައި. ބިން ގަތުމާ އެއްކޮށް ޖެޖޭ އަގު ބޮޑުވެފަ ބޭރުގެ އިންވެސްމަންޓަކަށް ބޭރު ފައިސާ ވެސް ބޭނުންވާތީވެ ތިކަން މި ވަގުތު ނުވާނީ. އެކަމަކު މާފުށި ކަހަލަ އިންވެސްޓްމަންޓް ތަކުން ފައިދާއާއި އެއްކޮށް އެހެން އިންވެސްޓްމަންޓް އެއް ހޯދައިގެން ކުރެވޭނެ ކަމެއް.