ހުޅުމާލޭ ފޭސް ދޭއްގައި ބަސް ސްޓޮޕް ހަދަނީ.
17 އޯގަސްޓް 2025 - 18:23
ގެދޮރުވެރިޔާ މަޝްރޫއުގެ 4،000 ފްލެޓް ލިބޭ މީހުން ފްލެޓްތަކަށް ދިރިއުޅުން ބަދަލުކުރަން ފެށުމުގެ ކުރިން އެ ސަރަހައްދުގައި ބަސް ސްޓޮޕްތައް ހަދަން ފަށައިފި އެވެ.
ހުޅުމާލޭ ބަލަހައްޓަމުން އަންނަ އެޗްޑީސީން ބުނީ ފްލެޓްތަކަށް މީހުން ބަދަލުވާން ފަށަންވާއިރަށް އެ މީހުންނަށް ފަސޭހަކުރުމުހގެ ގޮތުން ހުޅުމާލެ 2 ގައި ބަސް ސްޓޮޕްތައް ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެ މަސައްކަތްކުރަމުން ދަނީ އެ ސަރަހައްދަށް ދިރިއުޅުން ބަދަލުކުރާ މީހުންނަށް ފަސޭހައިން ދަތުރުކުރެވޭނެ ނިޒާމެއް ގާއިމުކުރުމުގެ ގޮތުން ކަމަށް އެޗްޑީސީން ބުންޏެެވެ.
މި މަޝްރޫއުގެ ދަށުން ފްލެޓް ހަދާފައިވާ ސަރަހައްދުގައި މި ވަގަތު އެއްވެސް ބަޔަކު ދިރިއުޅެމުން ނުދާތީ އެ ތަނުގައި އެއްވެސް ބަސް ސްޓޮޕެއް ނެތެވެ.
ފްލެޓް ލިބުނު މީހުންނާ އެކު އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް ސަރުކާރުން އަންނަނީ މިހާރު ކުރަމުންނެވެ.
އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު، ތަޅުދަނޑި ހަވާލުކުރަނީ ފްލެޓުގެ ސެކިއުރިޓީ ޑިޕޮސިޓް ދެއްކުމުންނެވެ. އެއީ ދެ ކޮޓަރީގެ އެޕާޓްމަންޓްތަކަށް 15،000ރ. އެވެ. އަދި ތިން ކޮޓަރީގެ އެޕާޓްމަންޓްތަކަށް 25،000ރ. އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ރައުސުލްމާލް
18 August 2025
އަނެއްކާވެސް ބޮޑު މެގާ ޕޮރޮޖެކްޓެއް. ޝުކުރިއްޔާ ޑރ.ރައީސް
ބެންދާލީސް
18 August 2025
ކީއްކުރާނީ، ތިޔަ ފްލެޓްތަކާއި ގޯތިތަކަކީ މަގު ހެދިއިރު ޕްލޭންގައި ހިމެނިފައިވާ އެއްޗެއްނޫން، އެހެންވީމާ ދެން ކިހިނެއްތޯ ބަސް ހުއްޓި ހަދާނީ، ދެން ޖެހޭނީ މަގުން ބައެއް ނަގައިގެން ބަސްހުއްޓި ހަދަން، ގޯތި މިންހަމަނުވެގެންވެސް ދުވާރާއި ސަރވިސް ލައިން އަދި ބައެއް މަގުތައްވެސް ނަގަން ޖެހުނު، ވެރިކަމުގެ ހުވަފެނުގައި ވޯޓު ހޯދަން ކޮންމެ ފަދަ ކަމެއްވެސް ކޮށްފާނެ،
އަސރަފަ
18 August 2025
ފޭސް 2 މިވީ ހަމަ ދެވަނަ މާލެއަށްތާ. ފޭސް 1 އަށްވުރެ ޑިސައިން ރަނގަޅުވާނެ ޖެހޭތަނުގަ މިހެދީ އެތަށް ގުނައެއް ގޯސްކޮށް. ކިހިނެއް ވެފަ ތިބޭ ބަޔެއް ބާއޭ މަގޭ ހިތަށް އަރާ
އަހުމަދޭ
18 August 2025
މައު ހަދައިދިން ތަން ދޯ އަދިވެސް ހަމަ އެންމެ ރަނގަޅީ. ބަސް ހުއްޓަންވެސް ހުރޭ ވަކިން މަގު ކަައިރިން ބޭރަށް ތަންކޮޅެއް ނަގާފަ.
ޚަާލޫ
18 August 2025
ފޭސް 2 ގައިވެސް އިންޓަރނަލް ބަސް ސްޓޮޕެއް އިންނަނަމަ ހާދަ ރަނގަޅުވާނެއޭ. މިހާރުވެސް މަލަސްއަށް ނުވަރަ އެމް.އޭ.ސީ.އެލް ޓަވަރ، އެސް.ޓީ.އޯ. ޓަވަރުގަ އުޅޭކުދިން ފެސް 2 ގެ ސްކޫލްތަކަށް ގެންދާނެ ބަހެއް ނޯންނާތީ ވަރަށް އުނދަގޫވޭ. ޞަލާޙުއްދީންއަށް ދަރިވަރަކު ގެންދަން އާރް 6 ގެ ބަހަށް އަރައިފިނަމަ ދާން މިޖެހެނީ ފޭސް 1 އަށްގޮއްސަ ވަށާލާފަ. އެހެންވީމަ ވަރަށް އުނދަގޫ.
ދޮހޮއްތުބެ
17 August 2025
ހެޔޮނުވާނެ ބަސް ހުއްޓިތައް ހަދާއިރު ޕޭމަންޓުވއެތެރެއައް ޖައްސާތި އޭރުން ބަސް އަދި ޓުރެފިކައް ދަތިނުވާނެ . ބުލޮކރެއް ނުވާނެ …
އަލިދީ9
17 August 2025
ރަގަޅަށް ޕްލޭންކޮށްގެން ހެދެން އޮތްރަށްވެސް ހަލާކު ކޮށްލައިފި. ބަސް އައިސް މަޑުކުރަން ޖެހެނީ މަގު މެދުގައި. އެޗްޑީސީގައި މިތިބެނީ ކޮންޏެއް ކިޔަވައިގެން ތިބިބައެއްތޯ!
ރޯޅި.
18 August 2025
ދުނިޔޭގެ އެންމެ ޒަމާންވީ ޓްރާންޕޯޓް ނިޒާމް އޮންނަ އެއްތަނަކަށްވޭ ލަންޑަން. ލަންޑަނުގެވެސް މަގުމަށްޗަށް ބަސްތައް ހުއްޓާ.
އަލީ ސ
17 August 2025
ބަސް އިތުރު ކުރޭތޯ؟ ނޫނީ ހަމައެކަނި ބަަސް ހުއްޓި؟
ރާއްޖެ
17 August 2025
ޕްލޭން ކޮށް ޑިޒައިންކޮށް ކުރަހައިގެން ތަރައްގީ ކުރި ސިޓީގައިވެސް ބަސް ހުއްޓަން މި ޖެހެނީ މަގު މެދަށް.
ލާމަސީލު
17 August 2025
ޖާގައޮތް ފޭސް2 މަގު ބްލޮކް ވާގޮތަށް ނޫންގޮތަކަށް ބަސް މަޑުކުރާތަން ނުހެދުމަކީ ގޯހެއް އަދި ޖޯކެއް.